Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫރިޔާގެ އަސްކަރީ އެކަޑަމީއަށް އަމާޒުވީ ޑްރޯން ޙަމ

ދަސްވެނިވުމުގެ އުފުލުގައި ފޮޓޯ ނަގަން ހުރި މަންމަ، ދަރިފުޅުގެ ކުރިމަތީގައި ވަކިވެ ދިޔައީއެވެ. އަބަދުގެ އަބަދަށެވެ!

ސޫރިޔާގެ އަސްކަރީ އެކަޑަމީއަށް އަމާޒުވީ ޑްރޯން ޙަމަލާގައި އެތައް ބައެއްގެ ފުރާނަ ގެއްލި ދިޔައިރު، އޭގެ ތެރޭގައި، ޔާސިރުގެ މަންމަ، ހުޔާމް އަލް-މަޚްލޫފުވެސް ހިމެނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2023 | ހޮނިހިރު 16:10
ދަސްވެނިވުމުގެ އުފުލުގައި ފޮޓޯ ނަގަން ހުރި މަންމަ، ދަރިފުޅުގެ ކުރިމަތީގައި ވަކިވެ ދިޔައީއެވެ. އަބަދުގެ އަބަދަށެވެ!

ދަސްވެނިވުމުގެ އުފުލުގައި ފޮޓޯ ނަގަން ހުރި މަންމަ، ދަރިފުޅުގެ ކުރިމަތީގައި ވަކިވެ ދިޔައީއެވެ. އަބަދުގެ އަބަދަށެވެ!

ޙަޔާތުގައި ދިމާވާ ކޮންމެ ކަމެއްގައި އެމީހަކާ އެންމެ ގާތުގައި ހުންނަ އެކަކީ ބަނޑުއަޅާ ވިހޭ މައިމީހާއެވެ. އެއީ އުފަލަކަށް ވިއަސް، ހިތާމައަކަށް ވިއަސް، ގިނަ ފަހަރަށް އެކަން އޮންނަނީ އެ ގޮތަށެވެ. އެތައް ޙާލަކުން ދަރިން ބަލާ ބޮޑު ކުރުމަށް ފަހު، އެ ދަރިންގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހިގެންދާ މަންޒަރު ދެކިލުމަކީ ކޮންމެ މަޔަކުވެސް ކުރަމުން ދާނެ ފޮނި އުންމީދެކެވެ. ނަމަވެސް، އެ އުފާވެރި ވަޤުތު ކޮޅު، ހިނދު ކޮޅެއްގެ ތެރޭގައި ނަމާން ކަމަކަށް ބަދަލުވެގެން ދާ ފަހަރުވެސް އާދެއެވެ.

އެއީ ސޫރިޔާއަށް އުފަން، ޔާސިރު މުޙައްމަދު ޙަޔާތަށް އައި އުފާވެރި ވަޤުތު ކޮޅެކެވެ. އަސްކަރީ އެކަޑަމީއިން ދަސްވެނިވުމަށް ފަހު، އޭނާގެ ކާމިޔާބިއާ މެދު ފަޚްރުވެރިވެފައި ތިބި މަންމައާއި ބައްޕައާއެކު އެކި ގޮތް ގޮތަށް ހުއްޓި، ފޮޓޯތައް ނަގަމުން ދިޔަ ހަލަބޮލި ވަޤުތެކެވެ. އަސްކަރީ އެކަޑަމީއަށް އަމާޒުވީ ޑްރޯން ޙަމަލާއެކެވެ. އެތައް ބައެއްގެ ފުރާނަ ގެއްލި ދިޔައެވެ. އޭގެ ތެރޭގައި، ޔާސިރުގެ މަންމަ، ހުޔާމް އަލް-މަޚްލޫފުވެސް ހިމެނެއެވެ.

ހުޔާމްގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ އޮކްޓޯބަރު 6 ވީ ހުކުރު ދުވަހުއެވެ. ޖަނާޒާގައި ބައިވެރިވަމުން ދިޔަ ޔާސިރު ވަނީ، އޭނާގެ ޙަޔާތަށް ކުރިމަތިވި ބޮޑު މުޞީބާތުގެ ވާހަކަ، މީޑިއާއާއި ހިއްސާކޮށްދީފައެވެ.

ޙިމްސް މިލިޓަރީ އެކަޑަމީއަށް އަމާޒުވީ އެންމެ ޙަމަލާއެއް ނޫނެވެ. ހަތިޔާރުގެ ގޮތުގައި ބޭނުން ކުރާ އެތައް ޑްރޯންއަކުން އަސްކަރީ އެކަޑަމީގެ ގޯތި ތެރެއަށް ހަމަލާތައް ދެމުން ދިޔަ އިރު، ދަސްވެނިވި އައު އޮފިސަރުންނާއި އެމީހުންގެ ޢާއިލާތަކުން ދިޔައީ، ހަނދާނީ ފޮޓޯތައް ނަގަމުންނެވެ. ޙަމަލާ އަމާޒުވީ، ސޫރިޔާގެ ދިފާޢީ ވަޒީރު، ޢަލީ މަހްމޫދު ޢައްބާސް، އެ ސަރަޙައްދު ދޫކުރައްވާ ވަޑައިގެންނެވިތާ ކުޑަ މިނެޓްކޮޅެއް ފަހުންނެވެ.

މައުސޫމު އެތައް ބައެއްގެ ފުރާނަ ގެއްލި ދިއުމަށް މެދުވެރިވި އެ ޙަމަލާތަކުގެ ޒިންމާ، އަދި މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ސޫރިޔާގެ ދިފާޢީ އަދި ޚާރިޖީ ވުޒާރާއިން ތުހުމަތުގެ އިނގިލި އަމާޒު ކުރަމުން ދަނީ ޓެރަރިސްޓު ގުރޫޕުތަކަށެވެ. އިތުރު ތަފްޞީލެއް ނުދެއެވެ. އަދި ވަރުގަދަ ބާރާއެކު، ރައްދު ޙަމަލާ ދޭނެ ކަމަށްވެސް ސޫރިޔާގެ ސަރުކާރުން ވަނީ ވަޢުދުވެފައެވެ.

6 އޮކްޓޯބަރު ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަޤުތެވެ. ޙިމްސް މިލިޓަރީ ހޮސްޕިޓަލުން ނެރެމުން ދިޔައީ ސޫރިޔާގެ ދިދަ އަޅާ ފޮރުވާލާފައި ވާ ސަންދޯއްތަކެވެ. އަސްކަރިއްޔާގެ ބޭންޑުން، މަޑު ރާގެއް ކުޅެމުން ދިޔައިރު، އަސްކަރީ ސިފައިން ތިބީ ޝަރަފުގެ ސެލިއުޓް ނަގައިގެންނެވެ. އެ ތަނުގައި ހުންނަވާ، ވާހަކަދައްކަވަމުން ޢައްބާސްވަނީ، އޮހޮރިގެން ދިޔަ ލެޔަކީ އަގުހުރި އެއްޗެއް ކަމަށް ވިދާޅުވެފައެވެ.

ސޫރިޔާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އާންމު ކުރި މަޢުލޫމާތަށް ބަލާއިރު، އަސްކަރީ އެކަޑަމީއަށް ދިން ޑްރޯން ޙަމަލާގައި މަރުވި މީހުންގެ ޢަދަދު 89 އަށް އަރައެވެ. އޭގެ ތެރޭގައި 31 އަންހެނަކާއި، 5 ކުޑަކުދިންވެސް ހިމެނެއެވެ. ވަރުގަދަ ހަނގުރާމައެއް ދިގުލާ ގޮސްފައި ވާ ސޫރިޔާގެ މަޝްރަހުގެ ކަންކަން ރިޕޯޓް ކުރަމުން އަންނަ ސީރިއަން އޮބްޒަރވޭޓަރީ ފޮރ ހިއުމަން ރައިޓްސްގެ ރެކޯޑްތަކަށް ބަލާއިރު، މަރުވި މީހުންގެ ޢަދަދު އުޅެނީ 120 އަށް ވުރެ މަތީގައެވެ.

ސީރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު