Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން މަދުވި ސަބަބު ދެނެގަންނަން މަސައްކަތް ކުރިން - އެޗްއާރްސީއެމް

ދެވަނަ ބުރެއް އޮންނާނެ ކަމަށް ބެލެވޭތީ ވޯޓުލާން ނުދިޔަ މީހުން ތިބި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ސެޕްޓެމްބަރު 2023 | ހުކުރު 08:04
އެޗްއާރްސީއެމް އިން ރާއްޖެ ޓީވީގެ ފަސްކާފު ޕްރޮގްރާމްގައި

އެޗްއާރްސީއެމް އިން ރާއްޖެ ޓީވީގެ ފަސްކާފު ޕްރޮގްރާމްގައި

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން މަދުވި ސަބަބު ދެނެގަންނަން މަސައްކަތްކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ސަމާ އަހުމަދު ނަޖީބް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެޗްއާރްސީއެމުން ރިޔާސީ އިންތިޚާބަށްޓަކައި ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

2008 އިން ފެށިގެން މިހާތަނަށް އެންމެ މަދުން ވޯޓުލީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން މަދުވި ސަބަބު ބަލަން ޖެހޭ ކަމަށް ސަމާ ވިދާޅުވިއެވެ. ސަމާ ވިދާޅުވީ ވޯޓުލާން ނުދާ އުމުރުފުރާ އަކީ ކޮބާތޯ ބެލުން މުހިންމު ކަމަށެވެ. 56900 އަށް ގިނަ މީހުން އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން ކުރިއަށް ނުދިއުމަކީ ކޮމިޝަނުން ވެސް ކަންބޮޑުވާ ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

އެޗްއާރްސީއެމުން އާއްމުންނާއި ސުވާލުކޮށްގެންނާއި މީސްމީޑިއާގެ ޒަރީއާއިން އެއްކުރި މައުލޫމާތުން 3 ކަމެއް ފާހަގަވި ކަމަށް އޭނާ ވިދާޅުވިއެވެ. ވޯޓުލުމަކީ ކުރިމަގުގެ ކަންކަން ނިންމަން ލިބޭ ފުރުސަތެއް ކަމަށް ބެލުމުގެ ބަދަލުގައި އެއީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ވަކި ބައެއްގެ ހައްގު ހިމާޔަތްކުރަން ކުރާ ކަމެއް ކަމަށް އާއްމުން ގަބޫލުކުރާ ކަމަށް ސަމާ ވިދާޅުވިއެވެ. އެހެންވީމަ ވޯޓުލުމަށް މާބޮޑު ޝައުގުވެރިކަމެއް ނެތުމާއި ކެންޑިޑޭޓުންނާއި ނިޒާމަށް އިތުބާރު ނުކުރުން ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެވަނަ ބުރެއް އޮންނާނެ ކަމަށް ބެލެވޭތީ ވޯޓުލާން ނުދިޔަ މީހުން ތިބި ކަަމަށް އޭނާ ވިދާޅުވިއެވެ.

ގްރޭޓަރ މާލޭ އޭރިއާ އާއި، މާލޭގައި ވެސް އެ ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފުލްޓައިމްކޮށް އަދި މޮބައިލްކޮށް އޮފިޝަލުން މަސައްކަތްކުރައްވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވޯޓުލުމުގެ ކުރީގެ މަރުހަލާތައް ދަނީ ރަނގަޅަށްތޯ ވެސް އެޗްއާރްސީއެމުން ބަލަމުންދާ ކަމަށާއި، ވޯޓުލާ ހިސާބުން ފެށިގެން ވޯޓު ގުނުމާއި ހަމައަށް ވެސް ވޯޓުލުމުގެ ކަންކަން އެ ކޮމިޝަނުން މޮނިޓަރކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މަރުކަޒުތަކުގެ ކަންކަން ހަމަޖެހިވާ ގޮތް ވެސް އެ ކޮމިޝަނުން ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު