Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމަން އަމާންކަމުގެ ނިއުމަތް

ޤައުމުގައި ހަމަޖެހުން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއެކު އަދާކޮށްގެން: ޚުތުބާ

އަމަންއަމާންކަމާއި ހަމަޖެހުމާއި ނުލައި ހަޔާތުގެ އެއްވެސް އުފަލެއް އިހުސާސެއް ނުކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ސެޕްޓެމްބަރު 2023 | ހުކުރު 08:13
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ޤައުމާއި މުޖުތަމައުގެ އަމަން އަމާންކަމާއި ހަމަޖެހުން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއެކު އަދާކޮށްގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އަމަން އަމާންކަމުގެ ނިއުމަތް'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނަކީ ހުރިހާ ތަނަކަށާއި، ހުރިހާ ޒަމާނަކަށް ކަމުދާ ގޮތުގައި މާތް ﷲގެ އަޅުންނަށް ޓަކައި ފުރިހަމަ ކުރައްވައި ރުހިވޮޑިގެންފައިވާ ދިރިއުޅުމުގެ ނިޒާމު ކަމަށާއި، މި ނިޒާމުގައި އެންމެ އިސްކަމެއް ދެވިފައިވާ އެއްކަމަކީ އަމަން އަމާންކަމެވެ. އެހެންކަމުން އެކަލާނގެއަށް ބިރުވެތިވެ ދޭދޭ ގުޅުންތައް ރަނގަޅު ކުރުމަށް އަމުރުކުރެއްވި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކޮންމެ މުޖުތަމައަކަށް ވެސް އުޖާލާ މުސްތަޤުބަލެއް ލިބުން އޮތީ އެބައެއްގެ މެދުގައި އޮންނަ އަމަންއަމާންކަމާއި ހަމަޖެހުމުގެ މައްޗައްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މާތްﷲ ދެއްވާފައިވާ ނިއުމަތްތަކުގެ ތެރެއިން އަމަންއަމާންކަމާއި ހަމަޖެހުމާއި ނުލައި ހަޔާތުގެ އެއްވެސް އުފަލެއް އިހުސާސެއް ނުކުރެވޭނެ ކަމަށާއި، އެއީ ކެއިންބުއިމަށްވުރެ ވެސް މުހިންމު ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ މުޖުތަމައުގެ އަމަން އަމާންކަމާއި ހަމަޖެހުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކި ނަންނަމުގައި ޖަމާއަތްތައް ހަދައި ވައްކަންކުރުމާއި، މީހުންގެ މުދާ ފޭރުމާއި، މީހުންނަށް އަނިޔާކުރުމާއި، އެގޮތްގޮތުން އިންޒާރުދީ ބިރުދެއްކުމަކީ މުޖުތަމައުގެ އަމަން އަމާންކަން ގެއްލޭ ކަންކަން ކަމަށެވެ. މިފަދަ ކަންކަމަކީ އެކަންކަމަށް ބޮޑެތި އުގޫބާތްތައް ކަނޑައެޅިފައިވާ ކުށްތައް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މުޖުތަމައުގެ އަމަން އަމާންކަމާއި ހަމަޖެހުން ދެމި އޮތުމަށްޓަކައި އަހަރެމެންގެ މައްޗަށް އިސްކުރެވިފައިވާ ވެރިން ދީނާ ޚިލާފަށް އަމުރު ނުކުރާހައި ހިނދަކު އެބައިމީހުންނަށް ކިޔަމަންގަތުން ވަނީ ވާޖިބު ކުރައްވާފައިވާ ކަމަށެވެ.

ޚުތުބާގައި ބުނީ ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމަށްވާއިރު، އިސްލާމްދީނަކީ އަމަން އަމާންކަމާއި ސުލްހަވެރިކަމުގެ ދީން ކަމަށާއި ތަބާވާންޖެހެނީ އިލާހީ މަންހަޖަށް ކަމަށެވެ. މި މަންހަޖުގައި ވަނީ އަހަރެމެން އެކަތިގަނޑަކަށްވެ އަމާންކަމާއި ހަމަޖެހުމަށް އިސްކަން ދިނުމަށް ގޮވާލައްވާފައެވެ. މި މަތިވެރި މަންހަޖާ އަހަރެމެން ދުރު ކުރުމަށް ދީނުގެ އަދުއްވުން ކުރަމުންދާ ހަނގުރާމައިން ސަލާމަތްވެ ރައްކާތެރިވާންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޤައުމާއި މުޖުތަމައުގެ އަމަން އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަކީ ޤައުމުގެ ކޮންމެ މުވާތިނެއްގެ ޒިންމާއެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ ކަންތައްތައް ގިނަގުނަ ކަމަށެވެ. އޭގެ ތެރެއިން އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމަކީ ޚިޔާލު ތަފާތުވުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ދޫކޮށް އަހުވަންތަކަމާއި އެކުވެރިކަން އާލާކޮށް ސުލްހަވެރިކަން އިސްކުރުން ކަމަށާއި، އަމަން އަމާންކަމާއި ހަމަޖެހުމަކީ އަހަރެމެންގެ މެދުގައި އޮންނަ ލޯތްބާއި އެކުވެރިކަމާއި އަޅާލުމުގެ ނަތީޖާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޚުތުބާގައި ބުނީ މުޖުތަމައުގެ އަމަން އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ހެޔޮކަންތައް ގިނަކޮށް ނުބައިކަންތަކާއި ދުރުހެލިވާންޖެހޭ ކަމަށާއި، ފާފަތަކަށް އަރައިގަތުމަކީ ނުބައިކަން ފެތުރި އަމަން އަމާންކަމާއި ހަމަޖެހުން ނެތިދާ ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ ހަމަޖެހުމާއި އަމަން އަމާންކަން ތަނެއްގައި އޮންނާނީ އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން އިޖްތިމާއީ ބަލިތައް ފުހެލެވިގެން ކަމަށާއި، ދުލުގެ އާފާތްތަކުން އެމީހުން ސަލާމަތްވެގެން ކަމަށެވެ. ފުރައްސާރަ ކުރުމާއި ނެތިމޮށުމާއި ދެބައޮޑުވުމާއި މަލާމާތްކުރުން ފަދަ ހުތުރު އަމަލުތަކާ ދުރުހެލިވާންޖެހޭ ކަމަށާއި، އިސްލާމް ދީން އައިސްފައިވަނީ މިފަދަ އާފަތްތަކުން މީސްތަކުން ސަލާމަތް ކުރުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ތަނުގައި ހަމަޖެހުން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއެކު އަދާކޮށްގެން ކަމަށާއި، ޚަބަރުފަތުރާ ހުރިހާ ވަސީލަތްތަކަކީ އަމާނާތްތެރި ވަސީލަތަކަށްވާންޖެހޭ ކަމަށެވެ. މީޑިއާ ވާންޖެހޭނީ ތެދުވެރި ބިނާކުރަނިވި ބާރަކަށް ކަމަށާއި، މީސްތަނުންނަށް ޙަޤީޤަތް ބަޔާންކޮށްދޭ ﷲއަށް ބިރުވެރިވާ ފަރާތަކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ ދޮގު ޚަބަރުތައް ފަތުރައި މީހުން ހިތްތަކުގައި ބިރުވެރިކަން ވައްދާ ވަސީލަތަށް ވެގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ޚަބަރުތައް ފެތުރުމުގައި އާއްމު ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި، ތެދު ދޮގު ނުބަލައި މީހަކު ފަތުރާ ކޮންމެ ވާހަކައެއް ނުވަތަ ޚަބަރެއް އިތުރަށް ފަތުރާ ބަޔަކަށް އަހަރެމެން ވެގެން ނުވާނެ ކަމަށެވެ. އަދި ރަނގަޅު ރައުޔެއް ދެވޭނީ އެކަމުގެ ތަޖުރިބާކާރުންނަށް ކަމަށްވާތީ ކޮންމެ ޓްވީޓަކަށް ޖަވާބުދޭ މީހަކަށް ނުވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މިފަދަ ޓްވީޓުތަކާއި ވައިބަރު ޗެޓްތަކާއި، ފޭސްބުކްގެ ލައިކްތަކުގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުންތައް ހިންގަމުންދާތަން ފެންނަ ކަމަށާއި، މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ނުރުހުން އުފެދޭ ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުން ދުރުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު

06 އެޕްރީލު 2017
އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު
03 އެޕްރީލު 2017

އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރާ ކަމަށް ތުހުމަތުކޮށްފި

03 އެޕްރީލު 2017
އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރާ ކަމަށް ތުހުމަތުކޮށްފި
09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު