Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ފުޓުބޯޅަ ޓީމު

އޭއެފްސީ ކަޕަށް މާޒިޔާގެ ތައްޔާރުވުމަކީ ގައުމީ ޓީމަށް ލިބުނު ފައިދާއެއް: ސުޒޭން

ފާއިތުވި ދުވަސްތަކުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކާއެކު، އިތުރު ހިތްވަރެއް ލިބުނުކަމަށާއި، ޓީމާމެދު އިތުބާރު އެބައޮތް ކަމަށް ސުޒޭން ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2023 | ބުދަ 10:52
ގައުމީ ޓީމުގެ ފަރިތަކުރުމުގައި އަލީ ސުޒޭން

ގައުމީ ޓީމުގެ ފަރިތަކުރުމުގައި އަލީ ސުޒޭން

އޭއެފްސީ ކަަޕަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވީ ތައްޔާރަކީ ގައުމީ ފުޓުބޯޅަ ޓީމަށް ލިބުނު ވަރަށް ބޮޑު ފައިދާއެއް ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ސުޒޭން މިހެން ބުނީ، ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެއިން ބަނގްލަދޭޝްއާ ދެކޮޅަށް ނިކުތް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ. ސުޒޭން ބުނީ މާޒިޔާއިން އޭއެފްސީ ކަޕަށް ތައްޔާރުވުނުް ރަނގަޅުކަން އެނގެނީ، ބަޝުންދަރާ ކިންގްސް އަދި މޯހަން ބަގާންއާ ދެކޮޅަށް ކުޅުނު މެޗަށް ބަލާއިރު ކަމަށެވެ. އެ މެޗުތަކުން ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ފެނުނު ކަމަށް ސުޒޭން ވަނީ ބުނެފައެވެ. ގައުމީ ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން 15 ކުޅުންތެރިންނަކީ މާޒިޔާއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެހެންކަމުން މާޒިޔާއިން އޭއެފްސީ ކަޕަށްވީ ތައްޔާރީއަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށް ސުޒޭން ބުންޏެވެ.

ޓީމާ ހަވާލުވުމަށްފަހު ފާއިތުވި ދުވަސްތަކުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކާއެކު، އިތުރު ހިތްވަރެއް ލިބުނު ކަމަށާއި، ޓީމާމެދު އިތުބާރު އެބައޮތްކަމަށް ސުޒޭން ވަނީ ބުނެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި މެޗެއް ނުކުޅުނަމަވެސް، ކުޅުންތެރިން ކުރަމުން އައި މަސައްކަތާއި، އޭނާގެ އަމިއްލަ ތަޖުރިބާއަށް ބަލާއިރު، ރާއްޖެއަށް ފައިދާ ނެގޭނެ ކަންކަން އެބަހުއްޓެވެ. އިތުރަށް އޭނާ ބުނިގޮތުގައި މި ހާލަތަކީ ދިވެހި ކޯޗުންނަށް އުނދަގޫ ހާލަތަކަށް ވީނަމަވެސް، ލިބުނު ވަގުތާއި، ލިބުނު ފުރުސަތާއެކު ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އެކަންކަމާ އިތުރު ޝަކުވާއެއް ކުރަން ބޭނުންނުވާކަމަށާއި، ބަންގްލަދޭޝް މެޗުން ރަނގަޅު ނަތީޖާއެއް ނެރުމާ ދިމާއަށް ދާން ޓީމު އޮތްކަމާމެދު ޝައްކެތް ނެތްކަމަށް ސުޒޭން ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ސުޒޭން ބުނީ، ގައުމީ ޓީމުގައި މިވަގުތު ތިބި ކުޅުންތެރިންނާ އެންމެ ގާތުން މަސައްކަތްކޮށް، އެ ކުޅުންތެރިން އެންމެ ރަނގަޅަށް އެނގޭނެ އެކަކަށް އޭނާ ވާނެކަމަށެވެ. ސުޒޭން ދެކޭގޮތުގައި ބަންގްލަދޭޝް މެޗަށް ނިކުންނައިރު އެއީވެސް ވަރަށް ބޮޑު ފައިދާއަކަށް ވާނެއެވެ. އޭގެ ކުރިން ސާފް ޗެމްޕިއަންޝިޕްގައި ފެނުނު ރަނގަޅު ކަންކަމަށްވުރެ، ރަނގަޅު ގިނަ ކަންކަން މިހާރުވެސް ފެނިފައިވާކަމަށް ސުޒޭން ވަނީ ބުނެފައެވެ.

ރާއްޖެއިން ވަނީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުގައިވެސް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ. ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ.

ގައުމީ ހޭންޑްބޯލް ޓީމުއަލީ ސުޒޭން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު