Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ލޯނު އެއްބަސްވުމަށްފަހު ވެސް ކެޕާ ބޭނުންވަނީ ރެއާލްގައި މަޑުކުރަން

ރެއާލަށް ކުޅުމުގެ ފުރުސަތު ލިބުމުން އެކަން ދޫކޮށް، އެ ކުލަބަށް ކުޅެން ބޭނުންނުވާނީ ކާކުތޯ އަހައި ކެޕާ ވަނީ ސުވާލެއް ވެސް ކުރިމަތިކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 00:19
ރެއާލަށް ކުޅެމުން އަންނަ ކެޕާ

ރެއާލަށް ކުޅެމުން އަންނަ ކެޕާ

މުސްތަޤުބަލުގައި ވެސް ބޭނުންވަނީ ރެއާލް މެޑްރިޑުގައި މަޑު ކުރަން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލް ކީޕަރު ކެޕާ އަރިއްޒަބަލާގާ ބުނެފި އެވެ.

ޗެލްސީގައި ހުރުމަށްފަހު އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ރެއާލަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ އެ ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރު، ބެލްޖިއަމްގެ ތިބައޫ ކޯޓުއާ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމުގެ ސަބަބުންނެވެ. ރެއާލާއެކު ކެޕާ ސޮއި ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ކެޕާ ރެއާލަށް ބަދަލުވީއިރު، ދާއިމީ ގޮތެއްގައި އޭނާ ހޯދޭނެ މާއްދާ އެއްބަސްވުމުގައި ހިމަނައިފައެއް ނުވެ އެވެ. އެހެންކަމުން އިތުރަށް އޭނާ އެ ކުލަބުގައި ބަހައްޓަން ރެއާލުން ބޭނުންވާނަމަ، ޗެލްސީ އާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭނެ އެވެ.

ސްޕެއިންގެ މީޑިއާ އަކަށް ދިން އިންޓަވިޔުއެއްގައި ކެޕާ ބުނީ، މުސްތަޤުބަލުގައި ވެސް އޭނާ ބޭނުންވަނީ ރެއާލްގައި މަޑު ކުރަން ކަމަށެވެ. ރެއާލަށް ކުޅުމުގެ ފުރުސަތު ލިބުމުން އެކަން ދޫކޮށް، އެ ކުލަބަށް ކުޅެން ބޭނުންނުވާނީ ކާކުތޯ އަހައި ކެޕާ ވަނީ ސުވާލެއް ވެސް ކުރިމަތިކޮށްފަ އެވެ. ރެއާލްގައި މިހާތަނަށް ދައްކަމުން އައި ކުޅުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކެޕާ ބުނީ، އެ ކުލަބުގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން، އުފަލުން ކަމަށެވެ. ރެއާލާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރެވިދާނެކަން ފާހަގަކޮށް ކެޕާ ބުނީ، ރެއާލަށް ބަދަލުވި ފަހުން ވެސް އެތައް ކަމެއް އޭނާ އަށް ރަނގަޅު ކުރެވިއްޖެ ކަމަށެވެ.

ރެއާލަށް ބަދަލުވެ ކެޕާ ވަނީ މިހާތަނަށް ނުވަ މެޗެއްގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. ރެއާލަށް ބަދަލުވެ ފުރަތަމަ ކޮޅު، ކެޕާގެ ފަރާތުން ގޯސްތަކެއް ފެނުނު ނަމަވެސް، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ކެޕާ ދިފާއު ކޮށްފަ އެވެ. އަންޗެލޮޓީ ބުނު ގޮތުގައި. އޭނާގެ ފުރިހަމަ އިތުބާރު ކެޕާ އަށް އޮތް ކަމަށެވެ. ކެޕާ އަކީ ފާހަގަކޮށްލެވޭ މޮޅު ކީޕަރެއް ކަމަަށާއި، ދުވަސްތައް ފާއިތުވަމުން އަންނަ ވަރަކަށް އޭނާ ޓީމަށް ހޭނޭނެކަމަށް އަންޗެލޮޓީ ބުންޏެވެ. އަންޗެލޮޓީ ދެކޭ ގޮތުގައި ކެޕާގެ ކެރިއަރުގައި މިހާތަނަށް އޭނާ އަންނަނީ އެއީ މޮޅު ކީޕަރެއްކަން ސާބިތު ކޮށްދެމުންނެވެ.

ރެއާލް މެޑްރިޑްކެޕާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު