Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބު

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

ބޮޑު ކާމިޔާބެއް ލޭބަރ ޕާޓީން ހޯދި ނަމަވެސް އިނގިރޭސި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް އެ ޕާޓީއަށް ކުރިމަތިވާނެ ގޮންޖެހުންތައް ގިނަ ކަމުގައި ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.

ރާއްޖެ އެމްވީ | 5 ޖުލައި 2024 | ހުކުރު 09:40
ރިޝީ ސުނާކް - އިންތިޚާބުގައި ސުނާކް ވާދަ ކުރެއްވި ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް، ކޮންޒަވެޓިވް ޕާޓީ އަށް އުއްމީދު ކުރި ވަރާ ގާތައް ވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވޭ

ރިޝީ ސުނާކް - އިންތިޚާބުގައި ސުނާކް ވާދަ ކުރެއްވި ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް، ކޮންޒަވެޓިވް ޕާޓީ އަށް އުއްމީދު ކުރި ވަރާ ގާތައް ވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވޭ | ރޮއިޓާސް

އިނގިރޭސި ވިލާތުގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އާންމު އިންތިޚާބުން ވެރިކަމުގައި އޮތް ކޮންޒަވެޓިވް ޕާޓީ އަށް ބޮޑު ނާކަމިޔާބީ އަކާ ކުރިމަތިލާން ޖެހުމުން އެކަމުގެ ޒިންމާ ނަންގަވާ ކަމަށާއި، އެކަމުގައި މާފަށް އެދޭ ކަމަށް ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ނަތީޖާ އާ ބެހޭ ގޮތުން ހުކުރު ދުވަހު ސުނާކް ވާހަކަ ދައްކަވަމުން ވިދާޅުވީ، އިނގިރޭސި ރައްޔިތުންގެ ނިންމުން އިއްވައިފި ކަމަށާއި، ސުލްހަ ވެރިކަމާ އޮމާން ކަމާއެކު ބާރުތައް ހަވާލު ކުރެވިގެންދާނެ ކަމަށެވެ.

އިންތިޚާބުގައި ސުނާކް ވާދަ ކުރެއްވި ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް، ކޮންޒަވެޓިވް ޕާޓީ އަށް އުއްމީދު ކުރި ވަރާ ގާތައް ވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ޕާޓީގެ ވެރިކަމުގައި، އިނގިރޭސި ވިލާތުގައި ދިރިއުޅުމުގެ ހާލަތު ދަށްވެ، ތަކެތީގެ އަގު މައްޗަށް ގޮސް، އާންމު ޚިދުމަތްތަކުގެ ފެންވަރު ދަށަށް ގޮސްފައިވުމާއެކު ހިތްހަމަ ނުޖެހިފައި ތިބި އިނގިރޭސި ރައްޔިތުން ކޮންޒަވެޓިވް ޕާޓީ އަށް އޮތް ނުރުހުން ވޯޓުން ވަނީ ހާމަ ކޮށްދީފައި ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ. މި އިންތިޚާބު ވެގެން ދިޔައީ ކޮންޒަވެޓިވް ޕާޓީގެ ދިގު ތާރީޚްގައި އެންމެ ބޮޑު ނާކާމިޔާބީ އަކާ ކުރިމަތި ލާން ޖެހުނު އިންތިޚާބު ކަމުގައެވެ.

"އިންތިޚާބުން ދަސްކުރަންވީ އަދި އެކަންކަމާ ވިސްނަން ޖެހޭ ގިނަ ފިލާވަޅުތަކެއް އެބަހުރި، ވަރަށް ބުރަކޮށް މަސައްކަތް ކުރި އެތައް ކޮންޒަވެޓިވް ކެންޑިޑޭޓުންނަށް އިންތިޚާބުން ވީ ނާކާމިޔާބީ އަށް ޒިންމާ ނަގަން..އެކަމަށް މާފަށް އެދެން،" ސުނާކް ވިދާޅުވިއެވެ.

ސުނާކް ވަނީ އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދި ލޭބަރ ޕާޓީގެ ލީޑަރު އަދި ބޮޑު ވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ކެއި ސްޓާމާ އާ ގުޅުއްވާ މަރުހަބާ ވިދާޅުވެފައެވެ.

އިންތިޚާބުގެ ކާމިޔާބީ އާ އެކު ސަޕޯޓަރުންނާ ބައްދަލު ކުރައްވާ، ބޮޑު ވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ކެއި ސްޓާމާ ވިދާޅުވީ، ބަދަލު މި ހިނދުން މި ހިނދަށް ފެށުނީ ކަމުގައެވެ.

"ބަދަލު މި ހިނދުން މި ތަނުން މި ފެށުނީ، ބަދަލު ގެންނަން ތައްޔާރަށް ތިބި ކަމަށް ބުނެ ރައްޔިތުންގެ ބަސް އިއްވައިފި، ރައްޔިތުންނަށް ވައުދުވީ ކަންކަން ކޮށް ދިނުމުގެ ވަގުތު މިއައީ.." ސްޓާމާ ވިދާޅުވިއެވެ.

ސްޓާމާ ވެރިކަމަށް ވަޑައިގަންނަވާ މި ދަނޑިވަޅަކީ ގިނަ ގޮންޖެހުންތަކެއް އިނގިރޭސި ވިލާތައް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަން ސިޔާސީ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އިނގިރޭސި ވިލާތުގައި ޓެކްސް އެންމެ މައްޗަށް ދާނެ ކަމަށް ބެލެވިފައި ވުމުގެ އިތުރުން، ގައުމުގެ އުފެއްދުންތެރިކަމާ ހަމަ އަށް ދަރަނި ބޮޑު ވެފައި ވުމާއި، ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައި ވުމާއި، އާންމު ޚިދުމަތްތަކުގެ ފެންވަރު އިނގިރޭސި ވިލާތުގައި ދަށަށް ގޮސްފައި ވުމީ ސްޓާމާގެ ސަރުކާރަށް ކުރިމަތިވާނެ ބޮޑެތި ގޮންޖެހުންތަކުގެ ގޮތުގައި ވަނީ ބެލެވިފައެވެ.

އިނގިރޭސިވިލާތްރިޝީ ސުނާކުކޮންޒަވޭޓިވް ޕާޓީ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

އަންނަ އަހަރު ވެސް ބޮޑު ވަޒީރު ކަމުގައި ހުންނާނީ އަހަރެން: ސްޓާމާ

07 ޖެނުއަރީ 2026
އަންނަ އަހަރު ވެސް ބޮޑު ވަޒީރު ކަމުގައި ހުންނާނީ އަހަރެން: ސްޓާމާ
01 ޖެނުއަރީ 2026

އައު އަހަރާ ދިމާކޮށް ސްޓާމާ ވިދާޅުވީ ބައިބައިވުން ބަލިކޮށް، ރައްޔިތުންނަށް ބަދަލުތައް ފާހަގަ ވާނެ ކަމަށް

01 ޖެނުއަރީ 2026
އައު އަހަރާ ދިމާކޮށް ސްޓާމާ ވިދާޅުވީ ބައިބައިވުން ބަލިކޮށް، ރައްޔިތުންނަށް ބަދަލުތައް ފާހަގަ ވާނެ ކަމަށް
18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
14 ޑިސެމްބަރު 2025

އިދިކޮޅު މެމްބަރު މައިކަލް މާ، ބޮޑު ވަޒީރު ކާނީގެ ލިބަރަލް ޕާޓީއާ ގުޅުމާ އެކު މެޖޯރިޓީއާ ދިމާލަށް

14 ޑިސެމްބަރު 2025
އިދިކޮޅު މެމްބަރު މައިކަލް މާ، ބޮޑު ވަޒީރު ކާނީގެ ލިބަރަލް ޕާޓީއާ ގުޅުމާ އެކު މެޖޯރިޓީއާ ދިމާލަށް
13 ޑިސެމްބަރު 2025

ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި

13 ޑިސެމްބަރު 2025
ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު