Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

"ބައްސާމް ވަނީ އިހުމާލުވެފައި، އުޅެނީ އައު ސަރުކާރުގެ ހިމާޔަތް ހޯދަން!"

އެކަމަކީ ފުޓުބޯޅަ އާއިލާ އަށް އެއްވެސް ވަރަކަށް ބަލައި ގަނެވޭނެ ކަމެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2023 | ހޮނިހިރު 04:40
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެކޮޅަށް ގެނެވުނު ދުވަހު، ބައްސާމް އެތަނުގައި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެކޮޅަށް ގެނެވުނު ދުވަހު، ބައްސާމް އެތަނުގައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް) ހިންގުމުގައި ބައްސާމް އަދީލް ޖަލީލް ވަނީ އެތައް ގޮތަކުން އިހުމާލުވެފައި ކަމަށާއި، މިހާރު އުޅެނީ އައު ސަރުކާރުގެ ހިމާޔަތް ހޯދަން ކަމަށް އިބްރާހީމް އާމިރު (ސަލްސާ އާމިރު) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ މައްސަލަތައް އިންތިހާއަށް ގޯސްވެ، އެ އިދާރާގެ ހިންގުން ބޮއްސުންލާފައި ވަނިކޮށް، ސޭވް އެފްއޭއެމްގެ ނަމުގައި ފެށި ޙަރަކާތުގައި އިސްކޮށް އުޅުއްވާ އާމިރު ވިދާޅުވީ، ތަކުރާރުކޮށް ބައްސާމް ވަނީ އެތައް ގޯހެއް ހައްދަވާފައި ކަމަށެވެ. އެގޮތުން ތަންތަނުން ޚިދުމަތް ހޯދުމަށްފަހު ދައްކަން ޖެހޭ ފައިސާތައް ނުދައްކާ އޮތްއިރު، އެ ފައިސާ ދެއްކުމަށް ޝަރުއީ ކޯޓުތަކުގެ ޙުކުމް އަންނަކަން އާމިރު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ނުދެވިގެން، ވަޒީފާއާ ބެހޭ ޓްރައިބުނަލްގައި ވެސް ބައިވަރު މައްސަލަތައް އޮތް ކަމަށާއި، ޕެންޝަން ފައިސާ ނުދައްްކައިގެން މައްސަލަ ފެންމަތިވެފައިވާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

އެވަރުގެ ކަންކަން ހިންގަަވާފައި ހުންނެވި ބޭފުޅަކު ސަރުކާރު ބަދަލުވި ވަގުތު ކުރައްވަން އުޅޭ ކަމަކީ، ދެން އުފެދެން އަންނަ ސަރުކާރުގެ ހިމާޔަތް ހޯދުން ކަމަށް އާމިރު ވިދާޅުވި އެވެ. އާމިރު މިހެން ވިދާޅުވީއިރު، ރިޔާސީ އިންތިޚާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިން ކާމިޔާބު ކުރުމާއެކު، ޖަލު ޙުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ގޭ ބަންދަށް ބަދަލު ކޮށްފަ އެވެ. އެ ދުވަހު ރައީސް ޔާމީން ގެކޮޅަށް ގެނެވުނު ވަގުތު ބައްސާމް އެތަނުގައި ހުންނެވި އެވެ. އާމިރު ވިދާޅުވި ގޮތުގައި އެކަމަކީ ފުޓުބޯޅަ އާއިލާ އަށް އެއްވެސް ވަރަކަށް ބަލައި ގަނެވޭނެ ކަމެއް ނޫނެނެވެ. ހަމައެހެންމެ އެކަމުގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށް ވެސް އާމިރު ވަނީ ވިދާޅުވެފަ އެވެ.

އައު ސަރުކާރުގެ ހިމާޔަތް ހޯދަން ބައްސާމް މަސައްކަތް ކުރެއްވި ނަމަވެސް، މިހާރު އިހުމާލުވެފަ ހުރި ކަންކަމުން އޭނާ އަށް ސަލާމަތް ނުވެވޭނެ ކަަމަށް އާމިރު ވަނީ ވިދާޅުވެފަ އެވެ. އެކަންކަމުގެ ޒިންމާ ބައްސާމް ނަންގަވަން ޖެހޭނެ ކަމަށާއި، ކޮންމެ ސަރުކާރެއް އައި ނަމަވެސް ބައްސާމް އަށް ދެން އެ މަގާމުގައި ހުރެވިގެން ނުވާނެ ކަމަށް ވެސް އާމިރު ވަނީ ވިދާޅުވެފަ އެވެ. އާމިރު ވިދާޅުވީ ތަކުރާރުކޮށް ބައްސާމް ގޯސް ހައްދަވަމުން ގެންދަވާއިރު، އޭނާ މަގާމުން ދުރުކުރުމަކީ ކުލަބުތަކުގެ އަތް މަތީގައި އޮތް ކަމެއް ކަމަށެވެ. އެގޮތުން ބައްސާމްގެ އިތުބާރު ނެތް ކަމަށް ކުލަބުންތަކުން ސޮއި ކުރުމާއެކު، އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް ދާން ޖެހޭނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

އާމިރު މިހެން ވިދާޅުވެފައިވާއިރު، އެފްއޭއެމްގެ މާލީ މައްސަލަ ތައްވަނީ ވަރަށް ބޮޑުވެފަ އެވެ. އެކަމާ ދެކޮޅަށް "ސޭވް އެފްއޭއެމް"ގެ ނަމުގައި މިހާރު އަންނަނީ ޙަރަކާތެއް ވެސް ހިންގަމުންނެވެ. އެ ޙަރަކާތުގައި ފުޓުބޯޅައިގެ ތަޖުރިބާކާރު ގިނަ ބޭބޭފުޅުން ހިމެނެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލްސޭވް އެފްއޭއެމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު