Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ޤައުމީ ޓީމު

ޕެރަގުއޭއާ ދެކޮޅަށް މެސީ އަށް ކުޅެވޭނެ ކަމާއެކު ޝައްކު: ސްކަލޯނީ

އެންމެ ފަހުގެ ފަރިތަކުރުމަށްފަހު މެސީއާ ވާހަކަ ދައްކާނެ ކަމަށާއި، މެސީ ކުޅޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ އެއަށްފަހު ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 06:47
އާޖެންޓީނާގެ ފަރިތަކުރުމުގައި މެސީ

އާޖެންޓީނާގެ ފަރިތަކުރުމުގައި މެސީ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ކުޅެވޭނެ ކަމާމެދު ޝައްކުކަަމަށް، ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

އާޖެންޓީނާގެ ކޯޗު ސްކަލޯނީ މިހެން ބުނީ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ވެސް މެސީ ވަނީ ބައިވެރިވެފަ އެވެ. އަނެއްކޮޅުން އޭނާގެ ކުލަބު، އިންޓަ މިއާމީން އެންމެ ފަހުން ކުޅުނު މެޗުގައި ވެސް މެސީ ވަނީ ކުޅެފަ އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް އެ މެޗުގައި މެސީ ކުޅުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ސްކަލޯނީ ބުނީ، މެޗުގެ ކުރިން އާޖެންޓީނާ އިން އިތުރު ފަރިތަކުރުމެއް ކުރިއަށް ގެންދާނެ ކަމަށާއި، އެއީ މެސީ އަށް ވެސް ވަރަށް މުހިންމު ފަރިތަކުރުމެއް ކަމަށެވެ. އޭނާ ބުނީ މިހާތަނަށް ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި މެސީ ފެނުނީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް އެންމެ ފަހުގެ ފަރިތަކުރުމަށްފަހު މެސީއާ ވާހަކަ ދައްކާނެ ކަމަށާއި، މެސީ ކުޅޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ އެއަށްފަހު ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފަ އެވެ. އެއާއެކު ޓީމަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށާއި، އެކަން ވެސް ފައިނަލް ކުރެވޭނީ މެސީއާ މެދު ގޮތެއް ނިންމުމަށްފަހު ކަމަށް ސްކަލޯނީ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، ޕެރަގުއޭ މެޗަށްފަހު، ހަތަރު ދުވަސް ފަހުން އިތުރު މެޗެއް ވެސް ކުރިމައްޗަށް އޮތް ކަމަށާއި، އެހެންކަމުން ޓީމާމެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. ސްކަލޯނީ ބުނީ ޕެރަގުއޭ މެޗުގައި 70 މިނެޓު ނުވަތަ 80 މިނެޓު ކުޅުމަށްފަހު، ޕެރޫ މެޗުގައި ފުރިހަމަ އަށް މެސީ އަށް ނުކުޅެވިދާނެ ކަމަށެވެ. އެކަންކަން ބިނާވެގެންދާނީ މެސީ ހުރީ ޙާލަތެއްގެ މައްޗަށް ކަމަށާއި، މެސީއާ ވާހަކަ ދެއްކުމަށްފަހު ގޮތެެއް ނިންމަނީ އެ ސަބަބަށްޓަކައި ކަމަށް ވެސް އޭނާ ބުންޏެވެ. އުންމީދަކީ މެސީ އަށް މުޅި މެޗުގައި އެއްކޮށް ކުޅެވުން ކަމަށާއި، ނަމަވެސް މިވަގުތަށް އެއީ ފަސޭހަ ގޮތަކަށް ނުވެދާނެ ކަމަށް ވެސް ސްކަލޯނީ ދެކެ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ޕެރަގުއޭއާ ދެކޮޅަށް ނިކުންނާނީ ހުކުރު ދުވަހުގެ ފަތިހު އެވެ. ދެކުނު އެމެރިކާ ސަރަހައްދުން އެއް ވަަނައިގައި އޮތް ބްރެޒިލާއި ދެ ވަނައިގައި އޮތް އާޖެންޓީނާ އަށް ވެސް ލިބެނީ ދެ މެޗުން ހަ ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ގޮތުން ކުރި ހޯދަނީ ބްރެޒިލް އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026އާޖެންޓީނާލިއޮނެލް މެސީލިއޮނަލް ސްކަލޯނީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު