Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްރާއީލުން ފަލަސްތީނަށް ހަމަލާދިނުން

އިސްރާއީލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް، މަޖިލީހަށް ގަރާރެއް!

14 އޮކްޓޯބަރު 2023 | ހޮނިހިރު 03:39

އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ވަނީ ކުށްވެެރިކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 އޮކްޓޯބަރު 2023 | ހޮނިހިރު 03:39
ވިލިނގިލީ ދާއިރާގެ މެންބަރު، ސައުދު ހުސައިން

ވިލިނގިލީ ދާއިރާގެ މެންބަރު، ސައުދު ހުސައިން

އިސްރާއީލުން ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ބުރާސްފަތި ދުވަހު މި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނެވެ. އެގޮތުން، އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެެރިކޮށް، އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެއަނިޔާތައް ހުއްޓާލައި ފަލަސްތީނުގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފޭރިގެންފައިވާ ބިންތައް މިނިވަންކޮށް، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައި، މަޖިލީހުން ދެކޭގޮތް ހާމަކުރުމަށްވެސް އެ ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގަރާރުގައި ބުނެފައިވަނީ 1967 ވަނަ އަހަރު ކަނޑައެޅި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރާކަމަށެވެ. އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ އެބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިސްރާއީލް ސުލްހަވެ، ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށާއި، މި ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކަރަންޓާއި، ބޯފެނާއި އަދި ސިއްހީ ފަރުވާގެ ޚިދުމަތް ހުއްޓުވާލާފައި އޮތުމާއި، ކާބޯތަކެތި ޣައްޒާއަށް އެތެރެވިޔަ ނުދިނުމަށް ޣައްޒާ ވަށައިގެންވާ ހުރިހާ ޗެކް ޕޮއިންޓުތަކާއި ގޭޓުތައް ބަންދުކޮށްފައި އޮތް އޮތުންވެސް ވަނީ ކުށްވެރިކޮށްފައެވެ.

އިސްރާއީލުން މިހާރު ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކަކީ އެ ގައުމުގެ ރައްޔިތުންނާއި، ކުޑަކުދިންނާއި، މުސްކުޅިންނާއި ބަލި މީހުންނަނަށް ބެލުމެއް ނެތި، ފަލަސްތީނުގެ މުސްލިމް ދަރިފަސްކޮޅު ނައްތާލަން ހިންގާ އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރީމާއެއްކަންވެސް އެ ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މި ހަމަލާތަކުގައި ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކުން މަނާކޮށްފައިވާ ހަތިޔާރުވެސް ބޭނުންކުރަމުންދާއިރު، އެ އަމަލުތައް ހުއްޓުވުމަށް އދ.ގެ ސެކިއުރިޓީ ކައުންސިލާއި އިންސާނީ ހައްގުތައް ރައްކާތެރުިކުރުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ފަރާތުން އަޑުއުފުލުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އިސްރާއީލުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކާ ދެކޮޅުހެދުމުގެ ގޮތުން، ފަލަސްތީނުގެ ބިންތައް މިިނިވަންކޮށް، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރެވެންދެން އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމާއި، އިސްރާއީލުން އުފައްދާ އަދި އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކުރުމާއި، އިސްރާއީލާ ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާނަމަ އެފަދަ ހުރިހާ ގުޅުމެއް ވަގުތުން ސަސްޕެންޑް ކުރުމަށް، ސައުދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް