Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާޒާ މިއާ ގެސްޓްހައުސް

ޖާބިރު އަށް ކާޒާ މިއާ ހިންގަން ދޫކުރި ބިމުން ކައުންސިލަށް 2.5 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް

ކައުންސިލުން ޖާބިރުގެ ކުންފުންޏާއެކު އެއްބަސްވުން ހެދީ 10 އަހަރަށް ނަމަވެސް މިނިސްޓްރީން އެއްބަސްވުން ހެދީ 50 އަހަރަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 އޯގަސްޓު 2025 | ހޯމަ 07:12
އއ.މަތިވެރީގައި ހިންގާ ކާޒާ މިއާ ގެސްޓްހައުސް

އއ.މަތިވެރީގައި ހިންގާ ކާޒާ މިއާ ގެސްޓްހައުސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު، އަބްދުﷲ ޖާބިރުގެ ކުންފުނިން އއ. މަތިވެރީގައި ހިންގި ޓޫރިސްޓް ގެސްޓްހައުސް (ކާޒާ މިއާ)އަށް ދޫކުރި ބިމުން ރަށު ކައުންސިލަށް 2.25 މިލިއަން ރުފިޔާ ނުލިބޭ ކަމަށް ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މަތިވެރީގައި ޓޫރިސްޓް ގެސްޓްހައުސްއެއް (ކާޒާ މިއާ) ހިންގުމުގެ ގޮތުން 46،880 އަކަފޫޓުގެ ހުސް ދެ ބިމެއް 10 އަހަރު މުއްދަތަށް ކުއްޔަށް ދޫކުރުމަށް މަތިވެރި ކައުންސިލްގެ އިދާރާއާއި ހ.މާކޮށާރުގެ އަބްދުއްރައްޒާގު އަލީއާއި ދެމެދު ދެ އެއްބަސްވުމެއްގައި 2012 އަދި 2014 ވަނަ އަހަރު ސޮއިކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެފަރާތުން ކައުންސިލްގެ އިދާރާއަށް ދައްކަންޖެހޭ ކުލި ދެއްކުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން އިންވެސްޓްމަންޓް އެހެން ފަރާތަކަށް ވިއްކާލެވޭ ގޮތަށް އެއްބަސްވުންތައް އިސްލާހު ކޮށްދިނުމަށް 19 މެއި 2019 ކައުންސިލުގައި އެދެމުން ކައުންސިލްގެ އިދާރާއިން މިކަމަށް އެއްބަސްވުމާއި ގުޅިގެން އަބްދުއްރައްޒާގުގެ އިންވެސްޓްމަންޓް ވަނީ 3 އޯގަސްޓް 2019 ގައި ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލާފައެވެ. އަދި މި ބިންތައް ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ އިދާރާ ރިޗް ކްލަބް މޯލްޑިވްސްއާއެކު އެއްބަސްވުމުގައި 8 އޯގަސްޓް 2019 ގައި ވަނީ ސޮއިކޮށްފައެވެ. ނަމަވެސް މި އެއްބަސްވުން ބާތިލުނުކޮށް ޓޫރިޒަމް މިނިސްޓްރީން މި ދެ ބިން ކުއްޔަށް ދޫކުރުމަށް ދެ އެއްބަސްވުމެއްގައި މިނިސްޓްރީއާއި، ރިޗް ކްލަބް މޯލްޑިވްސްއާއެކު 29 ސެޕްޓެންބަރު 2019 ގައި ސޮއިކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ޚިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ، އެކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި ހޯދަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް އޮޑިޓުގައި ބުނެފައިވަނީ ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެ ގަވާއިދުގެ 5.26 ވަނަ މާއްދާގެ (ހ) ގައި އަބްދުއްރައްޒާގަށް މި ދެބިން ކުއްޔަށް ދީފައިވާ މުއްދަތަށް 2012ން ސެޕްޓެންބަރު 2019ގެ ނިޔަލަށް ކައުންސިލަށް ބިމުގެ ކުއްޔާއި، ޖޫރިމަނާ އަދި ސީއެސްއާރުގެ ގޮތުގައި ދެ މިލިއަން ހަ ލައްކަ ހަތްދިހަ ނުވަހާސް ދުއިސައްތަ އަށްޑިހަ އަށް ރުފިޔާގެ ތެރެއިން އޮޑިޓް ކުރި ތާރީހު 24 ފެބްރުއަރީ 2025ގެ ނިޔަލަށް ދައްކާފައިވަނީ އަށް ލައްކަ ރުފިޔާ ކަމަށެވެ.

އެގޮތުން ބިމުގެ ކުއްޔާއި ޖޫރިމަނާ އަދި ސީއެސްއާރުގެ ގޮތުގައި އަބްދުއްރައްޒާގު ނުދައްކާ ހުރި އެއް މިލިއަން އަށް ލައްކަ ހަތްދިހަ ނުވަހާސް ދުއިސައްތަ އަށްޑިހަ އަށް ރުފިޔާއާއި ޓޫރިޒަމް މިނިސްޓްރީއަށް މިދެ އެއްބަސްވުން ބަދަލުކުރުމަށްފަހު އެ އެއްބަސްވުންތަކުގެ ދަށުން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތް ކަމުގައިވާ ރިޗް ކްލަބް މޯލްޑިވްސް އިން ސީއެސްއާރުގެ ގޮތުގައި ކައުންސިލްގެ އިދާރާ 31 ޑިސެންބަރު 2024 ގެ ނިޔަލަށް ދައްކަންޖެހޭ ތިން ލައްކަ ފަސްދޮޅަސް ނުވަ ހާސް ރުފިޔާއާއެކު ޖުމްލަ ދެ މިލިއަން ދެ ލައްކަ ސާޅީސް އަށް ހާސް ދުއިސައްތަ އަށްޑިހަ އަށެއް ރުފިޔާ ލިބިފައިނުވާ ކަމަށެވެ.

އޮޑިޓުގައިވާ ގޮތުން ކައުންސިލުން ޖާބިރުގެ ކުންފުންޏާއެކު އެއްބަސްވުން ހެދީ 10 އަހަރަށް ނަމަވެސް މިނިސްޓްރީން އެއްބަސްވުން ހެދީ 50 އަހަރަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މިފައިސާތައް ހޯދުމަށް މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ކައުންސިލްގެ އިދާރާއިން ވެސް އަޅާފައިނުވާ ކަަމަށެވެ.

މީގެ އިތުރުން ރިޕޯޓުގައި ބުނީ، ގެސްޓްހައުސް ތަރައްގީ ކުރުމަށް ބިން ކުއްޔަށް ދިނުމުގައި ކައުންސިލުން ފުރިހަމަ ކުރަންޖެހޭ އިޖުރާތުތައް ފުރިހަމަކޮށްފައި ނުވުމާއި، ދެބިމުގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރުމުގައި ކައުންސިލްއާ ދެމެދު ހަދަންޖެހޭ އެއްބަސްވުން ހަދާފައިނުވާ ކަަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރިގެ ދަށަށް ދެ އެއްބަސްވުން ބަދަލުކުރުމުގެ ސަބަބުން ކައުންސިލަށް 797،104 ރުފިޔާގެ ގެއްލުން ވެފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން ޖާބިރު ހޯދަނީ

ފުލުހުން ޖާބިރު ހޯދަނީ

27 އެޕްރީލު 2017
ޖާބިރު އަތުން ނަގާފައިވާ ދެ މިލިއަން ރުފިޔާ ހޯދަން މެމްބަރު ޔާމިނަށް އަންގައިފި

ޖާބިރު އަތުން ނަގާފައިވާ ދެ މިލިއަން ރުފިޔާ ހޯދަން މެމްބަރު ޔާމިނަށް އަންގައިފި

26 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު

ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު

20 އެޕްރީލު 2017
ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖައްސައިފި

ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖައްސައިފި

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު