Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރަޕިއަން ސުޕަ ލީގް

ސުޕަލީގުގައި އިނގިރޭސި ކްލަބްތައް ދިޔަނުދޭން ބޮޑުވަޒީރު މަސައްކަތް ފައްޓަވައިފި

23 ޑިސެމްބަރު 2023 | ހޮނިހިރު 00:50

ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އާއި ޕާލަމެންޓްގެ ގިނަ މެމްބަރުން މިކަމަށް ތާއީދު

ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2023 | ހޮނިހިރު 00:50
އިނގިރޭސި ބޮޑު ވަޒީރު ރިޝީ ސުނާކް

އިނގިރޭސި ބޮޑު ވަޒީރު ރިޝީ ސުނާކް

ބައެއް ކުލަބުތައް އަޑީގައި ތިބެގެން އުފައްދަން މަސައްކަތް ކުރާ ޔޫރަޕިއަން ސުޕަ ލީގުގައި އިނގިރޭސި ކުލަބުތައް ބައިވެރިވިޔަ ނުދިނުމަށް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް މަސައްކަތް ފައްޓަވައިފި އެވެ.

މި ގޮތުން އިނގިރޭސި ސަރުކާރުން މަސައްކަތް ކުރަނީ އެ ގައުމުގެ ގާނޫނަށް ބަދަލުގެނައުމަށެވެ. އެއީ ބަޔަކު އަމިއްލަ އަށް އުފައްދާ މިފަދަ ލީގުތަކުގައި ބައިވެރިވުން އިނގިރޭސި ކުލަބުތަކަށް މަނާ ކުރުމަށެވެ. މިކަމަށް އިނގިރޭސި ޕާލަމެންޓްގެ ގިނަ މެމްބަރުން ވެސް ތާއީދުކުރެ އެވެ. އަދި ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ 2021 ވަނަ އަހަރު ސުޕަލީގް އުފެއްދުމުގެ ވާހަކަ އިވެން ފެށުމާއެކު މި ލީގާ ދެކޮޅު ހައްދަވައިފަ އެވެ.

ސުޕަލީގް އުފެއްދުމުގައި އިސްކޮށް ތިބީ ސްޕޭނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑެވެ. މި ލީގަކީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާ އާއި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ދެކޮޅު ހަދާފައިވާ ލީގެކެވެ. ޔޫއޭފާއިން ވަނީ ސުޕަ ލީގުގައި ބައިވެރިވާ ކުލަބުތަކަށް އެ ޖަމާއަތާއި ފީފާގެ މުބާރާތްތަކުގައި ވާދަކުރަން ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް އިނގިރޭސި ކުލަބުތަކަކީ ސުޕަލީގު އުފެއްދުމުގައި ސިއްރު ސިއްރުން އެއްބަސްވުން ހެދި ބައެކެވެ. އިނގިރޭސި ސަރުކާރުން ގާނޫނަށް ބަދަލުގެނެސް މިކަން މަނާކުރަން އުޅެނީ ވެސް ކުލަބުތަކުން ސިއްރު އެއްބަސްވުމެއް ހަދައި ސުޕަލީގު ތައާރަފްކުރުމާއެއެކު އެކަމަށް 2021 ވަނަ އަހަރު އެއްބާރުލުން ދިނުމުގެ ސަބަބުންނެވެ.

ސުޕަލީގު އުފެއްދުމާ ފީފާ ޔޫއޭފާ ދެކޮޅު ހެދުމުން މި މައްސަލަ ފަހުން ވަނީ ކޯޓަށް ގެންގޮސްފަ އެވެ. އަދި ޔޫރަޕުގެ ކޯޓުން ނިންމާފައިވަނީ ޔޫއޭފާ އާއި ފީފާ އަށް މުބާރާތެއް އުފެއްދުން މަނާ ނުކުރެވޭނެ ކަމަށެވެ. މިއާއެކު ސުޕަލީގުގެ ފޯމެޓް އަލުން އެކުލަވާލައި ތައާރަފް ކުރި ނަމަވެސް ޔޫރަޕުގެ ގިނަ ކުލަބުތަކުން ވަނީ މި ލީގުގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ. މި ގޮތުން އިނގިރޭސި ކުލަބުތަކުން ވެސް ވަނީ ސުޕަލީގަށް ތާއީދު ނުކުރާނެ ކަމަށް ބުނެފަ އެވެ.

ސުޕަލީގު އުފެއްދުމުގެ މަސައްކަތް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ފެށީ ޗެމްޕިއަންސް ލީގުގެ ބަދަލުގަ އެވެ. އެއީ ގިނަ ފައިސާ ހޯދުމުގެ ނިޔަތުގަ އެވެ.

ޔޫރަޕިއަން ސުޕަ ލީގުރިޝީ ސުނާކު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ކުރީގެ ބޮޑު ވަޒީރު ސުނާކް، ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔުއްވަނީ

28 އޮކްޓޯބަރު 2025
ކުރީގެ ބޮޑު ވަޒީރު ސުނާކް، ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔުއްވަނީ
05 ޖުލައި 2024

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
05 ޖުލައި 2024

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި
02 ޖެނުއަރީ 2024

ސްޕަލެއްޓީގެ ފާޑު ކިޔުން ސުޕަ ލީގަށް

02 ޖެނުއަރީ 2024
ސްޕަލެއްޓީގެ ފާޑު ކިޔުން ސުޕަ ލީގަށް
22 ޑިސެމްބަރު 2023

ކޯޓުން ނިންމީ ފީފާ، ޔޫއޭފާ އަށް ސުޕަލީގް މަނާ ނުކުރެވޭނެ ކަމަށް

22 ޑިސެމްބަރު 2023
ކޯޓުން ނިންމީ ފީފާ، ޔޫއޭފާ އަށް ސުޕަލީގް މަނާ ނުކުރެވޭނެ ކަމަށް
11 އޮކްޓޯބަރު 2023

އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް

11 އޮކްޓޯބަރު 2023
އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް
20 ނޮވެމްބަރު 2022

ރިޝީ ސުނަކް ޔޫކްރެއިނަށް ވަޑައިގެންފި

20 ނޮވެމްބަރު 2022
ރިޝީ ސުނަކް ޔޫކްރެއިނަށް ވަޑައިގެންފި
27 އޮކްޓޯބަރު 2022

ރިޝީ ސުނާކް - އިނގިރޭސި އޮބާމާ؟

27 އޮކްޓޯބަރު 2022
ރިޝީ ސުނާކް - އިނގިރޭސި އޮބާމާ؟
26 އޮކްޓޯބަރު 2022

ސުނާކްގެ ކެބިނެޓް މިނިސްޓަރުން އައްޔަނުކުރައްވައިފި

26 އޮކްޓޯބަރު 2022
ސުނާކްގެ ކެބިނެޓް މިނިސްޓަރުން އައްޔަނުކުރައްވައިފި
25 އޮކްޓޯބަރު 2022

ސުނާކް ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވާ ރަސްމީކޮށް ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި

25 އޮކްޓޯބަރު 2022
ސުނާކް ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވާ ރަސްމީކޮށް ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް