Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކައިވެނި ޕާޓީގައި ހިނގި އަލިފާނުގެ ހާދިޘާ

ރޯވި އަލިފާންގަނޑުގެ ތެރެއިން ގެއްލުނު މަންމަ ގެއްލުނީއެވެ. ހެދުން ފިޔަވައި އިތުރު އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ!

ފިހިފަ ތިބި މީހުންގެ ތެރެއިންވެސް އޭނާގެ މަންމަ ފެނޭތޯ ބެލި، ފެނުނުހާވެސް އެއްޗަކީ މަންމަ ލައިގެން ހުރި ހެދުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2023 | އާދީއްތަ 03:38
އިރާޤުގެ ހަމްދާނިއްޔާ ޑިސްޓްރިކްޓްގައި ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ވަރުގަދަ ހާދިޘާ

އިރާޤުގެ ހަމްދާނިއްޔާ ޑިސްޓްރިކްޓްގައި ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ވަރުގަދަ ހާދިޘާ

ބަލާ ބެލުމަށް އެއީ ޖާނުން ވަރުގަދަ ހަށިގަނޑެއްގެ ވެރި، އާރާއި ބާރު ހުރި ބޮޑު ފިރިހެނެކެވެ. ނަމަވެސް، އެ މޫނުމަތިން ފެންނަމުން ދަނީ ހިތްދަތިކަމާއި މާޔޫސްކަމެވެ. އެ އަޑުގައި ވަނީ ވޭނާއި ކެކުޅުމެވެ. އޭނާ ލަވަމުން ދިޔަ ހަޅޭކުގެ އަޑު އަހައިފި މީހަކަށް، އޭނާގެ ހިތުގައި އަޅަމުން ދާ ވޭނުގެ މިންވަރެއް އިޙުސާސްކޮށްލެވޭނެއެވެ. މި ދައްކަނީ ޢިރާޤުގެ ހަމްދާނިއްޔާ ޑިސްޓްރިކްޓްގައި ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ވަރުގަދަ ހާދިޘާއަށް ފަހު ވީ ނުވީ އެއް ނޭނގި ގެއްލިފައި ވާ އަންހެނަކު ލައިގެން ހުރި ހެދުން ހިފައިގެން ރޮމުން ދިޔަ އޭނާގެ ދަރިފުޅުގެ ވާހަކައެވެ. ޢުމުރުން ކިތަންމެ ދޮށިވިއެއް ކަމަކު، މަންމަ ދެކިލުމަށް އެދި ހިތް ގޮވާ ގޮވުން، އެ މަންޒަރު ބަލައިލި ކޮންމެ މީހަކަށް ފަޙުމްވާނެއެވެ.

ގެއްލިގެން އުޅޭ އަންހެން މީހާގެ ދަނބިދަރިފުޅު ކިޔައިދިން ގޮތުގައި އޭނާގެ މައިދާތަ ފާޚާނާގައި ތަށިވީއެވެ. ފާޚާނާއިން ބޭރަކަށް ނުނުކުމެއެވެ.

ކުލަގަދަކޮށް ފާހަގަ ކުރަމުން ދިޔަ ކައިވެންޏެއްގެ ވަލީމާގެ މަޞްރަހު، ހިތްދަތި ކާރިޘާއަކަށް ބަދަލުވެގެން ދިއުމާއެކު ގެއްލުނު މަންމަ ހޯދަން ދެމަފިރިން އެކުގައި ކައިވެނީގެ މާލަމަށް ވަދެގެން ދިޔައެވެ. ދަރިފުޅުގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އޭނާގެ މަންމަ ލައިގެން ހުރި ހެދުމެވެ. އެ ހެދުމުގައިވެސް ހުޅު ހިފިކަން ސާފުވާން ހުއްޓެވެ. އެއީ މަންމަގެ ހެދުންކަން ދަރިފުޅަށް ޔަޤީންވުމާއެކު، ރޮއެ ހަޅޭއްލަވަމުން ބިންމައްޗަށް ވެއްޓުނީއެވެ.

ޙާދިޘާ ހިނގި ސަރަޙައްދުގެ ޑެޕިއުޓީ ގަވަރުނަރ، ޙަސަން އަލް-އައްލާޤު ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ ކަށަވަރު ޢަދަދު ވަނީ 113 އަށް އަރާފައެވެ. ޒަޚަމްވީ މީހުންގެ ޢަދަދު އުޅެނީ 150 ގައެވެ. އަލިފާނުގެ ހާދިޘާ ހިނގާފައިވަނީ ކައިވެނީގެ ޙަފުލާގެ ތެރެއިން ކުރިއަށް ގެންދިޔަ ބަޑިބޭހުގެ ކުޅިވަރުތަކެއް ފެށުމާއެކުގައެވެ.

ލިބިފައި ވާ އިބްތިދާއީ މައުލޫމާތަށް ބަލާއިރު، ކައިވެނީގެ ޙަފުލާ ކުރިއަށް ދިޔަ އިމާރާތަކީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނު ބޭނުންކޮށްގެން އަޅާފައި ހުރި އިމާރާތެކެވެ. އަލިފާނުގެ ހާދިޘާ ހިނގުމާއެކު، އިމާރާތް ބިމާ ހަމަވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ ކަމަށް ޢިރާޤުގެ ދަޢުލަތުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އިމާރާތުގައި އަލިފާން ހިފާފައި ވަނީ ރޭގަނޑު 10:45 ހާ އިރުއެވެ. އެއީ ޖީއެމްޓީ ގަޑިން، ގާތްގަނޑަކަށް 1945 އެކެވެ. ހާހެއްހާ މީހުންނަށް ދަޢުވަތު ދީގެން ކުރިއަށް ގެންދިޔަ ކައިވެނި ޕާޓީގައި އެ ވަޤުތުވެސް އެތައް ސަތޭކަ ބަޔަކު ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް

ދެ ކިޑްނީ ފެއިލްވެފައިވާ މަންމައެއް، އެދެނީ ދީލަތި އެހީތެރިކަމަށް

26 ޖެނުއަރީ 2018
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

26 ޖޫން 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު