Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ޕުޓިން ބައްދަލުވުމަށް ވަޑައިނުގަންނަންވަން ނިންމުމުން، ސުލްހައިގެ ވާހަކަތަކަށް ސުވާލު އުފެދިއްޖެ

ހަނގުރާމައިގައި އެތައް ގެއްލުމެއް ވަމުންދާ މި ދެ ގައުމުން އެންމެ ފަހުން ބައްދަލުކޮށް މަޝްވަރާތައް ކުރީ 2022 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އެއީވެސް އިސްތަންބޫލުގައި

ރާއްޖެ އެމްވީ | 15 މެއި 2025 | ބުރާސްފަތި 11:08
ރަޝިޔާ އާއި ޔުކްރެއިންގެ ސީދާ ވާހަކަތައް ބެއްވޭނެ ތަނުގެ ގޮތުގައި ބެލޭ ތުރުކީގެ ރައީސްގެ ރަސްމީ އޮފީހުގެ ބޭރުގައި ތުރުކީ ފުލުހުން ހަރަކާތްތެރިވަނީ، ތުރުކީގެ އިސްތަންބޫލްގައި، 15 މެއި 2025

ރަޝިޔާ އާއި ޔުކްރެއިންގެ ސީދާ ވާހަކަތައް ބެއްވޭނެ ތަނުގެ ގޮތުގައި ބެލޭ ތުރުކީގެ ރައީސްގެ ރަސްމީ އޮފީހުގެ ބޭރުގައި ތުރުކީ ފުލުހުން ހަރަކާތްތެރިވަނީ، ތުރުކީގެ އިސްތަންބޫލްގައި، 15 މެއި 2025

ތުރުކީގައި ބާއްވަން ހަމަޖެހުނު ޔުކްރެއިން-ރަޝިޔާގެ ވާހަކަތަކުގައި ރަޝިޔާގެ ރައީސް ޕުޓިން ބައިވެރިވެވަޑައިނުގަންނަވާނެ ކަން ހާމަވުމާއެކު ވާހަކަތައް ކާމިޔާބުވެދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ބުރާސްފަތި ދުވަހު ތުރުކީ ގައި ޔުކްރެއިން އާއެކު ބާއްވާ ސުލްހައިގެ މަޝްވަރާތަކަށް މުޝީރުންނާއި، ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގެ ވަފުދެއް ފޮނުވާފައެވެ. ބައްދަލުވުމަށް ޕުޓިން ސީދާ ވަޑައިގެން ޔުކްރެއިންގެ ރައީސް ޒެލެންސްކީ އާ ބައްދަލު ކުރަން ޔުކްރެއިން އިން ވަނީ ރަޝިޔާ އަށް ގޮވާލާފައެވެ.

އިސްތަންބޫލުގައި ޔުކްރެއިން އާއެކު ސީދާ މަޝްވަރާތަކެއް ކުރުމަށް ހުށަހެޅުއްވީ ޕުޓިން އެވެ. އެއާއެކު ޒެލެންސްކީ ވަނީ ރަޝިޔާގެ އިސްވެރިޔާ އަށް އެތަނުގައި އިންތިޒާރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް ބުދަ ދުވަހުގެ ރޭ ގެ ލަސް ގަޑިއެއްގައި ރަޝިޔާ ގެ ވަފުދުގެ ނަންތައް ހާމަ ކުރި އިރު ރަޝިޔާގެ ރައީސް ހިމެނިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ހިމެނުނީ އުއްމީދު ކުރި ގޮތާ މުޅިން ޚިލާފަށް ތަންކޮޅެއް ދަށް ފަންތީގެ ވަފުދެކެވެ.

އެނެއްކޮޅުން އިސްތަންބޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ފޮނުވާނެ ވަފުދާއި ބޭހޭ ގޮތުން މިހާތަނަށް ޔުކްރެއިނުން އެއްޗެއް ބުނެފައި ނުވާތީ، ރަޝިޔާ އިން ހުށަހެޅި ވަފުދާ ގުޅިގެން ޔުކްރެއިން އިން ޖަވާބުދޭނެ ގޮތެއް ސާފެއް ނުވެއެވެ.

ޔުކްރެއިންގެ އިސްވެރިއަކު ހާމަކޮށްފައިވާ ގޮތުގައި، ޒެލެންސްކީ - ޕުޓިން ފިޔަވައި ރަޝިޔާގެ އެހެން އެއްވެސް ފަރާތަކާ ވާހަކަ ނުދައްކަވާނެއެވެ. އަދި މަޝްވަރާތަކާ މެދު ގޮތެއް ނިންމާނީ ބުރާސްފަތި ދުވަހުގެ ފަހުން އަންކާރާގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން އާ ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

ޔުކްރެއިންގެ އިސްވެރިއަކާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މަޝްވަރާތައް ފެށޭނެ ވަގުތަކާ މެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ތުރުކީ ސަރުކާރުގެ އިސްވެރިން ވަގުތާއި ތަނާ ބެހޭ އެއްވެއްވެސް މަޢުލޫމާތެއް ދީފައެއް ނުވެއެވެ. ނަމަވެސް، އެ ޤައުމުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ވަނީ މަޝްވަރާތަރާތަކުން އައު ބާބެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޒެލެންސްކީ ވަނީ މި ހަފުތާގެ ކުރީކޮޅު ޕުޓިންއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ބައްދަލުވުމަށް އަމިއްލަ އަށް ވަޑައިގަތުމުގެ ހިތްވަރު ހުރިތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. ކްރެމްލިން އިން ބުނާ ގޮތުގައި ޕުޓިން އެ ގޮތައް ކަނޑައަޅާ އަލްޓިމޭޓަމްތަކަށް ޖަވާބެއް ނުދެއްވާނެއެވެ.

ހަނގުރާމައިގައި އެތައް ގެއްލުމެއް ވަމުންދާ މި ދެ ގައުމުން އެންމެ ފަހުން ބައްދަލުކޮށް މަޝްވަރާތައް ކުރީ 2022 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އެއީވެސް އިސްތަންބޫލުގައެވެ. އެއީ ޕުޓިން އޭނާގެ ސިފައިން ޔުކްރެއިނަށް ފޮނުއްވި ތާ ހަފުތާތަކެއް ފަހުންނެވެ.

ކްރެމްލިން އިން ނަން ހާމަކޮށްފައިވާ ރަޝިޔާގެ ވަފުދުގެ އިސްވެރިޔަކީ ރައީސްގެ މުޝީރު ވްލަޑިމިއަރ މެދިންސްކީއެވެ. މި ވަފުދުގައި ހިމެނެނީ ދިފާޢީ ނައިބު ވަޒީރަކާއި، ޚާރިޖީ ނައިބު ވަޒީރަކާއި، ޖީ.އާރް.ޔޫ އަސްކަރީ އިންޓެލިޖެންސް އޭޖެންސީގެ އިސްވެރިޔާ އެވެ.

ކްރެމްލިން އިން ބުނެފައިވާ ގޮތުގައި ޕުޓިން ވަނީ ރޭގަނޑުގެ ފަހު ވަގުތެއްގައި ވަޒީރުންނާއި، އަސްކަރީ ކޮމާންޑަރުންނާއި، ޖާސޫސީ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވައި، ކުރިއަށް އޮތް ބައްދަލުވުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

2022 ވަނަ އަހަރުގެ މާރިޗު މަހު އިސްތަންބޫލުގައި ބޭއްވުނު މަޝްވަރާތަކުގައި ޔުކްރެއިންގެ ފަރާތުން ބައިވެރިވި މަސްދަރެއް ބުނެފައިވާ ގޮތުގައި، މެދިންސްކީ - އެ ދުވަސްވަރުވެސް ރަޝިޔާގެ ޓީމުގެ އިސްވެރިޔާގެ ގޮތުގައި ހުރި ފަރާތެވެ. އަދި އޭނާ އަކީ ނިންމުންތައް ނިންމުމުގެ ބާރެއް ލިބިފައިވާ ފަރާތެއް ނޫނެވެ.

ރަޝިޔާ އިން އާދައިގެ ވަފުދެއް ބައްދަލުވުމަށް ފޮނުވުމަށް ނިންމުމުން ވިލާތުގެ ޔުކްރެއިންގެ އެކެވެރިން ވަނީ ވަރަށް ބޮޑަށް ރަޝިޔާ އަށް ނުރުހުންވެ ފާޑުކިޔާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަތުރުކީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު