Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިޔާއިން ބްލެކް ސީގައި މުދާ އުފުލާ ބޯޓުތައް ހުއްޓުވުމަށް 'ސީ މައިން' އަޅާނެކަމުގެ އިންޒާރު އިނގިރޭސިވިލާތުން ދީފި

5 އޮކްޓޯބަރު 2023 | ބުރާސްފަތި 03:18

ބްލެކް ސީގައި މަދަނީ ބޯޓުފަހަރާ ދެކޮޅަށް ރަޝިޔާއިން ކަނޑުގެ މައިންތައް ބޭނުން ކުރެވިދާނެ

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 03:18
ބްލެކް ސީ

ބްލެކް ސީ

ރަޝިޔާއިން ބްލެކް ސީގައި މުދާ އުފުލާ ބޯޓުތައް ހުއްޓުވުމަށް 'ސީ މައިން' އަޅާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުން ދީފިއެވެ.

ބްލެކް ސީގައި މަދަނީ ބޯޓުފަހަރާ ދެކޮޅަށް ރަޝިޔާއިން ކަނޑުގެ މައިންތައް ބޭނުން ކުރެވިދާނެ ކަމަށާއި، އޭގެތެރޭގައި ޔޫކްރެއިންގެ ބަނދަރުތަކާ ކައިރިވާ މަގުގައި އެ މައިންތައް ބެހެއްޓިދާނެ ކަމަށް ރިޕޯޓުތައް ބުނެއެެވެ.

މި އިންޒާރު ދީފައިވަނީ ޔޫކްރެއިންގެ ކަނޑުގެ ބަނދަރުތަކަށް 12 ކާގޯ އުޅަނދެއް ވަންނަން ތައްޔާރަށް އޮތް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބްލެކް ސީގެ ބަނދަރުތަކުން ދަނޑުވެރިކަން އެކްސްޕޯޓް ކުރުމަށް މަގުފަހިކުރުމަށް ޔޫކްރެއިނުން ގާއިމްކުރި "އިންސާނީ ކޯރިޑޯ" އިން ދަތުރުކުރާ މަދަނީ ބޯޓުތައް ހުއްޓުވުމަށް ކަނޑުގެ މައިން ބޭނުންކުރުމަށް ރަޝިޔާއިން ވިސްނަމުންދާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލީވަރލީއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ބްލެކް ސީގައި ހިނގާ ކަންކަމާއި "ރަޝިޔާއިން އެމީހުންގެ ހަމަލާތަކުގެ ޒިންމާ ޔޫކްރެއިންގެ ބޮލުގައި އަޅުވަން ކުރާ ސިނިކަލް މަސައްކަތްތައް" ދުނިޔެ ބަލާނެ ކަމަށެވެ.

ސަގާފީ ގޮތުން ޔޫކްރެއިންގެ މައިގަނޑު އެކްސްޕޯޓް ކޯރިޑޯ ކަމަށްވާ ބްލެކް ސީ އިން ކާބޯތަކެތީގެ އުފެއްދުންތައް ރައްކާތެރިކަމާއެކު ބޭރަށް ފޮނުވުމުގެ ހުއްދަ ދީފައިވާ އެއްބަސްވުމަކުން ރަޝިޔާ ވަނީ ޖުލައި މަހު ވަކިވެފައެވެ.

މޮސްކޯއިން އިއުލާން ކުރި ގޮތުގައި ޔޫކްރެއިންގެ ބްލެކް ސީގެ ބަނދަރުތަކުގެ ކައިރީގައިވާ ބޯޓުތަކަކީ ކިއެވްގެ ހަނގުރާމައިގެ މަސައްކަތަށް ތާއީދުކުރާ ބޯޓުތަކެކެވެ. އަދި އެެއީ "ޔޫކްރެއިންގެ ހަމަނުޖެހުންތަކުގެ ފަރާތްތަކެއް" ކަމަށް ބެލެވެއެވެ.

އަދި ޔޫކްރެއިންގެ ބަނދަރުތަކަށް ވައިގެ މަގުންދޭ ޑްރޯން ހަމަލާތަކާއި މިސައިލް ރޭޑްތަކުންދޭ ހަމަލާތައް ރަޝިޔާއިން ވަރުގަދަކޮށް، މިހާތަނަށް 130 އިންފްރާސްޓްރަކްޗާ ފެސިލިޓީތަކަށް ގެއްލުންދީ ގާތްގަނޑަކަށް 300،000 ޓަނުގެ ދަނޑުވެރިކަން ވަނީ ހަލާކުކޮށްފައެވެ.

ބުދަ ދުވަހު ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ޑިމިޓްރޯ ޕްލެޓެންޗުކް ވިދާޅުވީ 20 އަށް ވުރެ ގިނަ ބޯޓު ޔޫކްރެއިންގެ ކަނޑުގެ ބަނދަރުތަކުން ނުކުމެ އެތެރެވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޔޫކްރެއިންގެ ސަރަހައްދީ ކަނޑުގެ ސަރަހައްދުގައި މަދަނީ ބޯޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ޤައުމުގެ ދިފާއީ ބާރުތަކުން ހުރިހާ ކަމެއް ކުރަމުންދާ ކަމަށާއި އެ އުޅަނދުތައް ވެސް ނޭޓޯގެ މެންބަރު ޤައުމުތައް ކަމަށްވާ ރޮމޭނިއާ، ބަލްގޭރިއާ އަދި ތުރުކީގެ ކަނޑުގެ ތެރެއަށްވެސް ވަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފާއިތުވި ދުވަސްތަކުގައި މަދުވެގެން ހަތް ބޯޓެއް ޔޫކްރެއިންގެ ކަނޑުގެ ސަރަހައްދުތަކަށް ވަދެފައިވާއިރު، އެ ބޯޓުތައް އަނބުރާ އެ ޤައުމުން ފުރަން ޖެހޭނީ މަދުވެގެން 127،000 ޓަނުގެ އެ ޤައުމުގެ ދަނޑުވެރިކަމުގެ ބާވަތްތަކާއެކު ކަމަށް ޔޫކްރެއިންގެ ލޯކަލް އޮފިޝަލުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ބުނެފައެވެ.

ކިއެވް އިން ވަނީ ޑޭނިއުބް ކޯރުގެ ބަނދަރުތަކުން ރޮމޭނިއާއަށް އެކްސްޕޯޓްކޮށް، އޭގެ ފަހުން އެއްގަމު މަގުން ބައިނަލްއަގްވާމީ މާކެޓްތަކަށް ކުރާ އެކްސްޕޯޓް އިތުރުކޮށްފައެވެ.

ދަނޑުވެރިކަމުގެ އެއްބަސްވުން ނިމުނު ފަހުން މޮސްކޯއާ ގުޅިފައިވާ ކްރައިމިއާ ޕެނިންސުލާ އާއި ބަނދަރު ސިޓީ ސެވަސްޓޮޕޯލްގައި ހުންނަ ރަޝިޔާގެ ބްލެކް ސީގެ ފްލީޓަށް ޔޫކްރެއިނުން ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.

އޮކްޓޯބަރު 1 އާއި 3 އާ ދެމެދުގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ރަޝިޔާއިން ސެވަސްޓޮޕޯލް އިން ނޮވޮރޮސިސްކަށް 10 އުޅަނދު ބަދަލުކޮށްފައިވާ ކަމަށް އައިއެސްޑަބްލިއު އިން ވަނީ ބުނެފައެވެ.

މިދިޔަ މަހު އިނގިރޭސިވިލާތުން ވަނީ ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުތަކުން ކާމިޔާބުކަމާއެކު ނާކާމިޔާބުކޮށްލިކަމަށް ބުނެ މިސައިލް ހަމަލާއެއްގައި އޮގަސްޓް 24 ވަނަ ދުވަހު ބްލެކް ސީގެ ބަނދަރެއްގައި އާންމު މުދާ އުފުލާ ބޯޓަކަށް ހަމަލާދޭން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައެވެ. އަދި ޔޫކްރެއިން ޝިޕިންގެ ރައްކާތެރިކަން ރަނގަޅު ކުރުމަށް ކިއެވް އާއި އެހެން ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި ބްލެކް ސީގައި ރަޝިޔާގެ ހަރަކާތްތައް މޮނިޓަރ ކުރުމަށް ޖާސޫސީ ބާރާއި ސަވައިލެންސް އަދި ރިކޮނައިސަންސް ގާބިލްކަން ބޭނުން ކުރަމުންދާ ކަމަށް ވެސް އިނގިރޭސިވިލާތުން ވަނީ ބުނެފައެެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް