Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންގްލެންޑުގެ ޤައުމީ ޓީމު

ހެންޑަސަންއާ ދިމާކޮށްލުމުން ސައުތުގޭޓު ނުރުހުންވެއްޖެ

އިންގްލެންޑުގެ ޤައުމީ ޓީމަށް 79 މެޗު ކުޅެދީފައިވާ ކުޅުންތެރިޔަކާ ދިމާކޮށްލުމަކީ އޭނާ އަށް އެއްވެސް ވަރަކަށް ބަލައި ގަނެވޭނެ ކަމެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2023 | ހޮނިހިރު 08:44
އިންގްލެންޑުގެ މިޑްފީލްޑަރު ހެންޑަސަން އަދި ސައުތުގޭޓް

އިންގްލެންޑުގެ މިޑްފީލްޑަރު ހެންޑަސަން އަދި ސައުތުގޭޓް

އިންގްލެންޑު ޤައުމީ ޓީމުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަންއާ ދިމާކޮށްލުމުން އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ނުރުހުންވެއްޖެ އެވެ.

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗެެއްގައި އިންގްލެންޑުން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ހެންޑަސަން ވަނީ ހިމަނައިފަ އެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އެ ވަގުތު ބައެއް ސަޕޯޓަރުން ވަނީ އަޑުގަދަކޮށް، ހެންޑަސަންނާ ދިމާކޮށްލައިފަ އެވެ.

އެކަމާ ގުޅިގެން އެ މެޗަށްފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، ސަޕޯޓަރުން އެފަދައިން ކަންތައް ކުރަން ޖެހޭ އެއްވެސް ސަބަބެއް އޭނާ އަށް ނުވިސްނޭ ކަމަށެވެ. ސައުތުގޭޓް ބުނީ އިންގްލެންޑުގެ ޤައުމީ ޓީމަށް 79 މެޗު ކުޅެދީފައިވާ ކުޅުންތެރިޔަކާ ދިމާކޮށްލުމަކީ އޭނާ އަށް އެއްވެސް ވަރަކަށް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޚާއްސަކޮށް ޤައުމީ ޓީމާ މެދު ހެންޑަސަންގެ ހިތުގައި އަބަދު ވެސް ޚާއްސަ ލޯތްބެއް އޮންނަ ކަމަށާއި، އޭނާ އަކީ އިންގްލެންޑުގެ ޤައުމީ ޓީމަށް އެތައް ޚިދުމަތެއް ކޮށްދީފައިވާ ކުޅުންތެރިޔެއް ކަމަށް ސައުތުގޭޓް ބުންޏެވެ. އެކަން ފާހަގަކޮށް ސައުތުގޭޓް ބުނީ ދަނޑު މަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް ހެންޑަސަންގެ ދައުރަކީ މުހިންމު ދައުރެއް ކަމަށެވެ.

އުމުރުން 33 އަހަރުގެ ހެންޑަސަން އިންގްލެންޑުގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 79 މެޗު ކުޅެދީ ތިން ލަނޑު ޖަހައިފަ އެވެ. އިންގްލެންޑާއެކު އޭނާ ވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތެއްގެ ފައިނަލްގައި ކުޅެފަ އެވެ. މީގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގެ ތިން ވަނަ ހޯދައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންގްލެންޑުގެ ކުޅުންތެރިންނަށް ސައުތުގޭޓުގެ އިތުބާރު ބޮޑު

އިންގްލެންޑުގެ ކުޅުންތެރިންނަށް ސައުތުގޭޓުގެ އިތުބާރު ބޮޑު

04 ޑިސެމްބަރު 2023
އިޓަލީއާ ދެކޮޅަށް ނިކުންނައިރު، ސައުތުގޭޓު ހުރީ އުންމީދުގައި

އިޓަލީއާ ދެކޮޅަށް ނިކުންނައިރު، ސައުތުގޭޓު ހުރީ އުންމީދުގައި

17 އޮކްޓޯބަރު 2023
ސެނެގާލުން ވަނީ ކުރިއެރުންތަކެއް ހޯދާފައި، ސައުތުގޭޓުގެ ޓާސްކު ބޮޑު

ސެނެގާލުން ވަނީ ކުރިއެރުންތަކެއް ހޯދާފައި، ސައުތުގޭޓުގެ ޓާސްކު ބޮޑު

04 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު