Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުމާމްގެ މަރުގެ ޙުކުމް

ހުމާމް މެރުން މަޑުޖައްސައިލުމަށް އދ އިން ސަރުކާރަށް އަންގައިފި

20 ޖުލައި 2017 | ބުރާސްފަތި 16:43

ހުމާމްގެ ޙުކުމުގެ މައްސަލަ އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޓީން ދަނީ ބަލަމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 20 ޖުލައި 2017 | ބުރާސްފަތި 16:43
ހުމާމްގެ މަރުގެ ޙުކުމަށް ޝަރުޢީ ހުރިހާ މަރުހަލާއަކުން ވަނީ ތާޢީދުކޮށްފަ

ހުމާމްގެ މަރުގެ ޙުކުމަށް ޝަރުޢީ ހުރިހާ މަރުހަލާއަކުން ވަނީ ތާޢީދުކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ހުއްޓައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރަން ޙުކުމް ކޮށްފައިވާ، ހ. ލޮބީ، ޙުސައިން ހުމާމް އަޙުމަދުގެ ޙުކުމް ތަންފީޒުކުރުން މަޑުޖައްސައިލުމަށް އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޓީން ދިވެހި ސަރުކާރަށް އަންގައިފިއެވެ.

އދ ގެ ހިއުމަން ރައިޓްސް ޓްރީޓީޒް ބްރާންޗްގެ ވެރިޔާ، އިބްރާހިމް ސަލާމާ ސޮއިކުރައްވައި، ހުމާމްގެ ފަރާތުން އޭނާގެ މައްސަލަ އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރަށް ހުށަހެޅުއްވި، އދ ގެ ސްޕެޝަލް ރެޕަޓުއަރ، ޑރ. އަޙުމަދު ޝަޙީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އދ ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ރޫލްސް އޮފް ޕްރޮސީޖަރގެ 92 ވަނަ މާއްދާ އާއި ހަވާލާދީ، ހުމާމްގެ ޙުކުމް ތަންފީޒުކުރުން މަޑުޖައްސައިލުމަށް ދިވެހި ސަރުކާރަށް ހަނދާންކޮށްދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އދ އިން އަންގާފައިވަނީ އދ ގެ ހިއުމަން ރައިޓްސް ކޮމިޓީއިން ހުމާމްގެ މައްސަލަ ބަލައި ނިމެންދެން އޭނާގެ ޙުކުމް ތަންފީޒުކުރުން މަޑުޖައްސައިލުމަށެވެ.

އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅާފައިވަނީ، އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދި ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ ދަށުންނެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހުމާމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ 10 ޖަނަވަރީ 2013 ގައެވެ. މި މައްސަލައިގެ ޝަރީއަތުގައި 2013، ޖަނަވަރީ 20 ވަނަ ދައުވާއަށް އިންކާރު ކުރުމަށްފަހު، 2013، މެއި 22 ވަނަ ދުވަހު ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އިޢުތިރާފްވިއެވެ. އަދި އޭގެ ފަހުން، އަނެއްކާވެސް އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. މި މައްސަލަ ހުމާމްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 2014، ޖަނަވަރީ 16 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ މި ޙުކުމަށް ހައިކޯޓުން ތާޢީދު ކުރީ 2015، ސެޕްޓެމްބަރ 7 ވަނަ ދުވަހުއެވެ. އަދި ހައިކޯޓުން ތާޢީދު ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދުކޮށްފައިވަނީ، 2016، ޖޫން 24 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް