Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަސްކޮއި އުމްރާ

އަސްކޮއި އުމްރާ ކުންފުނީގެ އުމްރާ ހުއްދަ ބާތިލްކޮށް، އުމްރާ އަށް ދެއްކި ފައިސާ އަނބުރާ ދިނުމަށް އަމުރުކޮށްފި

31 ޖުލައި 2025 | ބުރާސްފަތި 09:00

މިފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާ ނަމަ އެކަން އިނޮކޮމިކް ކްރައިމްގެ ނަމްބަރު 9790048 އަށް ގުޅައިގެން ހިއްސާކުރުމަށް އެދިފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 ޖުލައި 2025 | ބުރާސްފަތި 09:00
ބައެއް އުމްރާވެރިން ފުރަން ދާ މަންޒަރު ފެންނަ ފޮޓޯ އެއް

ބައެއް އުމްރާވެރިން ފުރަން ދާ މަންޒަރު ފެންނަ ފޮޓޯ އެއް

އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލަ އާއި ގުޅިގެން އެ ގްރޫޕްގެ އުމްރާ ހުއްދަ ބާތިލްކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އެކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ގްރޫޕުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ އަތުލުމަށް ފަހު އުމްރާ އަށް ގެންގޮސްފައި ނުވާ މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކި މީހުންގެ ޕާސްޕޯޓާއި މުހިއްމު ލިޔެކިޔުންތައް ހޯދުމަށް އެ ގްރޫޕްގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށް އާއްމުން ބުނެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

ހަމައެހެންމެ އަސްކޮއިގެ އިސްވެރިޔާއާ ރަސްމީކޮށް ކުރި އެއްވެސް މުއާމަލާތަކަށް ޖަވާބު ދީފައި ނުވާ ކަމަށާއި އެގްރޫޕްގެ ކުންފުންޏަށް ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް ވެސް ޖަވާބު ނުދޭ ކަމަށް އެ ވުޒާރާ އިން ވަނީ ބުނެފައެވެ.

އެ ގްރޫޕާއި މެދު އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ބަލާ އިރު އުމްރާއަށް ގެންދަން ދޫކޮށްފައިވާ ހުއްދަ ބާތިލްކުރުމާއި ޖޫރިމަނާކުރުމުގެ އިތުރުން، ކުންފުނީގެ ހިއްސާދާރުން ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ވަނީ ނިންމާފައެވެ. ހަމައެހެންމެ އާއްމުން އުމްރާ ދަތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ދިނުމަށް އެންގުމާއި، މި މައްސަލަ ޕޮލިހަށް މައްސަލަ ހުށަހެޅުން އެ ގްރޫޕާއި މެދު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ ކުރިން މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސް ޕްރައިވެޓް ލިމިޓެޑުން އުމްރާ އަށް މީހުން ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގާ، އުމްރާ އަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނާ މައްސަލަ އެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ކަމާއި ގުޅުން ހުރި އިދާރާތަކާއި މަޝްވަރާކޮށް، ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ގްރޫޕްގެ ފަރާތުން މިފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާ ނަމަ އެކަން އިނޮކޮމިކް ކްރައިމްގެ ނަމްބަރު 9790048 އަށް ގުޅައިގެން ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
19 މާރިޗު 2017

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް