Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ނިއުކާސަލް އަތުން ޕީއެސްޖީ އަށް ލަދުވެތި ބައްޔެއް

މޮޅާއެކު ނިއުކާސަލް ވަނީ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 00:25
މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއުކާސަލްގެ ކުޅުންތެރިން އުފާ ފާޅު ކުރާއިރު، ޕީއެސްޖީގެ ތަރި އެމްބާޕޭ ދަނޑު މަތީގައި

މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއުކާސަލްގެ ކުޅުންތެރިން އުފާ ފާޅު ކުރާއިރު، ޕީއެސްޖީގެ ތަރި އެމްބާޕޭ ދަނޑު މަތީގައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ލަދުވެތި ގޮތަކަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިވެއްޖެ އެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ޕީއެސްޖީ ވަނީ މޮޅުވެފަ އެވެ. ނިއުކާސަލްގެ ފުރަތަމަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ބުދަ ދުވަހުގެ ރޭ މި ދެ ޓީމު ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗު، ނިއުކާސަލް އިން ކާމިޔާބު ކުރީ 4-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް އިން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ނިއުކާސަލް އަށް ލީޑު ނަގައިދިނީ މިހުއެލް އަލްމިރޮން އެވެ. އޭނާ އެ ލަނޑު ޖެހީ އެލެކްސެންޑާ އިސާކް ތަނަވަސްކޮށްދިން ފުރުސަަތެއްގަ އެވެ. ނިއުކާސަލްގެ ދެ ވަނަ ލަނޑު ޑިފެންޑަރު ޑެން ބާން ޖެހީ 39 ވަނަ މިނެޓުގަ އެވެ. އޭނާ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރޫނޯ ގިމާރޭސް އެވެ. ދެ ވަނަ ހާފަށް ނިކުމެ، ފަސް ވަނަ މިނެޓުގައި ނިއުކާސަލް އިން ތިން ވަނަ ލަނޑެއް ޖަހައި، މުޅި މެޗުގެ ކޮންޓްރޯލް ނެގި އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ ސީން ލޯންގްސްޓާފް އެވެ. އޭނާ އެ ލަނޑު ޖެހީ ކިއަރެން ޓްރިޕާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނިއުކާސަލް ތިން ލަނޑު ޖެހިތާ، ހަ މިނެޓު ފަހުން ޕީއެސްޖީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ ވަރެން ޒެއިރް އެމެރީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނިއުކާސަލްގެ ހަތަރު ވަނަ ލަނޑު ޑިފެންޑަރު ފަބިއަން ޝާ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގަ އެވެ.

މޮޅާއެކު ނިއުކާސަލް ވަނީ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކު ޕީއެސްޖީ އެވެ. މި ގްރޫޕްގައި ބޮރޫޝިއާ ޑޯޓްމަންޑު އަދި އޭސީ މިލާން ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. ދެ މެޗުން ދެ ޕޮއިންޓު ހޯދައިގެން މިލާން ތިން ވަނައިގައި އޮތް އިރު، ފުލުގައި އޮތް ޑޯޓްމަންޑަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުނިއުކާސަލް ޔުނައިޓެޑްޕީއެސްޖީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު