Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިޒާމީ ވޯޓު

ނިޒާމީ ވޯޓާއި ގުޅޭގޮތުން މަޖިލީހާ ހިއްސާކުރި ކަންކަމަށް އަދި ޖަވާބެއް ނުލިބޭ: އީސީ

ނިޒާމީ ވޯޓު ނަގާއިރު ނަގާ މައުޟޫއަކީ ކޮބައިކަން އެނގެންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އޮކްޓޯބަރު 2023 | އާދީއްތަ 07:07
އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އިސްމާޢީލް ޙަބީބު

އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އިސްމާޢީލް ޙަބީބު

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާނަމަ ސާފު ކުރަންޖެހޭ ކަންކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިއްސާކޮށްފައިވާ ކަންކަމަށް އަދި ޖަވާބެއް ނުލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެއެމްވީން އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އިލެކްޝަންސް ކޮމިޝަނުގެ ނާއިބްރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، ނިޒާމީ ވޯޓެއް ނެގުމަށް ކޮމިޝަނުން ތާރީޚެއް ކަނޑައަޅާފައި އޮތްނަމަވެސް، އެކަމުގައި ކޮމިޝަނުގެެ ވެސް ވަކި ޝަރުތުތަކެއް ހުރިކަމަށެވެ.

Advertisement - newsAdvertisement

ޙަބީބް ވިދާޅުވީ، ނިޒާމީ ވޯޓު ނަގާއިރު ނަގާ މައުޟޫއަކީ ކޮބައިކަން އެނގެންޖެހޭ ކަމަށާއި އީސީން ރައްޔިތުންގެ ގާތުގައި އަހަންޖެހޭ ސުވާލަކީ ކޮބައިތޯ އޮޅުން ފިލުވުމަށް އެދި މަޖިލީހުގައި ދަންނަވާފައިވާނެ ކަމަށެވެ.

އަދި ނިޒާމީ ވޯޓާއި ގުޅޭ ސުވާލާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރަން ޖެހޭ ކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.

އޭގެ އިތުރުން، ނިޒާމީ ވޯޓާއިމެދު ކޮމިޝަނުން ތައްޔާރަށް އޮތްނަމަވެސް ޤާނޫނީ ގޮތުން އޮޅުން ފިލުވަންޖެހޭ ކަންތައްތައް އަދިވެސް އެބަހުރި ކަމަށް ޙަބީބް ވިދާޅުވިއެވެ. މި ހުރިހާ ކަމެއްވެސް މަޖިލީހާ ހިއްސާކޮށްފައިވާނެކަން ޙަބީބް ފާހަގަ ކުރެއްވިއެވެ.

ޙަބީބް ވިދާޅުވީ، މަޖިލީހުން އަދި ޖަވާބެއް ނުލިބޭ ކަމަށާއި، ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދާތީ ކޮމިޝަނަށް ވެސް އެކަމާ ގުޅޭގޮތުން އިތުރަށް ވިސްނުމަށް ފަހުން ވަގުތުވެފައިނުވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެދި ދަންނަވާފައިވަނީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ކޮމިޝަނަށް ލިބި، އެ ގަރާރާމެދު ކޮމިޝަނުން އަމަލުކުރާނޭ ގޮތުގެ ގާނޫނީ ލަފާ ހޯދުމަށްފަހު، އެފަދަ ވޯޓެއް ނެގުމުގެ ކުރީން ޖަވާބު ބޭނުންވާ ކަންކަމާ ގުޅޭގޮތުންނެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2017

ފޭރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގާ ހަޤީގަތެއް ހުރީ ދެކަމެއްގައި: ފުލުހުން

04 ޖޫން 2017
ފޭރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގާ ހަޤީގަތެއް ހުރީ ދެކަމެއްގައި: ފުލުހުން
15 މެއި 2017

މަޖިލީހާ ދެކޮޅަށް، ބަންޑާރަ ނައިބަށް ސުޕްރީމް ކޯޓަށް ވަޑައެއްނުގެންނެވޭނެ: ރޮޒައިނާ

15 މެއި 2017
މަޖިލީހާ ދެކޮޅަށް، ބަންޑާރަ ނައިބަށް ސުޕްރީމް ކޯޓަށް ވަޑައެއްނުގެންނެވޭނެ: ރޮޒައިނާ
30 އެޕްރީލު 2017

ޙާޒިރުކުރީ ޖޭޕީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް: ޢަބްދުﷲ ރިޔާޒް

30 އެޕްރީލު 2017
ޙާޒިރުކުރީ ޖޭޕީއަށް މެންބަރުން ގެންނަ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށް: ޢަބްދުﷲ ރިޔާޒް
25 މާރިޗު 2017

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު