Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައްޖަށް މީހުން ގެންދިއުން

ހައްޖުގެ ވެއިޓިން ލިސްޓް ވަރަށް ދިގު، 2030 ވަނަ އަހަރަށް މިހާރު ދަނީ ނަން ނޯޓު ކުރަމުން: ހައްޖު ކޯޕަރޭޝަން

ގާތްގަނޑަކަށް 6000ށްވުރެ ގިނަ މީހުން ކިއުގައި އެބަތިބި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2023 | ހޮނިހިރު 07:12
މިއަހަރު ހައްޖަށް ދިޔަ ހައްޖާޖީންތަކެއް

މިއަހަރު ހައްޖަށް ދިޔަ ހައްޖާޖީންތަކެއް

ހައްޖުގެ ވެއިޓިން ލިސްޓް ވަރަށް ދިގު ކަމަށާއި، 2030 ވަނަ އަހަރަށް ނަން ނޯޓުކުރަމުން ދާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން، ހައްޖު ކޯޕަރޭޝަންގެ ކޯޕަރޭޓް އެފެއާޒްގެ މެނޭޖަރު އާއިޝަތު ގާހިރު ވިދާޅުވީ ހައްޖު ކިއު ވަރަށް ދިގު ކަމަށާއި، މިހާރު ގާތްގަނޑަކަށް 6000ށްވުރެ ގިނަ މީހުން ކިއުގައި އެބަތިބި ކަމަށެވެ. ކިއު ދިގުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން ކަމަށާއި، ދެ އަހަރު ފަހަތަށް ޖެހެން ޖެހުނު ކަމަށް އާއިޝަތު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާއިޝަތު ވިދާޅުވީ ހައްޖަށް ދިއުމަށް މީހުން ނަން ނޯޓުކުރަމުން ދާކަމަށާއި، ނަން ނޯޓު ކުރަމުންދަނީ 800ގެ ކޯޓާއަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ހައްޖަށް ދިއުމަށް އެދި ހުށަހަޅާ މީހުންގެ ތަރުތީބުން ނަން ނޯޓު ކުރަމުންދާ ކަމަށާއި، މިހާރު 2030 ވަނަ އަހަރަށް ނަން ނޯޓު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 2030 ވަނަ އަހަރު ހައްޖަށް ދިއުމަށް މިހާރު އެއްކޮށް ފައިސާ ދައްކައިފިނަމަ ނުވަތަ 75 އިންސައްތަ ފައިސާ ދައްކައިފިނަމަ ކިޔުގައި ނަން ނޯޓު ކުރެވޭނެއެވެ.

ހައްޖު ކޯޓާ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، މެނޭޖަރު ލީގަލް ކާމް ކޮންޕެނީ ސެކްރެޓަރީ އަބްދުﷲ ނާހިދު، ވިދާޅުވީ ކޯޓާ އިތުރުކުރުމަށް އަމަލީ ގޮތުން މަސައްކަތްތައް ކުރަމުންދާނީ އިސްލާމިކް މިނިސްޓްރީން، ސަރުކާރާ ގުޅިގެން ކަމަށެވެ. ނަމަވެސް ކޯޓާ އިތުރުކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދީ ސަރުކާރުން ކޯޓާ އިތުރުކޮށްދެނީ ވެސް އެ ގައުމެއްގައި ދިރިއުޅޭ މުސްލިމުންގެ އާބާދީއަށް ބެލުމަށްފަހުއެވެ. 2022 ވަނަ އަހަރު މަދުން ކޯޓާ ލިބުނުނަމަވެސް އާއްމު ގޮތެއްގައި ކޯޓާ ދޭ މިންވަރަށް 2023 އަހަރު 1000 ކޯޓާ ދޫކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު