ހަފްތާ ބަންދުގައި ގުގުރުމާއެކު ވިއްސާރަކުރާނެ
6 އޮކްޓޯބަރު 2023 | ހުކުރު 00:23ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ވިއްސާރަކުރާނެ

އާއިޝަތު ޝިއުރާ | 6 އޮކްޓޯބަރު 2023 | ހުކުރު 00:23

މާލެއަށް ބޯކޮށް ވާރޭވެހެނީ
ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށެވެ.
މީގެއިތުރުން ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ. އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.










