Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

އަލް އަޚްދޫދު ބަލިކޮށް، އަލް ޙިލާލް އެއް ވަނަ އަށް

އަލް ޙިލާލް އެއް ވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 23 ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޮކްޓޯބަރު 2023 | އާދީއްތަ 06:57
ސައުދީ ލީގުގައި އަލް ހިލާލުން ކުޅުނު މެޗުގެ ތެރެއިން

ސައުދީ ލީގުގައި އަލް ހިލާލުން ކުޅުނު މެޗުގެ ތެރެއިން

ސައުދީ ޕްރޯ ލީގުގައި އަލް އަޚްދޫދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ޙިލާލް ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި މި ދެ ޓީމު ކުރިމަތިލީއިރު، އެއް ވަނައިގައި އޮތީ އަލް އަހްލީ ސައުދީ އެވެ. އަލް ހިލާލަށް އެއް ވަނަ އަށް ޖެހިލެވެން އޮތީ އެ މެޗުން މޮޅުވެގެންނެވެ. އެ މެޗުގައި އަލް ހިލާލުން ވަނީ 3-0 އިން އަލް އަޚްދޫދުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އަލް ޙިލާލަށް ލީޑު ނަގައިދިނީ މިކޭލް އެވެ. މެޗުގައި އަލް އަޚްދޫދަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ސައީދު އަލް ރުބައީ އަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ ދެ ވަނަ ހާފު އެ ޓީމުން ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގައި އަލް ޙިލާލްގެ ފަހު ދެ ލަނޑު ވެސް ޖެހީ ސާޖެޖް މިލިންކޮވިޗް ސްވިޗް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނެޓާއި، 83 ވަނަ މިނެޓުގަ އެވެ.

މޮޅާއެކު އަލް ޙިލާލް އެއް ވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އަލް އަހްލީ ސައުދީ އަށް ލިބެނީ 22 ޕޮއިންޓެވެ. ތިން ވަނައިގައި 19 ޕޮއިންޓާއެކު އަލް ނަސްރު އޮތް އިރު، ހަތަރު ވަނައިގައި އޮތް އަލް އިއްތިހާދަށް ވެސް ލިބެނީ 19 ޕޮއިންޓެވެ. އަލް ނަސްރު ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ.

ސައުދީ ޕްރޯ ލީގުއަލް ހިލާލް

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
01 ޖުލައި 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު