Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީންގެ ޝަރީއަތް

ޔާމީންގެ އިސްތިއުނާފް ޝަރީއަތް އާދީއްތަ ދުވަހު

ޔާމީނު ފައިސާ ދައުރުކޮށްފައިވާ ގޮތުން ފައިސާގެ އަސްލު އޮޅިގެން ދިޔަކަމަށް ދައުލަތުން ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 08:04
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް އާދީއްތަ ދުވަހު ބާއްވަން ހައިކޯޓުން ނިންމައިފިއެވެ.

މި އަޑުއެހުމަކީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލާފައިވާ މައްސަލައިގެ އިސްތިއުނާފީ އަޑު އެހުމެކެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ޔާމީނުގެ ފަރާތުން ވަނީ ގާނޫނުގައި ބުނެފައި އޮންނަނީ އިންތިޚާބުތަކަށް ކުރާ ޚަރަދުގެ ތަފްސީލު ކަމާބެހޭ އިދާރާތަކަށް ހިއްސާކުރަންޖެހޭ ވާހަކަ ކަމަށާއި، ސިޔާސީ މަސައްކަތް ކުރަން ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާ ހާމަކުރާކަށް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ޔާމީނު ފައިސާ ދައުރުކޮށްފައިވާ ގޮތުން ފައިސާގެ އަސްލު އޮޅިގެން ދިޔަކަމަށް ދައުލަތުން ބުނެފައިވެއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 26 ސެޕްޓެމްބަރު 2023 ގައެވެ. އެ އަޑުއެހުމުގައި އޮތީ، ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާގުޅޭ އިސްތިއުނާފުގެ ބާކީ ބައި ހުށައެޅުމެވެ. ދައުލަތުންވެސް އެ ނުކުތާތަކަށް ރައްދު ދީފައިވެއެވެ.

މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. ނަމަވެސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅި، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ މައްސަލަ ބަލައި ހައިކޯޓުން ވަނީ، ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، ޖަލު އަދަބު ތަންފީޒުކުރުން ފަސް ކުރެވެން ނެތް ކަމަށް ނިންމާފައެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންހައި ކޯޓުއެމްއެމްޕީއާރްސީ ޚިޔާނާތް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު