Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލަޔޮނަލް މެސީ

ލޯނު އުސޫލުން މެސީ އެއްވެސް ކުލަބަކަށް ނުދާނެ!

12 އޮކްޓޯބަރު 2023 | ބުރާސްފަތި 07:46

މެސީ ހޯދުމަށް ސައޫދީ ކުލަބުތަކުން ތިބީ ތައްޔާރަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 07:46
މިއާމީގެ ކެޕްޓަން އާޖެންޓީނާގެ މެސީ

މިއާމީގެ ކެޕްޓަން އާޖެންޓީނާގެ މެސީ

އެމެރިކާގެ އިންޓަ މިއާމީ އަށް ސީޒަން ނިމުނު ނަމަވެސް އެކުލަބަށް ކުޅޭ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ލޯނު އުސޫލުން އެއްވެސް ޓީމަކަށް ނުދާނެ ކަމަށް މަޝްހޫރު ކުޅިވަރު ނޫސްތަކުން ބުނަން ފަށައިފި އެވެ.

މި ގޮޮތުން އީއެސްފީއެން އާއި ބީބީސީ އަދި ރޮއިޓާސްގެ އިތުރުން ސްޕޭނުގެ މަޝްހޫރު ނޫސްވެރިން ވެސް ދަނީ މިކަން ޔަގީންކޮށްދެމުންނެވެ.

ލޯނު އުސޫލުން މެސީ ސައޫދީ ލީގަށް ނުވަތަ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އަށް ހިނގައިދާނެ ކަމުގެ ވާހަކަތައް ދެކެވެން ފެށީ އިންޓަ މިއާމީ އަށް ސީޒަން ނިމި އަންނަ މާޗު މަހާ ހަމައަށް ވާދަވެރި މެޗެއް ނުކުޅެ މެސީ ހުންނަން ޖެހުމާއެކުގަ އެވެ.

ނަމަވެސް ސްޕޭނުގެ މަޝްހޫރު ނޫސްވެރިޔާ ގުއިލަމް ބަލާގޭ ވެސް ވަނީ މެސީ ޗުއްޓީ އަށް ނޫނީ ދާނެ ތަނެއް ނެތް ކަމަށް ބުނެފަ އެވެ. އަނެއްކޮޅުން އޭނާ ގެންދިއުމުގެ ޝައުގުވެރިކަން ބާސެލޯނާގައި ނެތް ކަން ވެސް ބަލްގޭ ޔަގީންކޮށްދެ އެވެ. ސަބަބަކީ އެކުލަބުގެ މާލީ ހާލަތު އެކަމަށް އަދިވެސް ތަންނުދޭތީ އެވެ.

ނަމަވެސް ސައޫދީ އަރަބިއާގެ ކުލަބުތަކުން ތިބީ ފުރުސަތު ފަހިވާނަމަ މެސީ ގެންދިއުމަށް ތައްޔާރަށެވެ. ސަބަބަކީ 2030 ވަނަ އަހަރުގެ ވޯލްޑްކަޕަށް ސައޫދީން ބިޑްކުރާއިރު އެކަމަށް ސައޫދީ ލީގު އިސްތިހާރު ކުރުމަށާއި އެލީގުގެ ވިދުން ގަދަކުރުމަށެވެ.

މެސީގެ ވާހަކަ ދެކެވެން ފެށިއިރު އޭނާ އަށް އަލުން ބާސެލޯނާގެ ޖާޒީ އެންމެ މެޗަކަށް ނަމަވެސް ލެވޭނެ ގޮތް ހެދުމަށް އިންޓަ މިއާމީގެ ވެރިން ތިބީ ތައްޔާރަށެވެ. އެކަން އެކުލަބުން ޔަގީންކޮށްދިނީ މެސީ ގާތްގަނޑަކަށް 20 އަހަރު ބާސެލޯނާ އަށް ކުޅެފައިވާތީވެ އެކުލަބުގެ ސަޕޯޓަރުންނަށް ރަސްމީކޮށް އަލްވަދާއު ކިއުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ލިއޮނެލް މެސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް