Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވަޓްސްއެޕް މެސެޖަކުން ހަނގުރާމަށް ދިއުން

ވަޓްސްއެޕް މެސެޖަކުން ހަނގުރާމައިގެ މައިދާނަށް؟

ޖޫން މަހުން ފެށިގެން މިހާތަނަށް އެކަނިވެސް، ރަޝިއާގެ ހަނގުރާމައަށް ކިއުބާއިން، 100 އެއްހާ ފިރިހެނުން ރެކްރޫޓު ކޮށްފައި ވާ ކަން ވަނީ ހާމަވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2023 | އަންގާރަ 08:40
ވަޓްސްއެޕް މެސެޖަކުން ހަނގުރާމައިގެ މައިދާނަށް

ވަޓްސްއެޕް މެސެޖަކުން ހަނގުރާމައިގެ މައިދާނަށް

ކިއުބާއަށް އުފަން ޔަމީދެލީ ސަރްވަންތޭޒްއަކީ ފެހުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ. އެތައް އަހަރަކަށް ފަހު ފުރަތަމަ އަހަރަށް އޭނާ ފަހާ ފޮއްޓެއް ގަތީ ދާދި މިދާކަށް ދުވަހުއެވެ. މި ފަހުން އޭނާ ވަނީ ފުރިޖަކާއި ސެލްފޯނެއްވެސް ގަނެފައެވެ. މި ހުރިހާ މުދަލެއްވެސް ގަތީ ރަޝިއާ ފައިސާއަށެވެ.

ޔަމިދެލީ ކިޔައިދިން ގޮތުގައި ޖުލައި 19 ވަނަ ދުވަހަކީ، އެ މީހުން ދިރިއުޅެމުން ދިޔަ ގެ ދޫކޮށް، އޭނާގެ ފިރިމީހާ ނުކުތް ދުވަހެވެ. ގާ އެޅުމުގެ މަސައްކަތުގައި، އަތްމަތި ދަތި ދިރިއުޅުމެއް އުޅެމުން ދިޔަ، ޢުމުރުން 49 އަހަރުގެ އެންރީކޭ ގޮންޒާލީޒް އެ ގެއިން ނުކުތީ، ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމާގައި، ރަޝިއާގެ އަސްކަރިއްޔާއަށް ހަނގުރާމަ ކޮށްދިނުމަށެވެ. ގެ ދޫކޮށް ދިޔަތާ ދުވަސްތަކެއް ފަހުން، އެންރީކޭ، އޭނާގެ އަނބިމީހާއަށް ފައިސާ ފޮނުވަން ފެށިއެވެ. ރަޝިއާއަށް ހަނގުރާމަ ކޮށްދިނުމަށް އެއްބަސްވެ ސޮއި ކުރުމާއެކު އެންރީކޭއަށް ދިން ބޯނަހުގެ ބައެއް ޔަމިދެލީއަށް ފޮނުވިއެވެ. އެއީ ގާތްގަނޑަކަށް 2 ލައްކަ ރަޝިއަން ރޫބަލްސް ނުވަތަ 2040 އަކަށް އެމެރިކާ ޑޮލަރެވެ. ޔަމިދެލީއަށް އެ ފައިސާ ލިބުނީ ކިއުބަން ޕެސޯޒް ނުވަތަ ކިއުބާ ފައިސާއިންނެވެ.

ކިއުބާގެ ޤައުމީ ތަފާސް ހިސާބުތަކާ ބެހޭ އިދާރާގެ ރެކޯޑްތަކަށް ބަލާއިރު، އެއީ ދަޢުލަތަށް ޚިދުމަތް ކުރާ މީހަކަށް މަހެއްގެ މައްޗަށް ލިބޭ އެވަރޭޖު މުސާރަ ކަމަށް 4209 ޕޭސޯޒް ނުވަތަ 17 ޑޮލަރަށް ވުރެ 100 ގުނައަށް ވުރެވެސް އިތުރު މިންވަރެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ރޮއިޓަރޒްއިން ވަނީ ކިއުބާގެ ވެރިކަން ކުރާ ހަވާނާއާއި ހަވާނާ ވަށައިގެން ވާ ސަރަޙައްދުތަކުން، ރަޝިއާއަށް ހަނގުރާމަ ކޮށްދޭނެ މީހުން ރެކްރޫޓު ކުރި ގޮތުގެ ވާހަކަތައް ހޯދާފައެވެ.

ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމައިގެ ތެރޭގައި، ރަޝިއާގެ އަސްކަރިއްޔާއަށް ހަނގުރާމަ ކޮށްދިނުމަށް ކިއުބާގެ ރައްޔިތުން ރެކްރޫޓޫ ކުރަމުން ދާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ކުރި ސުވާލުތަކަށް، ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިންގެ ސަރުކާރާއި ދިފާޢީ ވުޒާރާއިން އިޖާބަ ދީފައެއް ނުވެއެވެ. ކިއުބާގެ ސަރުކާރުގެ ޢަމަލުތައްވެސް ހުރީ ހަމަ އެގޮތަށެވެ.

ކިއުބާގެ ރައްޔިތުން، ރަޝިއާގެ އަސްކަރިއްޔާއަށް ޚިދުމަތް ކުރަމުން ދާ ކަމުގެ ވާހަކަތައް ޚަބަރު ސުރުޚީއަށް އަރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ރަޝިއާއަށް އެއްބާރުލުން ދިނުމުގައި ގިނަ ދުވަސްވަންދެން ދެމި އޮތް ކިއުބާގެ ސަރުކާރުން، އެ ކަމާ ގުޅޭ ވާހަކަތަކެއް ދައްކަން ފެށުމާއެކުގައެވެ. ކިއުބާގެ ސަރުކާރުން ބުނަމުން ދިޔައީ ކިއުބަކީއަކީ ޔޫކްރައިންގައި ކުރާ ހަނގުރާމައިގެ ބައިވެރިއެއް ނޫން ކަމަށެވެ. އަދި ރަޝިއާގެ އަސްކަރިއްޔާއަށް ހަނގުރާމަ ކޮށްދިނުމަށް، އިންސާނީ ވަގުފާރީގެ އުސޫލުން ކިއުބާގެ ރައްޔިތުން ރެކްރޫޓު ކުރަމުން ދިޔަ ނެޓްވޯކްއަކާ ގުޅުން ހުރި 17 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް އެކަމުގެ ޙަޤީޤަތް ކަށަވަރު ކުރެވިފައި ނުވާކަމަށް ރޮއިޓަރޒްއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ރޮއިޓަރޒްއިން ހޯދި ހޯދުންތަކުން އެނގެން އޮތް ގޮތުގައި، ރަޝިއާގެ އަސްކަރިއްޔާއަށް ހަނގުރާމަ ކޮށްދިނުމަށް ކިއުބާއިން ނުކުތް ރެކްރޫޓުންނަކީ، އެކަމަށް މީހުން ރެކްރޫޓު ކުރުމަށް "ޑަޔާނާގެ"ގެ ނަމުގައި ހިންގާ އެކައުންޓަކުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ހުށަހެޅި ހުޅަހެޅުންތަކެއްގެ ސަބަބުން، އަމިއްލއަށް އެކަމަށް ވޮލަންޓިއަރ ކުރި މީހުންނެވެ. ބައެއް މީހުންނަކީ ސީދާ ހަނގުރާމައިގެ ފައުޖުތަކާ ގުޅުމަށް ސޮއި ކުރި މީހުން ކަމަށް ވާ އިރު، އަނެއް ބައި މީހުންނަކީ، ކޮންސްޓްރަކްޝަން މަސައްކަތާއި، އެހީގެ ސާމާނު ބަންދު ކުރުމާއި ލޮޖިސްޓިކްސްގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮއި ކުރި މީހުންނެވެ.

ނިމިގެން މިދާ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން ވަނީ، ރަޝިއާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ބިދޭސީންނަށް ހުރި މަންފާތަކުގެ ވާހަކަ ހިއްސާ ކުރައްވާފައެވެ. އެގޮތުން އަހަރު ދުވަހުގެ ކޮންޓްރެކްޓްގައި ރަޝިއާގެ އަސްކަރިއްޔާއަށް ޚިދުމަތް ކުރާ ބިދޭސީންނަށް، ރަޝިއާގެ ރަށްވެހިކަން ހޯދުމުގެ ދުވެލި އަވަސް ކޮށްދެއްވާނެ ކަމަށާ، އެ ސްކީމްގައި އެމީހުންގެ ހަޔާތުގެ ބައިވެރިންނާއި، ދަރިންނާއި މައިންބަފައިންވެސް ބައިވެރި ކުރެވޭ ގޮތަށް އޮތީ ހަމަޖައްސާފައެވެ.

ޢުމުރުން އެންމެ 23 އަހަރުގެ ޖޮއާން ވިއޯންޑީ ކިޔައިން ގޮތުގައި ޖޫން މަހުން ފެށިގެން މިހާތަނަށް އެކަނިވެސް، ރަޝިއާގެ ހަނގުރާމައަށް ކިއުބާއިން، 100 އެއްހާ ފިރިހެނުން ރެކްރޫޓު ކޮށްފައި ވާ ކަން އޭނާއަށް އެނގެއެވެ.  

ޖޮއާން ކިޔައިދިން ގޮތުގައި ޑަޔާނާއާއި އޭނާ ގުޅުވައިދިނުމަށްޓަކައި، ވަޓްސްއެޕް ނަމްބަރެއް އޭނާއަށް ދިއްކޮށްލީ އެކުވެރިއެކެވެ. ޑަޔާނާއަކީ ކިއުބާއަށް ނިސްބަތްވާ އަންހެނެކެވެ. ރެކްރޫޓުންނަށް ޓިކެޓް ގަނެދޭ މީހަކީވެސް އެއީއެވެ. ގިނަ ރެކްރޫޓުންގެ ވާހަކަތަށް ބަލާއިރު، ޑަޔާނާއަކީ މުހިންމު ބައިވެރިއެއްކަން ހާމަ ވާ ކަމަށް ރޮއިޓަރޒްއިން ފާހަގަ ކުރެއެވެ. އެންމެ ފަހު ވަޤުތު ދެފައި ފިނިވެ، ޖެހިލުންވެ، ބިރުގަނެގެން، ޖޮއާން ޔޫކްރައިންއަށް ނުފުރާ މަޑު ކުރީއެވެ. އަދި ޖޮއާން މުޅިން ގުޅުންތައް ކަނޑާލިއެވެ.

ޖޮއާންއާއި އެނޫންވެސް އެހެން ރެކްރޫޓުން ހިއްސާކުރި ނަމްބަރު މެދުވެރިކޮށް ޑަޔާނާއާ ގުޅޭ ގޮތް ވެފައި ނުވާ ކަމަށް ރޮއިޓަރޒްއިން ވަނީ ރިޕޯޓް ކޮށްފައިވެއެވެ. ނުވިތާކަށް، ޑަޔާނާގެ ފުރިހަމަ ނަވްެސް އަދި ކަށަވަރު ވާ ގޮތެއް ނުވެއެވެ.

ކޮއުބާއަކީ މި ފަހުގެ ތާރީޚުގައި އެ ޤައުމުގެ ތާރީޚު ނުދެކޭ ފަދަ އިޤްތިޞާދީ ކާރިޘީ އަނދަވަޅަށް ވެއްޓިފައި އޮތް ޤައުމެކެވެ. އަސާސީ އަދު ޛަރޫރީ ޚިދުމަތްތައް ހޯދުމަށްވެސް ދިގު ސަފުތައް ދަމާލާ ޤައުމެކެވެ. ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ފަހު ކޮޅު، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ކިއުބާ ދޫކޮށް، ލެޓިން އެމެރިކާއާއޮ ވިލާތުގެ ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ.

ވަޓްސްއެޕްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

12 ނޮވެމްބަރު 2025
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު