Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާގެ އަސްކަރީ އެކެޑަމީ

ސީރިއާގެ އަސްކަރީ އެކެޑަމީއަކަށް ދިން ޑްރޯން ހަމަލާއެއްގައި މަރުވި މީހުން ވަޅުލައިފި

ހަމަލާގައި 100 މީހުން މަރުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 އޮކްޓޯބަރު 2023 | ހުކުރު 07:40
ސީރިއާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާއާއެކު އެތަނުން ދުން އަރަނީ

ސީރިއާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާއާއެކު އެތަނުން ދުން އަރަނީ

ސީރިއާގެ ހޯމްސްގައި ހުންނަ އަސްކަރީ އެކެޑަމީއަކަށް ދިން ހަމަލާއެއްގައި މަރުވި މީހުން ހުކުރު ދުވަހު ވަޅުލައިފިއެވެ.

ބުރާސްފަތި ދުވަހު އެ އެކެޑަމީން އަލަށް ގްރެޖުއޭޓްވި ދަރިވަރުންނަށް ބޭއްވި ގްރެޖުއޭޝަން ހަފްލާއަކަށް ފަހު, އެވަގުތު ދިން ހަމަލާގައި 100 މީހުން މަރުވެފައިވެއެވެ.

އެއީ ސީރިއާ ސިފައިންގެ މަރުކަޒަކަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި އެއް ހަމަލާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން 12 އަހަރުގެ ދާޚިލީ ހަނގުރާމައާ ކުރިމަތިލާން ޖެހިފައިވާ ގައުމެއްގައި ހަތިޔާރު އެޅި ޑްރޯންތައް ބޭނުން ކޮށްގެން ދީފައިވާ މި ހަމަލާއަކީ މީގެ ކުރިން ނުފެންނަ ވަރުގެ ހަމަލާއެއް ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ 100 އަށް ވުރެ ގިނަ މީހުން މަރުވެ 125 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ސީރިއާ ސަރުކާރަށް ތާއީދުކުރާ އިއްތިހާދުގެ އޮފިޝަލަކު ވިދާޅުވީ 100 ވަރަކަށް މީހުން މަރުވެފައިވާ ކަމަށެވެ.

ސީރިއާގެ ހަމަނުޖެހުން ފެށުނީ 2011 ވަނަ އަހަރު ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް މުޒާހަރާތަކުން ނަމަވެސް އެކަން، ހަނގުރާމައަކަށް ބަދަލުވެ އެތައް ލައްކަ ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލިއްޖެއެވެ.

މި ހަނގުރާމައިގެ ސަބަބުން ސީރިއާ ސިފައިންގެ ބާރު ކެނޑި، ރަޝިޔާ އާއި އީރާނުގެ އަސްކަރީ އެހީތެރިކަމުގެ އިތުރުން ލުބުނާނާއި އިރާގާއި ތެހެރާންގެ ތާއީދު އޮންނަ ލުބުނާނުގެ ހަނގުރާމަވެރިންނަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ.

އަސަދަށް އެގައުމުގެ ބޮޑު ބައެއް އަނބުރާ ހޯދި ނަމަވެސް ތުރުކީގެ އުތުރު ބޯޑަރު ސަރަހައްދުގެ ސަރަހައްދެއް އަދިވެސް އޮތީ ހަރުކަށި ހަނގުރާމަވެރިން ހިމެނޭ ގޮތަށް ހަތިޔާރު އެޅި އިދިކޮޅު ޖަމާއަތްތަކުގެ އަތްދަށުގައެވެ.

ސީރިޔާ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

17 ޑިސެމްބަރު 2025
ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި
09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
09 ނޮވެމްބަރު 2025

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
30 އޮކްޓޯބަރު 2025

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު