Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބާރަތު

ސަލްމާނާއި ކެޓްރީނާގެ ''ބާރަތު'' ރިލީޒް ކުރަނީ އެކި ބަސްބަހުން؟

މި ފިލްމަކީ ސައުތު ކޮރެއާ ފިލްމް ''އޯޑް ޓު މައި ފަރދާ' އަސްލަކަށް ބަލައިގެން ހަދާ ފިލްމެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 ފެބުރުއަރީ 2019 | ބުދަ 11:28
ބާރަތުގެ މެއިން ކަރެކްޓަރ އިން ފެނިގެންދާ ސަލްމާނާއި ކެޓްރީނާ

ބާރަތުގެ މެއިން ކަރެކްޓަރ އިން ފެނިގެންދާ ސަލްމާނާއި ކެޓްރީނާ

އަންނަ ކުޑަ އީދަށް ރިލީޒްކުރަން ތައްޔާރުވަމުންދާ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ބާރަތު" އަށް އިންތިޒާރު ކުރާ މީހުން މަދެއް ނޫނެވެ. އެފިލްމު އިއުލާން ކުރީއްސުރެ ފިލްމަށް ކުރެވޭ އުއްމީދު ބޮޑެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މިފިލްމާ ބެހޭ ގޮތުން އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ބާރަތު" އަންނަ ކުޑަ އީދުގައި ސިނަމާތަކަށް ގެންނާނީ ހިންދީ ބަހުންނާއި އެހެނިހެން ބަސްބަހުން ކަމަށެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ މުމްބާއީ މިރަރގައި ބުނެފައި ވަނީ "ބާރަތު" ރިލީޒް ކުރާނީ ހިންދީ ބަހުންނާއި ތެލުގޫ، ޓަމިލް އަދި މަލަޔާލަމް ބަހުން ކަމަށެވެ.

މިއީ ތެދެއްކަމުގައި ވާނަމަ ފިލްމަށް އިންތިޒާރުކުރާ މީހުންނަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ. މިފިލްމު އިންޑިއާގެ އެކި ސިނަމާތަކުގައި އަޅުވާއިރު ގައުމުން ބޭރުގެ އެހެން ސިނަމާތަކުގައި ވެސް އެޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ފިލްމުގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު މި ފިލްމާ ގުޅޭ ގޮތުން ބުނެފައި ވަނީ މި ފިލްމަކީ 70 އިގެ އަހަރުތަކުގައި ހިނގާފައިވާ ކަންތައްތަކާއި މިހާރުގެ ކަންތައްތައް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ. "ބާރަތު" އަކީ 2014 ގައި ނުކުތް ސައުތު ކޮރެއާ ފިލްމް "އޯޑް ޓު މައި ފަރދާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ކޮރެއާ ފިލްމުގައި ކޮރެއާގެ ތާރީޚާއި މަންޒަރުތައް ދައްކުވައިދެއެވެ. އެހެންކަމުން "ބާރަތު" ގައި އޭގެ ބަދަލުގައި ހިމަނާފައި ވަނީ އިންޑިޔާގެ ފަހުގެ ތާރީހްގެ ކަންތައްތަކެއް ކަމަށް ބެލެވެއެވެ.

މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ސަލްމާން އާއި ކެޓްރީނާގެ އިތުރުން މި ފިލްމުގައި ސުނިލް ގްރޯވާ، ދިޝާ ޕަޓާނީ، ނޯރާ ފެތޭހީ އަދި ތައްބޫ ފެނިގެންދާނެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
01 ފެބުރުއަރީ 2017

ރިތިކްގެ ލޯ ހަދިޔާކުރަނީ

01 ފެބުރުއަރީ 2017
ރިތިކްގެ ލޯ ހަދިޔާކުރަނީ
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު