Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޕޯޓޯ ބަލިކޮށް ބާސެލޯނާ އަށް ދެ ވަނަ މޮޅު

މޮޅާއެކު މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން ބާސެލޯނާ އޮތީ އެއް ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 00:31
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޕޯޓޯ ބަލިކޮށް ބާސެލޯނާ އިން އެ ޓީމުގެ ފޯމު ދަމަހައްޓައިފި އެވެ.

ބުދަ ދުވަހުގެ ރޭ ޕޯޓޯގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރިއިރު، ދެ ޓީމުން ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ނަމަވެސް ބާސެލޯނާ އިން ވަނީ 1-0 އިން ޕޯޓޯގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ސީޒަންގައި މެންޗެސްޓަރ ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އިލްކާއީ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ފެރާން ޓޮރޭސް އެވެ.

ދެ ވަނަ ހާފުގައި ޕޯޓޯ އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވެސް ފުރުސަތު ލިބިފަ އެވެ. އެ ޓީމުގެ ޕެޕޭ އަދި މެހްދީ ތެރަމީ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭކާރުވެފަ އެވެ. އަނެއްކޮޅުން ބާސެލޯނާ އަށް ވަނީ ލީޑު ފުޅާ ކުރުމަށް ފުރުސަތު ލިބިފަ އެވެ. އެ ޓީމަށް ކުޅެމުން އަންނަ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އަދި ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ޔާއޯ ކަންސޭލޯ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.

މޮޅާއެކު މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން ބާސެލޯނާ އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކު ޕޯޓޯ އެވެ. ތިން ވަނައިގައި އޮތް ޝަޚްތަރް ޑޮނެސްކަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. އެހެން ނަމަވެސް ލަނޑުގެ ގޮތުން ކުރި ހޯދަނީ ޕޯޓޯ އެވެ. ޕޮއިންޓެއް ނުލިބި މި ގްރޫޕްގެ ފުލުގައި އޮތީ ރޯޔަލް އެންޓްވާޕް އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕޯޓޯބާސެލޯނާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު