Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ދުހައިލް

ޕީއެސްޖީން ވަކިކުރި ގަލްޓިއޭ، އަލް ދުހައިލްގެ ކޯޗަކަށް ހަމަޖައްސައިފި

14 އޮކްޓޯބަރު 2023 | ހޮނިހިރު 04:30

އޭނާގެ އެއްބަސްވުމާގުޅޭ އެއްވެސް މައުލޫމާތެއް ދުހައިލްއިން ހާމަކޮށްފައެއްނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޮކްޓޯބަރު 2023 | ހޮނިހިރު 04:30
އަލް ދުހައިލްގެ ކޯޗުކަމަށް ހަމަޖެއްސި، ފްރާންސްގެ ގަލްޓިއޭ

އަލް ދުހައިލްގެ ކޯޗުކަމަށް ހަމަޖެއްސި، ފްރާންސްގެ ގަލްޓިއޭ

ގަތަރުގެ އަލް ދުހައިލްގެ ކޯޗަކަށް ފްރާންސްގެ ކްރިސްޓޮފާ ގަލްޓިއޭ ހަމަޖައްސައިފިއެވެ.

އުމުރުން 57 އަހަރުގެ ގަލްޓިއޭ އެންމެ ފަހުން ހުރީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗަކަށެވެ. އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ތިން މަސްދުވަސް ފަހުން އޭނާ ދުހައިލްއާ ހަވާލުވީ، ކުރިން އެ މަގާމުގައި ހުރި ހެނާން ކްރެސްޕޯ މަގާމުން ވަކިކުރުމުންނެވެ.

ދުހައިލްގެ ކޯޗުކަމަށް ގަލްޓިއޭ ހަމަޖެއްސި ނަމަވެސް، އޭނާގެ އެއްބަސްވުމާގުޅޭ އެއްވެސް މައުލޫމާތެއް ދުހައިލްއިން ހާމަކޮށްފައެއް ނުވެއެވެ. ޕީއެސްޖީގެ ކޯޗުކަމާ މިދިޔަ އަހަރު ގަލްޓިއޭ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، އެންމެ ސީޒަނަކަށްފަހު ޕީއެސްޖީން އޭނާ ވަކިކޮށްފައިވަނީ އެ ކުލަބުގެ ނަތީޖާތައް އިންތިހާއަށް ދަށްވުމުންނެވެ. ކޯޗުކަމުގެ މަގާމުން ގަލްޓިއޭ ވަކިކުރުމަށްފަހު، އެ މަގާމަށް ދެން ހަމަޖެއްސީ ސްޕެއިންގެ ތަޖުރިބާކާރު ކޯޗު، ލުއިސް އެންރީކޭއެވެ.

ދުހައިލްއިން އެ ޓީމުގެ ކޯޗުކަމުން ކްރެސްޕޯ ވަކިކުރީވެސް ނަތީޖާތައް ރަނގަޅު ކުރުމަށެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ދުހައިލްއަށް ގަތަރުގެ ސްޓާސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. އެހެން ނަމަވެސް އޭޝިއަން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމުގެ އުންމީދު ކުޑަވީ ދާދިފަހުން އީރާނުގެ ޕާސެޕޮލިސް އަތުން ބަލިވުމުންނެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން

05 ޖޫން 2017
މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން
03 ޖޫން 2017

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި
30 މެއި 2017

އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

30 މެއި 2017
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް
29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް