Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ލިވަޕޫލާއި ނިއުކާސަލްއަށް ވެސް މޮޅެއް ނުވެވުނު!

ދެޓީމުގެ މެޗުވެސް އެއްވަރުވީ 2-2ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2023 | އާދީއްތަ 15:17
ބްރައިޓަން ކުޅުންތެރިން ފުރަތަމަ ލަނޑު ޖެހުމަށްފަހު - ފޮޓޯ: ރޮއިޓަރސް

ބްރައިޓަން ކުޅުންތެރިން ފުރަތަމަ ލަނޑު ޖެހުމަށްފަހު - ފޮޓޯ: ރޮއިޓަރސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޑަށްވެސް މޮޅު ނުވެވި, ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ލީގުގައި ލިވަޕޫލަށް މޮޅުނުވެވި, ޕޮއިންޓަކުން ފުއްދާލަން ޖެހުނީ ބްރައިޓަންއާ އެއްވަރުވެގެންނެވެ. ނިއުކާސަލް ޔުނައިޓެޑް އެއްވަރުވީ ވެސްޓް ހޭމްއާ ވާދަކޮށެވެ. ދެ މެޗުވެސް އެއްވަރުވީ 2-2ންނެވެ. ބްރައިޓަންގެ ދަނޑުގައި ލިވަޕޫލް ކޮޅަށް ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީވެސް ބްރައިޓަންއެވެ. އެޓީމަށް ކުރިހޯދައިދިނީ ސިމޯން އަޑިންގްރާއެވެ. ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަކޮށް, ހާފްގެ ފަހު ފަސް މިނިޓުގެ ތެރޭގައި ކުރިވެސް ހޯދިއެވެ. 40 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ސަލާހުއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކުރި ހޯދައިދިނީވެސް ސަލާހުއެވެ. ލިވަޕޫލް މެޗުން މޮޅުވިޔަނުދީ ހުއްޓުވީ 78 ވަނަ މިނިޓްގައި ކެޕްޓަން ލެވިސް ޑަންކް ޖެހި ލަނޑުންނެވެ. އޭގެކުރިން ނަތީޖާ ފަރަގު ބޮޑުކުރަން ލިވަޕޫލަށް ފުރުސަތު ލިބުނުނަމަވެސް އޭގެ ބޭނުމެއް ނުކުރެވުނެވެ.

ނިއުކާސަލް ޔުނައިޓެޑް ވެސްޓްހޭމްއާ ވާދަކޮށް އެއްވަރުވި މެޗުގައި ދެ ލަނޑުވެސް ޖެހީ އިސާކްއެވެ. މިމެޗުގައިވެސް ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސްޓް ހޭމްއިންނެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗުގެ އަށްވަނަ މިނިޓުގައި އެޓީމަށް ކުރިހޯދައިދިނީ ސުޗެކްއެވެ. އިސާކް ނިއުކާސަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ 57 ވަނަ މިނިޓުގައެވެ. އަދި 62 ވަނަ މިނިޓުގައި ދެވަނަ ލަނޑެއް ޖަހައި ކުރި ހޯދައިދިނެވެ. ނިއުކާސަލް ވިދިވިދިގެން ފަސްވަނަ މެޗުން މޮޅުވާން ދަނިކޮށް, އެކަން ހުއްޓުވީ މެޗުގެ ފަހު މިނިޓްގައި ކުޑޫސް ލަނޑު ޖަހައިގެންނެވެ. މިއީ ވެސްޓް ހޭމްއަށް ބަދަލުވެ އޭނާ ޕްރިމިއަރ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.

ލީގުގައި ވުލްވްސްއާއި އެސްޓަން ވިލާ ވާދަކުރި މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. އެމެޗު އެއްވަރުވީ 1-1ންނެވެ. ލީގު ތާވަލްގައި ވެސްޓްހޭމް އޮތީ 14 ޕޮއިންޓާއެކު ހަތްވަނާގައެވެ. ނިއުކާސަލް އޮތީ 13 ޕޮއިންޓާއެކު އަށްވަނާގައެވެ.

ޕްރިމިއަރ ލީގުލިވަޕޫލްނިއުކާސަލް ޔުނައިޓެޑްބްރައިޓަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު