Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސް ޞާލިޙު: ޙިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު ސިޔާސީ މަސްރަހު ބަދަލުކޮށްލެއްވި ލީޑަރު!

ޤައުމުގައި ހަމަޖެހުމާއި، އަމާންކަމާއި، ސުލްހަ މަސަލަސްކަން ޤާއިމު ކޮށްދެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2023 | އާދީއްތަ 09:29
އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް ޞާލިޙު

އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް ޞާލިޙު

ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ، އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ތަޖުރިބާ ބޮޑު އެއް ބޭފުޅާ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 25 އަހަރު ދުވަހު ހޭދަކުރެއްވުމަށްފަހު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވީ، ބިރުވެެރިކަމާއި، ނާމާންކަމުގެ ތެރެއިންނެވެ. އެމަނިކުފާނު ރާއްޖޭގެ ރައީސުމްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވީ ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތަކުންނެވެ.

ރައީސް ޞާލިޙު އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅު ފެއްޓެވީ 1994 ވަނަ އަހަރު އެވެ. އޭގެ ފަހުން، މި ފާއިތުވި މުއްދަތުގައި އެމަނިކުފާނު ވަނީ ސިޔާސީ މައިދާނުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ރާއްޖެ އަށް ޑިކޮމްރަސީގެ ހެޔޮ ބަދަލު ގެނައުމުގައި ވެސް ރައީސް ޞާލިޙުގެ ދައުރު ބޮޑެވެ. އުމުރުފުޅުން 31 އަހަރުގައި ރައްޔިތުންގެ މަޖިލީހުގެ ޅ.އަތޮޅުގެ ގޮނޑި ކާމިޔާބު ކުރެއްވި ފަހުން، އެމަނިކުފާނުގެ ސިޔާސީ ދިގު ދަތުރުގައި ވަނީ އެތައް ގުނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެ ދުވަހު ފެއްޓެވި މަސައްކަތްޕުޅުން ފެށިގެން މިއަދާ ހަމައަށް އައިއިރު، ރާއްޖޭގައި ހުރި ސިޔާސީ އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅަކީ ރައީސް ޞާލިޙު އެވެ. އެ ދަތުރު އެމަނިކުފާނު ކުރެއްވީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އުސޫލުތަކާއި، އަސާސްތަކުގެ މަތިންނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގެ މަގާމުން ފެއްޓެވި ދަތުރުން، ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި އެވެ.

ރައީސުލްޖުމްޙޫރިއްޔާގެ މަގާމަށް ވަޑައިގަތުމަށް ވެސް ކުރައްވަން ޖެހިވަޑައިގެންނެވި ދަތި މަސައްކަތްޕުޅެކެވެ. އޭރު، ރާއްޖޭގައި އޮތް އަނިޔާވެރިކަމާއި، ބިރުވެރިކަމާ ދެކޮޅަށް ފާޅުގައި ނުކުންނެވީ ރައީސް ޞާލިޙު އެވެ. ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުންތައް ޖަލުގެ ތޭރިތަކުގެ ތެރޭގައި ތިބެން ޖެހުނުއިރު، އެ އެންމެންގެ ހައްގުގައި ނުކުންނެވި އެއް ބޭފުޅަކީ ރައީސް ޞާލިޙު އެވެ. އެ ޙާލަތު ބަދަލުކުރުމަށް، އޭރު މަޑުޖެހިފައި އޮތް އިދިކޮޅު ނަގައި ކޮޅަށް ޖެއްސެވި އެއް ބޭފުޅަކީ ވެސް ރައީސް ޞާލިޙު އެވެ. އެތައް ގޮންޖެހުންތަކާއި، ބިރުވެރިކަމެއްގެ ތެރެއިން އެމަނިކުފާނު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެވެ.

ވެރިކަމުގައި ރައީސް ޞާލިޙު ހޭދަކުރެއްވި ފަސް އަަހަރަކީ، ދަތި އުނދަގޫ ފަސް އަހަރެވެ. ވެރިކަމަށް ދެ އަހަރު ނުވަނީސް، ކޯވިޑް-19 ގެ އާލަމީ ވަބާ ޤައުމަށް ކުރިމަތިވި އެވެ. އެ އަނދަވަޅުގެ ތެރޭގައި، ޤައުމުގެ އިޤްތިސާދު މުޅިން ހުއްޓުމަކަށް އައެވެ. ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ރައީސް ޞާލިޙުގެ ވާދަވެރިން ދިޔައީ "ތަސްބީހައެއް" ހެން ގޮވަމުންނެވެ. އެ ދަތި ޙާލަތުގައި ރައީސް ޞާލިޙުގެ ފަރާތްޕުޅުން ފެނުނީ ވެރިއެއްގެ ކިބައިން ފެންނާނެ އެންމެ ފުރިހަމަ މިސާލެވެ. ނިންމުންތައް ނިންމެވުމުގައި، ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަން އިސްކުރެއްވި އެވެ.

ޤައުމަށް އާމްދަނީ ވަންނާނެ ހުރިހާ މަގެއް މުޅިން ހުއްޓި، "ރިހޭ ފައި މައްޗަށް ފޮއި" ވެއްްޓޭ ހިސާބަށް ކަންކަން ދިޔަ އެވެ. ރައްޔިތުން ފުރަބަންދެއްގައި ތިބެން ޖެހުމަކީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެހެން ނަމަވެސް، ރައީސް ޞާލިޙުގެ ދުރު ވިސްނުންފުޅާއި، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ ބުރަ މަސައްކަތްޕުޅާއެކު ދާދި އަވަހަށް އެ ބިރުވެރިކަމުން ސަލާމަތްވި އެވެ.

އެ ބިރުވެރި ޙާލަތުގައި ސަރުކާރުން ވަނީ އަވަސް، ހަރުދަނާ ފިޔަވަޅުތަކެއް ވެސް އަޅުއްވައިފަ އެވެ. ސަރުކާރަށް ނިސްބަތްވާ އެއްވެސް މުވައްޒަފެއްގެ މުސާރަ ކަނޑައެއް ނުލަ އެވެ. ވަޒީފާ އިން ވަތްކެއް ނުކުރެ އެވެ. ރައްޔިތުންނަށް ބޭނުންވާ އެންމެހައި ޢަސާސީ ޚިދުމަތްތައް ސަރުކާރުން ވަނީ އެންމެ ފުރިހަމަ އަށް ފޯރު ކޮށްދެއްވައިފަ އެވެ. ޚުދު ރައީސް ޞާލިޙުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅުއްވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެޅުއްވި ފިޔަވަޅެވެ.

ކޮވިޑުން އަރައިގަނެ، ޤައުމުގެ އިޤްތިސާދު ހިނގައި ގަތުމާއެކު، ތަރައްޤީގެ މަޝްރޫއުތަށް ވެސް ހިނގައިގަންނަން ފެށި އެވެ. ކުޑަ ރަށެއް، ބޮޑު ރަށެއް ނުބައްލަވައި، ރައީސް ޞާލިޙު ގެންދެވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދަވައި ދެއްވަމުންނެވެ. ބައެއް ރަށްރަށުގައި އަސާސީ ޚިދުމަތްތައްް ފުރިހަމަ ނުވެ، ފަޅުވާން ކައިވެރިވެފައި ވަނިކޮށް، އެ ރަށްތަކަށް ދިރުމެއް ގެނެސްދެއްްވި އެވެ. ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ޚިދުމަތްތައް އެމަނިކުފާނު ފުރިހަމަ ކޮށްދެއްވީ "ފަތުއަޑު ކިޔައިފަ" އެވެ. 2023 ގެ ރިޔާސީ ކެމްޕެއިނާ ހަމައަށް އައިއިރު، އެއްވެސް ރަށެއްގައި ފެނާއި، ނަރުދަމާ އަޅަން އެއްވެސް ކެންޑިޑޭޓަކަށް ވައުދުވާކަށް ނުޖެހެ އެވެ.

ކޮވިޑުގެ ދަތި ހާލަތުން ހިންދަމައި ނުލެވިގެން އުޅެނިކޮށް، ދެން ވެސް ވައްޓާލީ "ބޮޑު ބޮމެއް" ކެވެ. އަމިއްލަފުޅު ޕާޓީގެ ތެރެއިން، އެންމެ ގާތް އެކުވެރިޔާ ރައީސް ޞާލިޙާ ދެކޮަޅަށް ނުކުންނެވީ އެވެ. ފާޅުގައި ސަރުކާރު ހިންގުމާއި، ރައްޔިތުންނަށް ބޭނުންވާ ކަންމަށް ހުރަސްއެޅި އެވެ. ފާޅުގައި ރައީސް ޞާލިޙުގެ އަބުުރުފުޅު ކަތިލަައި، އެކި އެކި ދޮގު އިލްޒާމުތައް އެޅުއްވި އެވެ. އެކަން ކަމަށް ރައީސް ޞާލިޙު ރިއެކްޓު ކުރެއްވީ އަނގަޔަކުން ނޫނެވެ. އަމަލުންނެވެ. ޖަދަލުގައި އެއްޗެއް ވިދާޅެއް ނުވެ އެވެ.

އަމިއްލަ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައްޔިތުންގެ ލޯބި ހޯއްދަވައިގެންނެވެ. އެ އިންތިޚާބުގައި ވެސް ޕާޓީގެ މެމްބަރުން ރައީސް ޞާލިޙަށް ތާއީދު ކުރީ މައިގަނޑު ދެ ސަބަބަކާ ހުރެ އެވެ. އެއީ ރަށްރަށަށް އެމަނިކުފާނު ގެނެސްދެއްވި ހެޔޮ ބަދަލާއި، އެމަނިކުފާނުގެ މިޒާޖުންނެވެ. ރައްޔިތުން އެކަން ބަލައިގަތީ ލޯތްބާއެކު އެވެ. އެމްޑީޕީގެ މެމްބަރުންނަށް ވެސް ރައީސް ޞާލިޙު ކަމުދިޔައީ ލީޑަރެއްގެ ކިބައިން ފެންނަން ޖެހޭ އެންމެހާ ސިފަތަކެއް ފެނުމުންނެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙު ކެމްޕެއިން ކުރެއްވީ ހަތް ކެންޑިޑޭޓުންނާ ދެކޮޅަށެވެ. ހަތް ކެންޑީޑޭޓުންގެ ފަރާތުން އެކި އެކި ބަސްތައް ކުރިމަތިވަމުން ދިޔަ ނަމަވެސް، އެކަމަށް ރައްދެއް ދެއްވަނީ މަދު ފަހަރަކު އެވެ. ގިނަ ފަހަރު ރައްދު ދެނީ ވެސް "ސުރުޚީ" އަޅާލާ ފަދައިންނެވެ. ގިނަ ފަހަރު އެމަނިކުފާނާ ދެކޮޅަށް ދައްކަވާ ވާހަކަތަކާއި، ފަތުރާ އަޑުތަކަށް ސަމާލުކަމެއް ނުދެއްވަ އެވެ. އޭގެ ބަދަލުގަައި ކުރެއްވީ ރައްޔިތުންގެ ޚިދުމަތެވެ. ރައްޔިތުންނަށް ކޮށްދެއްވަން ޖެހޭ ކަންކަން ފުރިހަމަ ކުރެއްވުމުގައު ވަގުތު ހުސްކުރެއްވި އެވެ.

ރައީސް ޞާލިޙުގެ މި ފަސް އަހަރަކީ ރާއްޖެ އަށް ހުރިހާ ގޮތަކުން ކާމިޔާބު އަހަރުތަކެކެވެ. ސިޔާސީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އަދި އެ ނޫން ވެސް ގޮތް ގޮތުންނެވެ. ސިޔާސީ ޚިޔާލު ތަފާތުވުމެއްގައި އެއްވެސް މީހެއް ފަހާ ދުވަން އުޅެފައެއް ނެތެވެ. ފަސް އަހަރުގެ ދައުރެއް ރައީސް ޞާލިޙު އެ ނިންމަވާލަނީ ސިޔާސީ ގޮތުން އެއްވެސް މީހެއްގެ ގައިގައި "ވިކާ ވެސް ނުލަ" އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު