Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީނު-އިޒްރާއިލް ހަނގުރާމަ

3 ދަރިން މަރު، 2 ދަރިން ޒަޚަމްވެފަ، ދެން ހުރި ދަރިފުޅަށް ވީ ގޮތެއް އަދި ނޭނގޭ... ކޮންމެ ޙާލެއްގައިވެސް الحمد لله

ސުންނާފަތިވެފައި ވާ އިތުރު 3 ގެއެއްގެ ވަޒަންވެރިން ކިޔައިދިން ގޮތުގައި، އިޒްރޭލުން ޙަމަލާ ދޭން ފެށުމުގެ ކުރިން އެއްވެސް ވަރެއްގެ އިންޒާރެއް ދީފައެއް ނުވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 10 އޮކްޓޯބަރު 2023 | އަންގާރަ 10:09
ހަމާސް ޖަމާޢަތުން އެންމެ ފަހުން ދިން ޙަމަލާއަކީ މިހާތަނަށްވެސް ދީފައި ނުވާ ފަދަ ވަރުގަދަ ޙަމަލާތަކެއް ކަމަށް ބުނެ، އިޒްރޭލުން ވަނީ އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެފަ

ހަމާސް ޖަމާޢަތުން އެންމެ ފަހުން ދިން ޙަމަލާއަކީ މިހާތަނަށްވެސް ދީފައި ނުވާ ފަދަ ވަރުގަދަ ޙަމަލާތަކެއް ކަމަށް ބުނެ، އިޒްރޭލުން ވަނީ އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެފަ

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ޢުދުވާނީ ޙަމަލާތަކުގައި ބިމާ ހަމަވެ ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުން ކޮނެގެން ނެގި އެކަކީ ޞަބްރީން އަބޫ ދައްޤާއެވެ. ޞަބްރީންގެ 6 ދަރިންގެ ތެރެއިން 3 ކުއްޖަކު މި ދުނިޔެއާއި ވަކިވެ ދިޔަ ކަމާއި، 2 ކުއްޖަކު ޒަޚަމްވެފައި އޮތް ކަމާއި، 6 ވަނަ ކުއްޖާއަށް ވީ ގޮތެއް އަދި ނޭނގޭކަން އޭނާއަށް އެނގުނީ ހޮސްޕިޓަލުގައި އޮއްވައެވެ.

ބަލިކަށި އަޑަކުން ކަމުގައި ވިއަސް، އޭނާއަށް ލެވުނު ހިތްވަރެއްލައި، ޞަބްރީޏް ދިޔައީ އެ ބިރުވެރި ޙަމަލާތައް އަމާޒުވި ވަޤުތުގެ ވާހަކަތައް މީޑިއާއަށް ކިޔައިދެވޭތޯ މަސައްކަތް ކޮށްފައެވެ.

ބިމާ ހަމަވި ގެތަކުގެ ބައިތަކުގެ އަޑީގައި އޮވެގެން ޞަބްރީން ދިޔައީ އޭނާގެ ދަރިންނަށް ގޮވަމުންނެވެ. ނަމަވެސް އެއްވެސް އިޖާބައެއް ނުލިބުނެވެ. މަދަނީ ދިފާޢަށް މަސައްކަތް ކުރާ ފައުޖުތަކުން ފަރުވާތެރިކަމާއެކު ގައު ކުނޑިތައް ނަގާ، ދުރު ކުރަމުން ދިޔަ ގޮތް، ޞަބްރީން ސިފަ ކޮށްދިނެވެ. ޞަބްރީން ކިޔައިދިން ގޮތުން ވިއްޔާ، އެކަމަށް 3 ގަޑިއިރު ހޭދަ ވިއެވެ.

ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، ވަރުގަދަ ހަނގުރާމައެއްގެ ފެންވަރުގައި އިޒްރޭލުން ޣައްޒާއަށް ހަފުތާ ބަންދުގައި ބޮން އަޅަން ފެށި ގޮތަށް، ރޭގަނޑުގެ ވަޤުތުތަކުގައިވެސް ހުއްޓައެއް ނުލައެވެ. އާދީއްތަ ދުވަހަށް އަލިވިލުނީވެސް ހަމަ އެފަދަ ޙާލެއްގައެވެ. ހަމާސް ޖަމާޢަތުގެ އޮފީސްތަކާއި، ތަމްރީނު މަރުކަޒުތައް ސުންނާފަތި ކުރަމުން ދިޔައިރު އާންމުން ދިރިއުޅޭ ގެތަކާއި އެނޫންވެސް ޢިމާރާތްތަކަށް ބެލުމެއް ނެތި އިޒްރޭލުގެ ޙަމަލާތައް ދިޔައީ އަމާޒު ކުރަމުންނެވެ.

ޞަބްރީންގެ އިތުރުން، ސުންނާފަތިވެފައި ވާ އިތުރު 3 ގެއެއްގެ ވަޒަންވެރިން ކިޔައިދިން ގޮތުގައި، އިޒްރޭލުން ޙަމަލާ ދޭން ފެށުމުގެ ކުރިން އެއްވެސް ވަރެއްގެ އިންޒާރެއް ދީފައެއް ނުވެއެވެ. މީގެ ކުރިންވެސް އިޒްރޭލުން ސިލްސިލާ ގޮތެއްގައި ޣައްޒާއަށް ޙަމަލާތައް ދީފައި އޮތެއް ކަމަކު، މި ފަހަރުގެ ޙަމަލާތައް ތަފާތު ކަމަށް އެ މީހުން ކިޔައިދިނެވެ. މީގެ ކުރިން ޙަމަލާ ދިން ޙަމަލާތައް ދީފައި ވަނީ، ދުރާލާ އިންޒާރުކޮށް، ޢާންމު ރައްޔިތުންނަށް އެ ސަރަޙައްދުތައް ދޫކޮށް ދާނެ ފުރުޞަތު ދިނުމަށް ފަހުގައި ކަމަށް އެމީހުން ކިޔައިދިނެވެ.

ހޮނިހިރު ދުވަހުން ފަށައިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ޢުދުވާނީ ޙަމަލާތަކުގައި ފަލަސްތީނުގެ 687 މީހުން ޝަހީދުވެ 3726 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމާސް ޖަމާޢަތުން އެންމެ ފަހުން ދިން ޙަމަލާއަކީ މިހާތަނަށްވެސް ދީފައި ނުވާ ފަދަ ވަރުގަދަ ޙަމަލާތަކެއް ކަމަށް ބުނެ، އިޒްރޭލުން ވަނީ އެކަމުގެ ބަދަލު ހިފާނެ ކަމަށް އިންޒާރު ކޮށްފައެވެ. ހޮނިހިރު ދުވަހު ހަމާސް ޖަމާޢަތުން ވަނީ އިޒްރޭލުގެ ނަމުގައި ހިންގާ ދަޢުލަތުގެ ދަށުގައި އޮތް އަވަށްތަކަކަށް އަރާ، އިޒްރޭލަށް ނިސްބަތްވާ 250 މީހަކު މަރާލާފައެވެ. ހަމާސް ޖަމާޢަތުން، އެ އަވަށްތައް ދޫކޮށް، ފައިބައިގެން ދިޔައީ ރަޙީނުންގެ ގޮތުގައިވެސް ގިނަ ޢަދަދެއްގެ ބަޔަކު ގޮވައިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

އިޒްރޭލުގެ ޢުދުވާންތައް އަމާޒު ވާން ފެށީ، 2.3 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ޣައްޒާއަށް ކަމުގައި ވީ ނަމަވެސް، އެ ޙަމަލާތައް، ހުޅަނގު އައްސޭރިއާއި ޤުދުސްއަށްވެސް ފެތުރިގެން ދާނެ ކަމަށް، ހަމާސް ޖަމާޢަތުގެ ލީޑަރު އިސްމާޢީލު ހަނިއްޔާ ވަނީ އިންޒާރު ކޮށްފައެވެ. އިޒްރޭލުގެ ފިއްތުންތަކުގެ މުށުތެރޭގައި ޤައިދުވެގެން ޣައްޒާގެ ރަށްވެހިން ދިރިއުޅެމުން ދާތާ މިހާރު ވަނީ 16 އަހަރު ވެފައެވެ.

ފަލަސްތީންހަމާސް-އިސްރާއިލް ހަނގުރާމަދުނިޔެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
14 މެއި 2025

ޣައްޒާގައި 70 މީހުން ޝަހީދު ކޮށްލައިފި

14 މެއި 2025
ޣައްޒާގައި 70 މީހުން ޝަހީދު ކޮށްލައިފި
14 އެޕްރީލު 2025

ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު

14 އެޕްރީލު 2025
ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
20 މާރިޗު 2025

ޣައްޒާގައި އޮޕަރޭޝަން ފުޅާ ކޮށްފައިވާ ކަމަށް އިސްރާއީލް އިން ބުނެފި 

20 މާރިޗު 2025
ޣައްޒާގައި އޮޕަރޭޝަން ފުޅާ ކޮށްފައިވާ ކަމަށް އިސްރާއީލް އިން ބުނެފި 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު