Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއދ.ގެ މެންބަރު ގައުމުތައް

އދ.ގެ މެންބަރު ގައުމުތަކުގެ މެދުގައި އިތުބާރު ބޮޑުކުރުމަށް ޗައިނާއިން ގޮވާލައިފި

އދ.ގެ 78 ވަނަ އާންމު މަޖިލީހާއި، އެ މަޖިލީހާ ގުޅިފައިވާ މަތީ ފަންތީގެ ހަވާސާ ބައްދަލުވުންތަކުގައިވެސް ޗާންގްގެ ވާހަކަފުޅުތައް ހުރީ އެފަދަ މޭރުމަކުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 7 އޮކްޓޯބަރު 2023 | ހޮނިހިރު 15:54
އދ.ގެ މެންބަރު ގައުމުތަކުގެ މެދުގައި އިތުބާރު ބޮޑުކުރުމަށް ޗައިނާއިން ގޮވާލައިފި

އދ.ގެ މެންބަރު ގައުމުތަކުގެ މެދުގައި އިތުބާރު ބޮޑުކުރުމަށް ޗައިނާއިން ގޮވާލައިފި

އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ހަލަބޮލިވެފައިވާ އަދުގެ ދުނިޔޭގައި އެންމެ ސުލްހަވެރި ރޫހެއްގައި ގައުމުތަކުގެ ސިޔާސީ ސައްލާތައް ކުރެވިގެންދާ އެއް މައިޒާނަކީ އދ.ވެ. ދުނިޔޭގެ ބާރާއި ނުފޫޒަށް ތަޅާފޮޅަމުން ދާ ގައުމުތަކުން، އެ ގައުމުތަކުގެ އަޑު އެންމެ ބާރަށް އިއްވަމުން ދަނީވެސް އދ.ގެ ޕޯޑިއަމްތަކުގައެވެ. އދ.ގެ މަޖިލިސްތަކުން އިވެމުންދާ އެފަދަ ވާހަކަތަކުގެ ތެރެއިން އެފަދަ ކަމަކަށް ބަލާލާނަމެވެ. ދަންނަވަން މިއުޅެނީ، ޗައިނާއިން އދ.ށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މިދިޔަ ބުދަ ދުވަހު ވިދާޅުވި ވާހަކައެކެވެ.

އދ.ގެ އާންމު އެޖެންޑާގެ ސިޔާސަތާ ބެހޭގޮތުން އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒް ކުރިއަށް ގެންދެވި ބްރީފިންގއެއްގައި ވާހަކަފުޅުދައްކަވަމުން، ޗައިނާއިން އދ.ށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޗާންގް ޗޫން ވަނީ، އދ.ގެ މެންބަރު ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަމާއި އިތުބާރު ބޮޑުކުރުމަށް ގޮވާލައްވާފައެވެ. އދ.ގެ ޗާރޓަރުން ލާޒިމުކުރާ ކަންކަން ތަންފީޒުކޮށް ނެގެހެއްޓުމަށްޓަކައި، އެއްބައިވަންތަކަމާއި އިތުބާރު އިތުރުކުރުމަކީ ކޮންމެހެންވެސް ބޭނުންވާ ކަމެއް ކަމަށާއި، ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށްވެސް އެކަން މުހިންމުކަން ޗައިނާގެ މަންދޫބު ވަނީ ފާހަގަ ކުރައްވާފައެވެ.

ހުސްވި މަހު ކުރިއަށް ގެންދިޔަ އދ.ގެ 78 ވަނަ ޢާންމު މަޖިލީހާއި، އެ މަޖިލީހާ ގުޅިފައިވާ މަތީ ފަންތީގެ ހަވާސާ ބައްދަލުވުންތަކުގައިވެސް ޗާންގްގެ ވާހަކަފުޅުތައް ހުރީ އެފަދަ މޭރުމަކުންނެވެ. އެއްބައިވަންތަކަމާއި އިތުބާރާއި އެއްބާރުލުން ކުރިއަށް ނެރުމަކީ އިވެމުންދާ މުހިންމު ބަސްތަކެއްކަން ޗާންގް ފާހަގަކުރެއްވިއެވެ. އަދި އެއީ ދަމަހައްޓަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެނީ، އެކަންކަމީ، އދ.ގެ މުސްތަގުބަލަށް މުހިންމު ކަންކަމަށް ވުންކަމަށާއި، އެ ޢަމާޒަށް ވާސިލުވުމަށްޓަކައި ބްލޮކްތަކުން ގުޅިގެން ފޯރުވާ ނުފޫޒުތަކާ ކުރިމަތިލައި، ބާރުގެ ސިޔާސަތާއި، ފިނި ހަނގުރާމައިގެ ވިސްނުމާއި، ކަންކަމުގައި ދެފުށް ދެގޮތްވުމަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ޗައިނާގެ މަންދޫބު ވަނީ ގޮވާލައްވާފައެވެ.

އދ.ގެ މެންބަރު ގައުމުތަކުން ހައްގުތައް ކުރިއަރުވައި، އދ.ގެ މަގުސަދުތައް ކުރިއަށް ނެރުމަށް، ގުޅިފައިވާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޗައިނާއިން ގަބޫލުކުރާ ކަމަށް ޗާންގް ވަނީ އިޝާރާތް ކުރައްވާފައެވެ. އަދި ގައުމުތަކުން އުފުލާ ޒިންމާތަކާއި ވާޖިބުތައް ވާންވާނީ، ހައްގުތަކާއި ދައުރުތަކާ އެކަށީގެންވާ ފަދަ ކަންކަމަށް ކަމަށްވެސް ޗާންގް ވަނީ ފާހަގަ ކުރައްވާފައެވެ.

އދ.އާމެދު ބައެއް މީހުންގެ ހިތުގައި ޝައްކު އުފެދިފައިވާ އަދުގެ ދުނިޔޭގައި، އދ.ގެ މުސްތަގުބަލާމެދު އެންމެ ހޫނުކޮށް ބަހުސްތަކެއް ކުރެވިގެން ދިޔައީ އދ.ގެ 75 ވަނަ އަހަރީ މުނާސަބަތާ ގުޅުވައިގެން، 2020 ވަނަ އަހަރުގެ ތެރޭގައެވެ.

އެކުވެރި ދައުލަތްތައް (އ.ދ.)ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު