Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކައިވެނީގެ އުފަލުގައި ކުޅުނު ބަޑިބޭހުގެ ކުޅިވަރު

ކައިވެނީގެ އުފަލުގައި ކުޅުނު ބަޑިބޭހުގެ ކުޅިވަރު، އެންމެ ފަހުން ހިތި ޚަބަރަކަށް!

މަރުވި މީހުންގެ އަދަދު 110ށްވުރެ މައްޗަށް އޮތީ އަރާފައި، ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 200އަށްވުރެ ވެސް މަތީގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 11:13
މިހާތަނަށް ބެލި ބެލުމުން އެނގިފައިވާގޮތުގައި، ކައިވެނީގެ ހަފުލާ ކުރިއަށްދިޔަ މާލަން ތައްޔާރުކޮށްފައި ވަނީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނު ބޭނުންކޮށްގެން

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާގޮތުގައި، ކައިވެނީގެ ހަފުލާ ކުރިއަށްދިޔަ މާލަން ތައްޔާރުކޮށްފައި ވަނީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނު ބޭނުންކޮށްގެން

ކައިވެންޏަކީ ކޮންމެ ދެ މީހެއްގެ ހަޔާތަށްވެސް އަންނަ ބޮޑު ބަދަލެކެވެ. ކައިވެނީގެ ފުރަތަމަ ރޭގެ ހަނދާންތަކަކީ ދުވަހަކުވެސް ހިތުން ފިލައިނުދާނެ ހަނދާންތަކެކެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، އެ ހަނދާންތަކަކީ ކޮންމެ ފަހަރަކު، އެންމެ ފޮނި ހަނދާންތަކަށް ނުވެ ހިނގައިދާނެ ކަމެވެ. ހަނދާން ނައްތާލަން ދަތި އެތައް ކަމަކާ ބައްދަލުވި ވަގުތަކަށްވެސް ވެދާނެކަމެވެ. ކޮންމެ ގޮތަކަށް އެކަން އޮތްނަމަވެސް، މި ފަހަކަށް އައިސް އޮންނަ ކައިވެނީގެ ވަލީމާތަކުގެ ވައްޓަފާޅިއަށް އޮތީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ވަކީން ޚާއްސަކޮށް، ކައިވެނީގެ އުފަލުގައި ކޮންމެހެންވެސް ބަޑިބޭހުގެ ކުޅިވަރުތަކެއް ކުޅުމަކީ ކައިވެނީގެ ގޮށުން ބަނދެވިގެންދާ 2 އާއިލާގެ ހައިބަތު ދައްކުވައިދޭ ކަމަކަށްވެސް އޮންނަނީ ވެފައެވެ.

މި ދެންނެވި ބަޑިބޭހުގެ ކުޅިވަރަކީ ބަލާލަން ހިތްގައިމު މަންޒަރަކަށް ވީނަމަވެސް، އެއީ އެކަމެއްގައި އިންތިހާއަށް ނުރައްކާ އޮތް ކަމެއްކަން ގިނަ ފަހަރަށް އޮންނަނީ ހަނދާން ނެތިކޮށްލެވިފައެވެ. ގަދަ އަޑުފަށްގަނޑާއި އަލީގެ ސަބަބުން އެއް ބަޔަކަށް ސިއްހީގޮތުން އުނދަގޫތަކެއް ކުރިމަތި ކުރާއިރު، އެޅޭ އެންމެ ކަސިޔާރު ފިޔަވަޅަކުންވެސް ހިތާމަވެރި ހާދިސާއެއް ހިނގުން އޮންނަނީ މާ ދުރަކު ނޫނެވެ. ދަންނަވަން މި އުޅެނީވެސް ހަމަ އެފަދަ ހިތާމަވެރި ހާދިސާއެއްގެ ވާހަކައެވެ.

ރެއަކީ ސެޕްޓެމްބަރު މަހުން 26 ވީ، ބުދަ ވިލޭރެއެވެ. އިރާގުގެ އަލްހަމްދާނިއްޔާ ޑިސްޓްރިކްޓްގައި ހުންނަ އަލް-ހައިސަމްއޭ ކިޔުނު މާލަމުގައި ކައިވެންޏެއްގެ އުފާވެރި ވަލީމާގެ ކަންކަން ދިޔައީ ކުރިއަށެވެ. ހާހެއްހާ މީހުންނަށް ދައުވަތު ދީގެން ކުރިއަށްގެންދިޔަ ވަލީމާގެ މަސްރަހު ބަދަލުވެގެން ދިޔައީ، ފޯރި އިތުރަށް ގަދަކޮށްލުމުގެ ގޮތުން ބަޑިބޭހުގެ ކުޅިވަރުތައް ފެށި ހިސާބުން ކަމަށް، ހާދިސާގެ އިބްތިދާއީ ރިޕޯޓްތައް ބުނެއެވެ. ސެޕްޓެމްބަރު 27 ވަނަ ދުވަހަށް އަލިވިލި، ދުވަހުން ބައެއް ދިޔައިރު، މަރުވި މީހުންގެ އަދަދު 110ށްވުރެ މައްޗަށް އޮތީ އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 200އަށްވުރެ ވެސް މަތީގައެވެ. ބަޑިބޭހުގެ ކުޅިވަރުތަކާއެކު ހިނގި އަލިފާނުގެ ހާދިސާގައި އަލް-ހައިސަމް މާލަން، އަނދައި އަޅިއަށްވީއެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައި ވާގޮތުގައި، ކައިވެނީގެ ހަފުލާ ކުރިއަށްދިޔަ މާލަން ތައްޔާރުކޮށްފައި ވަނީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނު ބޭނުންކޮށްގެންނެވެ. އިމާރާތް ކުރުމުގައި ބޭނުންކޮށްފައި ހުރި ތަކެތީގެ ސަބަބުން، އަލިފާނުގެ ހާދިސާގައި އިމާރާތް ފުނޑުފުނޑުވެ، ބިމާ ހަމަވީއެވެ. ރެސްކިއު އޮޕަރޭޝާން ކުރިއަށްދިޔައިރު ކޮޅަށް ހުރީ އިމާރާތުގެ ފްރޭމްގަނޑު އެކަންޏޭވެސް ދެންނެވިދާނެއެވެ.

ދައުވަތު ދީގެން ހަފުލާއަށް ގޮސް ތިބި ބައެއް މީހުންނަށް ވީ ނުވީއެއް ނޭނގި، އެ މީސްމީހުންގެ އާއިލާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއިލާގެ އެއް މެންބަރަކަށްވުރެ ގިނަ މެންބަރުންނަށް ވީ ގޮތެއް ނޭނގި ތިބި އާއިލާތައްވެސް އެބަތިއްބެވެ.

އެ ބަޔަކަށްޓަކައި ވަލީމާ ޚާއްސަވެގެންދިޔަ ދެމިފިރިންގެ ހާލުވެސް އަދި ސާފެއް ނުވެއެވެ. މީޑިއާގައި ދައުރުވާ ބައެއް މަންޒަރުތަކުން ފެންނަގޮތުގައި، ބަޑިބޭހުގެ ކުޅިވަރުތަކާއެކު، އަލިފާންގަނޑު ފެތުރިގެން ދިޔަ މަންޒަރަށް ބަލަހައްޓައިގެން މާލަމުގެ ތެރޭގައި ދެމަފިރިންވެސް ތިބީ ސިހިފައިވާ ހާލުގައެވެ. އޭރު އެމީހުން ގެންދިޔައީ ނެށުމުގެ ހަރަކާތެއްގައި ބައިވެރިވަމުން ކަމަށްވެސް ޚަބަރު ލިބެއެވެ.

އިރާގުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަނެ، އެކަމާ ގުޅުންހުރި އިތުރު ތަހުގީގުތައް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރު، ކެނޑިނޭޅި، ހިތާހިތުން ކިޔަމުން ދިޔަ ގޮވެލިފައްޗެއް އެބަ އޮތެވެ. އެއީ ދިވެހި ކާބަފައިން ދޫކޮށްފައި ދިޔަ އަގުހުރި ނަސޭހަތެކެވެ. އާނއެކެވެ! ބަޑިބޭހާ ނުކުޅޭށެވެ. ކޮއިފުޅު ފިހި، އަނދައިގެން ދާނީ ނުވެސް އެނގި ހުއްޓާއެވެ! އެފަދަ ހާދިސާތަކުން އަޅަމެން އެންމެ ސަލާމަތް ކުރައްވާށި!

އިތުރަށް ކިޔާލަން

29 ޖުލައި 2019

ޝާހްރުކް ހާން: ބޮލީވުޑްގައި 24 އަހަރު، ކިތައް ފިލްމް ކުޅުނު؟

29 ޖުލައި 2019
ޝާހްރުކް ހާން: ބޮލީވުޑްގައި 24 އަހަރު، ކިތައް ފިލްމް ކުޅުނު؟
25 ޖުލައި 2019

ޤައުމީ ކުޅިވަރު އަޑިއަޅާލަން މެދުވެރިވީ ވެރިންގެ އިހުމާލުންތަ؟

25 ޖުލައި 2019
ޤައުމީ ކުޅިވަރު އަޑިއަޅާލަން މެދުވެރިވީ ވެރިންގެ އިހުމާލުންތަ؟
11 ޖުލައި 2019

ކުޅިވަރުގެ އުމްރާނީ ތަރައްގީއަށްޓަކައި، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ޖެހޭ

11 ޖުލައި 2019
ކުޅިވަރުގެ އުމްރާނީ ތަރައްގީއަށްޓަކައި، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ޖެހޭ
16 އެޕްރީލު 2019

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ދޮވެ ސާފުކުރަންޖެހޭ!

16 އެޕްރީލު 2019
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ދޮވެ ސާފުކުރަންޖެހޭ!
23 އޯގަސްޓު 2018

ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު

23 އޯގަސްޓު 2018
ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު
24 ޖުލައި 2018

"އަލަތު ކައިވެނީގެ ފްލެޓް" ހުވަފެނީ ބިލާހަކަށް!

24 ޖުލައި 2018
"އަލަތު ކައިވެނީގެ ފްލެޓް" ހުވަފެނީ ބިލާހަކަށް!
13 މެއި 2018

ކަނޑު އަޑީގައި ކައިވެނިކޮށް، ކައިވެނީގެ ހެދުމުގައި ދެމަފިރިން ޑައިވްކޮށްފި

13 މެއި 2018
ކަނޑު އަޑީގައި ކައިވެނިކޮށް، ކައިވެނީގެ ހެދުމުގައި ދެމަފިރިން ޑައިވްކޮށްފި
22 އެޕްރީލު 2018

ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

22 އެޕްރީލު 2018
ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް
25 އޮކްޓޯބަރު 2017

ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

25 އޮކްޓޯބަރު 2017
ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!
20 ޖޫން 2017

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު