Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޯޓް އޯޕަން ޑޭ

ޕޯޓުގެ ދާއިރާތަކަށް އަހުލުވެރިކޮށް، ޝައުގުވެރިކަން އުފެއްދުމަށް ޚާއްސަ ހަރަކާތެއް މިމަހުގެ 14 ގައި

"ޕޯޓް އޯޕަން ޑޭ"ގެ ނަމުގައި ޚާއްސަ ހަރަކާތެއް 14 އޮކްޓޯބަރ 2023 ވަނަ ދުވަހު އޮންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2023 | އާދީއްތަ 12:59
އެމްޕީއެލުން ކުރިއަށް ގެންދިޔަ އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ

އެމްޕީއެލުން ކުރިއަށް ގެންދިޔަ އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ

ޕޯޓުގެ ދާއިރާތަކަށް ދަރިވަރުންގެ މެދުގައި ޝައުގުވެރިކަން އިތުރު ކުރުމަށް މިމަހުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލުން ބުނީ މަސައްކަތުގެ ދާއިރާތަކުގެ މައުލޫމާތު ސްކޫލް ދަރިވަރުންނާ ހިއްސާކޮށް، ޕޯޓުގެ މަސައްކަތުގެ ދާއިރާތަކަށް ސްކޫލް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން "ޕޯޓް އޯޕަން ޑޭ"ގެ ނަމުގައި ޚާއްސަ ހަރަކާތެއް 14 އޮކްޓޯބަރ 2023 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ "ޕޯޓް އޯޕަން ޑޭ" ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދަން ފަޅިއަކަށް ބަހާލައިގެންނެވެ. އެމްޕީއެލުން ބުނީ ހެނދުނު ދަންފަޅި އޮންނާނީ 08:30 އިން 12:45 އަށެވެ. އަދި މެންދުރުފަހުގެ ދަންފަޅި އޮންނާނީ 12:00 އިން 16:15 އަށެވެ.

އެމްޕީއެލުން ބުނީ މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ޕޯޓުގެ ދާއިރާގައި މަސައްކަތް ކުރުމަށް ދަރިވަރުންގެ މެދުގައި ޝައުގުވެރިކަން އިތުރުކޮށް މި ދާއިރާގެ ކުރިއަށް ދެވެން ހުރި ކެރިއަރ ތަކުގެ މައުލޫމާތު ހިއްސާކުރުން ކަމަށެވެ. މީގެ އިތުރުން އެމްޕީއެލުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ފޯރުކޮށްދީ ޕޯޓުގެ ދާއިރާގެ ހޭލުންތެރިކަން އިތުރުކޮށް، ކުންފުނީގެ ސްޓޭކް ހޯލްޑަރުންނާ އޮތް ގުޅުން އިތުރަށް ވަރުގަދަކުރުން ވެސް ހިމެނެއެވެ.

މި ހަރަކާތުގައި ބައިވެރިވާ ދަރިވަރުންނަށް މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލް އަށް ޒިޔާރަތްކޮށް ޕޯޓުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލާލުމުގެ ފުރުސަތު ދޭނެއެވެ.

އެމްޕީއެލުން ބުނީ ސޭފްޓީ އެންޑް ސެކިއުރިޓީ ޑްރިލް އަކާއި ޕޯޓުގައި ބޭނުންކުރާ މެޝިންތައް ބޭނުންކުރާ ގޮތް ދަރިވަރުންނަށް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ހަރަކާތުގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ތިން ދަރިވަރަކަށް ކުންފުނީގެ ފަރާތުން ލެޕްޓޮޕް ހަދިޔާކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

އެމްޕީއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު