Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ޓީމް ވަރލްޑްކަޕް ކޮލިފައިންގ އަށް

މާޒިޔާގެ އެގާރައިގަ ޤައުމީ ޓީމްގެ ކުޅުންތެރިން ނުކުޅުނަސް އެކުޅުންތެރިންނަށް އިތުބާރު އެބައޮތް- ސުޒޭން

ބަނގްލަދޭޝްއާ ދެކޮޅަށް ނިކުންނާނީ މިމަހުގެ 12 ގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 3 އޮކްޓޯބަރު 2023 | އަންގާރަ 12:38
ސާފްޗެމްޕިއަންޝިޕްގައި ރައްޖެއާއި ބަނގްލަދޭޝް ވާދަކުރަނީ: ފޮޓޯ-އެފްއޭއެމް

ސާފްޗެމްޕިއަންޝިޕްގައި ރައްޖެއާއި ބަނގްލަދޭޝް ވާދަކުރަނީ: ފޮޓޯ-އެފްއޭއެމް

ޤައުމީ ޓީމްގެ ކުޅުންތެރިންނަށް މާޒިޔާގެ އެގާރައިން ޖާގަ ނުލިބުނަސް އެ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ޤައުމީ ޓީމްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ޤައުމީ ޓީމްގެ ކޯޗު ސުޒޭން މިމޭރުމުން ވާހަކަދެއްކީ އޭއެފްސީ ކަޕްގައި މާޒިޔާއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ޤައުމީ ޓީމްގެ ފުރަތަމަ އެގާރައިގަ ކުޅޭ މުހިއްމު ކުޅުންތެރިންނަށް ފުރުޞަތު ނިލިބޭތީއެވެ. އަދި ފުރުޞަތު ލިބުނު ކުޅުންތެރިންނަށް ލިބުނު ފުރުޞަތު ކުޑަވުމުން އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ.

އިންޑިޔާގެ މޯހަން ބަގާން އަތުން މާޒިޔާ ފަހުވަގުތު ބަލިވި މެޗުގައި ޤައުމީ ޓީމްގެ އެއްވެސް ޑިފެންޑަރަކަށް ޖާގައެއް ނުދެއެވެ. ކެޕްޓަން ސަމޫހުއާއި, ހުސައިން ޝިފާއު ޔޫސުފްއާއި, އަހުމަދު ނޫމާންއަށް މެޗުގެ އެއްވެސް ހިސާބަކުން ފުރުޞަތެއް ނުދެއެވެ. ނަމަވެސް ހައިޝަމް ދެވަނަ ހާފްގެ ފަހުބައިގަ ކުޅެން ނިކުތެވެ. ކެޕްޓަން ސަމޫހު ބެންޗުގައި އިނަސް ފުރުޞަތު ނުލިބުނީ މުޅިން ފިޓްނުވާތީ ކަމަށް މައުލޫމާތު ލިބެއެވެ. މިޑްފީލްޑަރ އިރްފާންއާއި, ފޯވާޑް އަލީ ފާސިރުވެސް ކުޅެން ނިކުތީ ދެވަނަ ހާފްގައެވެ. އެކުޅުންތެރިންނަށް ފުރުޞަތު ނުލިބެނީ ސްކޮޑް ވަރުގަދަ ކުރަން ބިދޭސީ ހަ ކުޅުންތެރިން މާޒިޔާއިން ގެނެސްފައި ވުމުންނެވެ.

ޤައުމީ ކޯޗު އަލީ ސުޒޭން ބުނީ ކުޅުންތެރިންނަށް ކްލަބްގައި އެކަށީގެންވާ ފުރުޞަތު ނުލިބުމަކީ މެޗު ފިޓްނަސްއާއި, ކުޅުންތެރިޔާގެ އިތުބާރަށްވެސް އަސަރުކުރާނެ ކަމެއް ކަމަށާއި, އޭނާގެ ވިސްނުން ހުރީ ނެގެޓިވް ކަންތައްތަކަށް ވިސްނުމަށްވުރެ ޕޮޒިޓިވް ކަންކަން ނަގައިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

ވަކިވަކި ކުޅުންތެރިންގެ ތެރެއިން އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ނާއިޒު ހަސަން (ދާދު) އާއި އިރުފާންގެ އިތުރުން މިޑްފީލްޑަރ އައިސަމްގެ ފަރާތުންވެސް ރަނގަޅު ގިނަ ކަންތައްތަކެއް ފެނުނުކަން ކޯޗު ސުޒޭން ފާހަގަކުރިއެވެ. ރާއްޖޭގެ ޤައުމީ ޓީމަށް ކުރިއަށް އޮތީ ވަރލްޑް ކަޕް ކޮލިފައިންގައި ބަނގްލަދޭޝްއާ ދެކޮޅަށް ގަލޮޅު ރަސްމީ ދަނޑުގައި ކުޅޭ މެޗެވެ. މިމަހުގެ 12 ވަނަ ދުވަހު ކުޅޭ ފުރަތަމަ ލެގުން ރަނގަޅު ކާމިޔާބީއެއް ހޯދޭނެކަމަށް ސުޒޭން ބުންޏެވެ. މެޗަށް ނިކުންނައިރު އޮތް ހަމައެކަނި ޗެލެންޖެއްކަމަށް ކޯޗު ދެކެނީ މުޅި ޓީމް އެކުގައި ޕްރެކްޓިސްކޮށް ޓީމް އެކުލަވާލަން ލިބޭ ދުވަސް މަދުވުމެވެ. އޭއެފްސީ ކަޕް މެޗަށްފަހު މާޒިޔާ އެނބުރި އައިސް ޤައުމީ ޓީމް މެޗާ ދެމެދު ލިބޭނީ ހަ ދުވަހެވެ.

ރާއްޖެ ބަނގްލަދޭޝްއާ ދެކޮޅަށް އެންމެ ފަހުން ނިކުތީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައެވެ. އެމެޗުން ރާއްޖެ ވަނީ 3-1 ން ބަލިވެފައެވެ.

ގައުމީ ހޭންޑްބޯލް ޓީމުއަލީ ސުޒޭން

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު