Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތަކަށް ތައްޔާރު ކަމަށް ހަމާސް އިން ބުނެފި

42 ދުވަހުގެ ފުރަތަމަ ފިޔަވަހި ބިނާވެފައިވަނީ އިސްރާއީލުގެ 33 ރަހީނުން ދޫކޮށްލުމާއި އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގާތްގަނޑަކަށް 1,900 ގައިދީން ދޫކޮށްލުން.

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2025 | ހޯމަ 20:36
ހަމާސްގެ އަލް-ޤައްސާމް ބްރިގޭޑްގެ މެންބަރުން، ހަމާސްއާއި އިސްރާއީލާ ދެމެދު ވެފައިވާ ބަންދީން ދޫކޮށްލުމުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލުމަށް ހަމަޖެހިފައިވާ އިސްރާއީލީ ބަންދީން ދޫކޮށްލުމަށްޓަކައި 2025

ހަމާސްގެ އަލް-ޤައްސާމް ބްރިގޭޑްގެ މެންބަރުން، ހަމާސްއާއި އިސްރާއީލާ ދެމެދު ވެފައިވާ ބަންދީން ދޫކޮށްލުމުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލުމަށް ހަމަޖެހިފައިވާ އިސްރާއީލީ ބަންދީން ދޫކޮށްލުމަށްޓަކައި 2025

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ތަފްސީލުތަކާ ބެހޭގޮތުން މަޝްވަރާކުރަން ތައްޔާރަށް ތިބި ކަމަށް ފަލަސްޠީނު ހަމާސް ޖަމާޢަތުގެ ދެ އޮފިޝަލަކު ހޯމަ ދުވަހު އޭއެފްޕީއަށް މަޢުލޫމާތު ދީފިއެވެ.

"ހަމާސް އިން ވަނީ މެދުވެރިންނަށް، ވޭތުވެދިޔަ ހަފްތާގައި ގާހިރާގައި ބޭއްވުނު ބައްދަލުވުންތަކުގަ އާއި ކުރެވެމުންދާ މުޢާމަލާތްތަކުގައި، ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ތައްޔާރަށް ތިބިކަން އަންގާފައި،" މަޝްވަރާތަކުގެ ނާޒުކުކަމުގެ ސަބަބުން ނަން ހާމަނުކުރަން ޝަރުޠު ކޮށް ހަމާސްގެ އޮފިޝަލަކު ބުންޏެވެ.

"އަހަރެމެން މެދުވެރިންގެ ކިބައިން އެދެނީ އިސްތިއުމާރީ ބާރުން [އިސްރާއީލް] އެއްބަސްވުމަށް ތަބާވެ، އެއްބަސްވުން ތަންފީޒު ކުރުން ލަސްނުކުރާކަން ޔަޤީން ކޮށްދިނުމަށް،" އެ އޮފިޝަލު އިތުރަށް ބުނެފައިވެއެވެ.

ދެވަނަ އޮފިޝަލަކު ބުނީ އެ ޖަމާޢަތުން "ދެން އޮތް ބުރު ފެށުމަށް މެދުވެރިން އިސްނަގާނެ ކަމަށް އިންތިޒާރު ކުރަމުންދާ" ކަމަށެވެ.

ހަމާސްއާއި އިސްރާއީލާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުޠުތަކުގެ ދަށުން - ފުރަތަމަ ފިޔަވައްސަށް ޢަމަލުކުރަން ފެށުނީ ޖެނުއަރީ 19 ގައެވެ. ދެވަނަ ފިޔަވަހީގެ ތަފްސީލުތައް އެކުލަވާލުމަށް ނުރަސްމީކޮށް ކުރެވޭ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.

42 ދުވަހުގެ ފުރަތަމަ ފިޔަވަހި ބިނާވެފައިވަނީ އިސްރާއީލުގެ 33 ރަހީނުން ދޫކޮށްލުމާއި އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގާތްގަނޑަކަށް 1,900 ގައިދީން ދޫކޮށްލުމެވެ.

ދެވަނަ ފިޔަވަހީގައި ބާކީ ތިބި ރަހީނުން ދޫކޮށްލުމާއި، ހަނގުރާމަ އެއްކޮށް ނިމުމަކަށް ގެނައުމާ ބެހޭގޮތުން މަޝްވަރާ  ކުރެވޭނެކަމަށް ބެލެވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ބުނެފައިވަނީ އޭނާ ދެވަނަ ފިޔަވައްސާ ބެހޭގޮތުން މަޝްވަރާކުރަން ފަށާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ނަތަންޔާހޫ މިހާރު އުޅުއްވަނީ ޓްރަމްޕް އާ ބައްދަލު ކުރައްވަން ވޮޝިންގަޓަން އަށް ކުރައްވާ ދަތުރުފުޅެއްގައެވެ.

ހަމާސް-އިސްރާއިލް ހަނގުރާމަފަލަސްތީނުހަމާސްޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު