Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނޫސްވެރިންނަށް ހުރަސްއެޅުން

އަދި ހުވައެއް ނުކުރައްވާ، ބޭއްވި ފުރަތަމަ ހަރަކާތުންވެސް ނޫސްވެރިން ޖެއްސީ ފަހަތަށް

ޔާމީން ގެކޮޅަށް ބަދަލުކުރީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2023 | އާދީއްތަ 16:54
ޔާމީން ގެކޮޅަށް ބަދަލުކުރެއްވީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތު

ޔާމީން ގެކޮޅަށް ބަދަލުކުރެއްވީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރި ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއާއެކު ސެޕްޓެންބަރު މަހުގެ 30 ވީ ހޮނިހިރު ދުވަހުގެ ރޭ އަދި އާދިއްތަ ދުވަސްވެސް ނިމިގެންދިޔައީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނަށް އުފާފާޅުކުރުމުގެ އެކި ހަރަކާތްތަކާއެކުއެވެ. މި ހަރަކާތްތަކަށް އިތުރު ފޯރިއާއިޖޯޝު ގެނުވީ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅަށް ބަދަލުކުރުމުންނެވެ.

އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ޔާމީން ގެކޮޅަށް ބަދަލުކުރަން ނިންމުމުން، ގިނަ އަދަދެއްގެ ބަޔަކު ވަނީ ހ. ދޫވެހި ސަރަހައްދަށް އެއްވެފައެވެ. އެ ސަރަހައްދުން ފަށައިގެން އަލިމަސް ކާނިވަލާ ހަމައަށް އަދި ލޮނުޒިޔާރަތް ޕާކުގެ ސެނަހިޔަ ހޮސްޕިޓަލާ ހަމައަށް މީހުން ސަފުހަދައިގެން ތިއްބެވެ. އަދި ޔާމީނާ ސަލާމްކުރަން ގިނަ ބަޔަކު އެއްފަހަރާ މަސައްކަތްކުރުމުގެ ސަބަބުން އެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. ގިނަ ދުވަސްތަކަށްފަހު ޔާމީން ގެއަށް ބަދަލުކުރަން ނިންމުމުން ޔާމީންދެކެ ލޯބިވާ ރައްޔިތުން އެމަނިކުފާނު ހަމަލޮލުން ބަލާލައި، ސަލާމްކޮށްލަން ބޭނުންވާނެއެވެ.

އިންތިޚާބުގެ ކާމިޔާބީއަށްފަހު ޕީޕީއެމް/ޕީއެންސީ އެއްވި އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އެއްވުމަށް މި އެއްވުންވާނެއެވެ. އެހެންކަމުން ގިނަ އަދަދެއްގެ މީޑިއާތަކުންވެސް މި ހަރަކާތް ކަވަރުކުރުމަށް މެންދުރުފަހު 3:00ހާއިރު އެސަރަހައްދަށް ދިޔައެވެ. އޭރު އެސަރަހައްދު އޮތީ ވަރަށް އަމާންކޮށެވެ. ދެފަޅީގައި މީހުންތައް ސަފުތައް ހަދައިގެން ތިއްބެއެވެ. ވީޑިއޯ ކުރުމަށާއި، ފޮޓޯ ނެގުމަށްވެސް ފުރުސަތު ލިބުނެވެ. ހަވީރު 4:00ހާއިރު އެސަރަހައްދަށް އިންތިޚާބީ ރައީސް މުއިއްޒު ވަޑައިގަތެވެ. އެމަނިކުފާނު ވަޑައިގަތުމުން ނޫސްވެރިން އެސަރަހައްދަށް ގޮސް، އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ނޫސްވެރިންނަށް ވަގުތު ދެއްވައި، ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބު ދެއްވިއެވެ. އެމަނިކުފާނުގެ އިންޓަވިއު ރަނގަޅަށް ނުނިމެނީސް، ބޮޑު ސްޕީކަރުން ޔާމީން ވަޑައިގަންނަވާކަން އިއުލާންކުރުމަށްފަހު ނޫސްވެރިން ފަހަތަށް ޖެއްސުމަށް ގޮވާލިއެވެ. އެއާއެކު މުއިއްޒުވެސް އިންޓަވިއު ނިންމަވާލެއްވިއެވެ.

އެސަރަހައްދުން އެއްއަރިއަށް ނޫސްވެރިން ޖެހުމުންވެސް ފުލުހުން އައިސް އެންގީ ބެރިކޭޑުގެ ފަހަތަށް ދިއުމަށެވެ. އާއްމުންގެ ތެރެއަށެވެ. ފެނުނު މަންޒަރުތަކުން ބައެއް މީޑިއާތަކަށް ވަރަށް ފުރިހަމައަށް ކަވަރު ކުރުމަށް ފުލުހުން ފުރުސަތު ދިނެވެ. ފުލުހުންގެ ހިމާޔަތުގެ ދަށުން މަންޒަރުތައް ނެގުމަށް ފުރުސަތު ދިން ބައެއް މީޑިއާތަކަކީ ޕީޕީއެމް/ޕީއެންސީ ޕްރޮމޯޓްކުރާ ބައެއް މީޑީއާތަކެވެ.

ގިނަ މީޑީއާތައް ބެރިކޭޓް ފަހަތަށް ޖައްސައި، ފުލުހުންގެ ސަފު އަތުރާލިއެވެ. ފަހަތުގައި ތިބި އާއްމުންގެ މީހުން ނޫސްވެރިންނާއި، ފޮޓޯ ގްރާފަރުންނާއި، ކެމެރާމަނުން ކޮއްޕައި ފިއްތަނީއެވެ. ކުރިމަތީގައި ހުރީ ބެރިކޭޑް ބަހައްޓާފައެވެ. އޭގެ ފަހަތުގައި ފުލުސް މީހާ ހުރީ އަދިވެސް ފަހަތަށް ޖެހުމަށް އަމުރު ހިންގުމުގައެވެ. ނަމަވެސް ހުރިތަނުން އެހެން ދިމާއަކަށް ބޯ އަނބުރާލަން ވެސް ޖާގައެއް ނެތެވެ. މިފަދަ ހާލަތެއްގައިވެސް ކެމެރާމަނުންނާއި، ނޫސްވެރިން އަދި ފޮޓޯގްރާފަރުން މަސައްކަތް ކުރަމުން ދިޔައީ ބެލުންތެރިންނާ ހަމައަށް އެ މައުލޫމާތުތަކާއި މަންޒަރުތައް ގެނެސްދިނުމަށެވެ. ފޮޓޯތަކާއި ވީޑިއޯތައް ނެގުމަށެވެ.

މި ހަރަކާތުގައި އެންމެ މުހިންމު މަންޒަރަކީ ޔާމީން ވަޑައިގަންނަވާ މަންޒަރެވެ. ނަމަވެސް މިމަންޒަރު ރީތިކޮށް ކަވަރުކޮށްލުމުގެ ފުރުސަތު ގިނަ މީޑިއާތަކަށް ނުލިބުމަކީ ވަރަށް ދެރަކަމެކެވެ. މީގެ އިތުރުން އެސަރަހައްދުގައި ތިބި ބައެއް އާއްމުން ވަނީ ބައެއް މީޑީއާތަކަށް ފުރައްސާރަކޮށް މަލާމާތްވެސް ކޮށްފައެވެ. މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިން ސިޔާސީ މީހުންގެ ގޮތުގައި ލޭބަލްކޮށް، ހަޑިހުތުރު ބަސްތައް ގޮވުމުން އެމީހުންގެ އަޚުލާގީ ފެންވަރު ހާމަވެއެއްނުންތޯއެވެ. މި ހުރިހާ ދުވަހު އެމީހުންގެ އަޑުވެސް އާއްމު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ބުރަ މަސައްކަތްތައް ކުރީ މީޑިއާއިންކަން ހަނދާން ނެތްކަހަލައެވެ.

އިންތިޚާބުގެ ކުރިން މި މީހުން އެއްވެ ބޭއްވި މުޒާހަރާތަކުގައި ގޮވަމުން ދިޔައީ ޑިމޮކްރަސީގެ ރީތި މިސާލު ދެއްކުމަށެވެ. ދީނާއި ގައުމު އިސްކޮށް، މީޑިއާތަކަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް އިންތިޚާބުގެ މޮޅާއެކު ބޭއްވި ފުރަތަމަ ހަރަކާތުންވެސް ފެނިގެންދިޔައީ މީޑިއާތަކާމެދު ބޭއްވި ހަރުކަށިކަމާއި ތަފާތު ކުރުންތަކެވެ. ފުލުހުންގެ ރުންކުރުކަމާއި އެމީހުންގެ ބާރެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ނޫސްވެރިންނަށް ވަނީ ފުރިހަމަ މިނިވަންކަން ދީފައެވެ. ބާއްވާ ބޮޑެތި ހަރަކާތްތައް ކަވަރުކުރުމަށް ފުލުހުންގެ ހިމާޔަތާއެކު ހުރިހާ ނޫސްވެރިންނަށް އެފުރުސަތު ލިބެއެވެ. މި ހަރަކާތުން އެކަނިވެސް ތަފާތު މި ވަނީ ފެނިގެން ގޮސްފައެވެ. އަދި އިންތިޚާބީ ރައީސް ހުވައެއް ނުކުރައްވައެވެ. މިހާ އަވަހަށް ބޮޑާކަމާއި ކިބުރުވެރިކަން ދެއްކުމުން، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ހިނގާނެ ގޮތް ރައްޔިތުން ހިތަށް ތަސައްވުރު ކުރާށެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

15 ފެބުރުއަރީ 2018
ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

11 ޖެނުއަރީ 2018
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

12 ޖުލައި 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު