Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް

ސުލްހަ ގާއިމުވާން އޮތީ ޗައިނާގެ ބީއާރްއައި ތަންފީޒު ކޮށްގެން؟

ރޭސް ކާމިޔާބުކުރުމަށް ޗައިނާއިން ބޭނުންކުރާ އެންމެ ވަރުގަދަ އެއް އުކުޅަކީ އެތައް ގައުމެއް ގުޅުވައިދޭ، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 16:06
ސުލްހަ ގާއިމުވާން އޮތީ ޗައިނާގެ ބީއާރްއައި ތަންފީޒު ކޮށްގެން؟

ސުލްހަ ގާއިމުވާން އޮތީ ޗައިނާގެ ބީއާރްއައި ތަންފީޒު ކޮށްގެން؟

ދުނިޔޭގެ 1 ނަމްބަރު ގައުމުގެ މަގާމަށް ފައި ވިއްދައިގެން ހަލުއި ދުވެލީގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ އެއް ގައުމަކީ ޗައިނާއެވެ. ޗައިނާއިން އެކަން ކުރަނީ އެ ރޭހުގެ މުހިންމު ދުވުންތެރިންގެ ގޮތުގައި އެހެން ގައުމުތައްވެސް ބައިވެރިކޮށްގެންނެވެ. އެ ނޫން ގޮތަކަށް އެކަން ވާންވެސް ނެތީއެވެ. ރޭސް ކާމިޔާބުކުރުމަށް ޗައިނާއިން ބޭނުންކުރާ އެންމެ ވަރުގަދަ އެއް އުކުޅަކީވެސް، މި ދެންނެވި ފަދައިން އެތައް ޤައުމެއް ގުޅުވައިދޭ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި) މަޝްރޫއެވެ.

ޗައިނާއިން ހުށަހަޅާފައިވާ ބީއާރްއައި މަޝްރޫއަކީ، އެ މަޝްރޫއުގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި ސުލޫކީ އަދި ސަގާފީ ގުޅުންތައް ގާއިމްކުރުމަށް އެހީތެރިވެދޭ، އަދި ދުނިޔޭގެ ސުލްހައާއި ތަރައްގީއަށް މުހިންމު ވަސީލަތެއް ކަމަށް ވިދާޅުވެ އެންމެ ފަހުން ޗައިނާއަށް ތައުރީފުކުރެއްވި އެއް ރައީސަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދެވެ.

2004 ވަނަ އަހަރަށްފަހު ޗައިނާއަށް ވަޑައިނުގެން ހުންނެވުމަށްފަހު ބައްޝާރު ވަނީ ދާދި ފަހުން ޗައިނާއަށް ދަތުރުފުޅެއް ކުރައްވައި، ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާ ބައްދަލު ކުރައްވާފައެވެ. ހުސްވި ސެޕްޓެމްބަރު މަހު ޗައިނާގައި ޝީއާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައި ބައްޝާރު ވަނީ، ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއަށް ސޫރިޔާއިން ފުރިހަމައަށް އެއްބާރުލުން ދީ ބައިވެރިވާނެކަމުގެ ޔަގީންކަން ޝީއަށް ދެއްވާފައެވެ. ޗައިނާގެ ރައީސް ޝީ، އެންމެ ފުރަތަމަ ބީއާރްއައި ހުށަހެޅުއްވީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.

ގަދީމީ ސިލްކް ރޯޑް ވިޔަފާރި ރާސްތާގައި ހިމެނޭ މުހިންމު އެއް ގައުމުގެގޮތުގައި ބެލެވުނު ސޫރިޔާއިން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ އިސްނެގުންތަކަށް އަމާޒުކުރައްވައިގެން ޝީ ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކަކީ މުހިންމު ކަންތައްތަކެއްކަން، ޗައިނާގެ ގައުމީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވެސް ބައްޝާރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ޝީގެ ހުށަހެޅުއްވުންތަކަކީ ގައުމެއްގެ އަމިއްލަވަންތަކަމަށް ނުރައްކާ ކުރިމަތިނުވާ ގޮތަށް އެއް ބަޔަކު އަނެއް ބަޔަކާ ގުޅުވައިދީ، ތަރައްގީ ހޯދައިދޭ ހުށަހެޅުއްވުންތަކެއްގެ ގޮތުގައި ބައްޝާރު ވަނީ ސިފަކުރައްވާފައެވެ.

ޕޮލިސީ ކޯޑިނޭޝަން ރަނގަޅުކުރުމާއި، ފެސިލިޓީތަކުގެ ގުޅުން ރަނގަޅުކުރުމާއި، ހުރަހެއް ނެތް ވިޔަފާރިއާއި، މާލީ ގުޅުންތައް ރަނގަޅުކުރުމާއި، ޓްރާންސް ކޮންޓިނެންޓަލް ފެންވަރުގައި ދޭދޭ މީހުންގެ މެދުގައި ބަދަލުކުރާ ބަދަލުކުރުންތައް ހަރުދަނާކުރުމުގެ މަގުސަދުގައި ޗައިނާއިން ބީއާރްއައި ހުށަހެޅީ 2013 ވަނަ އަހަރުއެވެ.

ޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު