Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަމާލް މުސިއާލާ

މުސިއާލާގެ އަމާޒަކީ ބެލެންޑޯ އެވޯޑަށް ވާދަކުރުން

މުސިއާލާ ބުނީ ބޭނުންވަނީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް ވާން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ސެޕްޓެމްބަރު 2023 | ބުދަ 09:52
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ޖަމާލް މުސިއާލާ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ޖަމާލް މުސިއާލާ

އެންމެ ބޮޑު އުންމީދަކީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑަށް ވާދަކުރުން ކަމަށް، ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ ބުނެފި އެވެ.

މުސިއާލާ މިހެން ބުނީ އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ބަޔާންގައި ވެސް އަދި ޖަރުމަނު ޤައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކާ މުސިއާލާ ބުނީ، އަހަރެއް ނުވަތަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ މަތީ ފަންތީގައި ފެންވަރުގައި ފުޓުބޯޅަ ކުޅެން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ މިހާރުން ފެށިގެން ވެސް ކުރިއަށް އޮތް ތަނުގައި ގިނަ ކަންކަން ދަސް ކުރަން ބޭނުންވާ ކަމަށެވެ. އެއަށްފަހު ބޭނުންވަނީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް ވާން ކަމަށް މުސިއާލާ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ ބެލެންޑޯ އެވޯޑަށް ވާދަކުރުމަކީ އޭނާގެ އެންމެ ބޮޑު އެއް އުންމީދު ކަމަށެވެ.

އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ 2020 ވަނަ އަހަރު ބަޔާނުންނެވެ. އޭގެ ފަހުން އޭނާ ވަނީ ބަޔާނަށް 130 މެޗު ކުޅެދީ 31 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 10 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގު ހަތަރު ފަހަރު، ޖަރުމަނު ސުޕަ ކަޕް ތިން ފަހަރު، ޔުއެފާ ސުޕަ ކަޕް، ފީފާ ކުލަބް ވޯލްޑް ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. މުސިއާލާ އަށް ޖަރުމަނު ޤައުމީ ޓީމުން ޖާގަ ލިބުނީ 2021 ވަނަ އަހަރު އެވެ. ޤައުމީ ޓީމަށް މިހާތަނަށް ކުޅެދިން 23 މެޗުން އޭނާ ވަނީ އެއް ލަނޑު ޖަހައިފަ އެވެ. މިދިޔަ އަހަރު ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2017

ބެލެންޑޯއަކީ މުހިންމު އެވޯޑެއް ނޫން: މެސީ

07 ޑިސެމްބަރު 2017
ބެލެންޑޯއަކީ މުހިންމު އެވޯޑެއް ނޫން: މެސީ
03 ޑިސެމްބަރު 2017

މިފަހަރު ވެސް ބެލެންޑޯ އެވޯޑް ގެންދާނީ ރޮނާލްޑޯ: ޕެރޭޒް

03 ޑިސެމްބަރު 2017
މިފަހަރު ވެސް ބެލެންޑޯ އެވޯޑް ގެންދާނީ ރޮނާލްޑޯ: ޕެރޭޒް
17 ނޮވެމްބަރު 2017

ބޭނުންވަނީ ހަތް ދަރިންގެ އިތުރުން ހަތް ބެލެންޑޯ: ރޮނާލްޑޯ

17 ނޮވެމްބަރު 2017
ބޭނުންވަނީ ހަތް ދަރިންގެ އިތުރުން ހަތް ބެލެންޑޯ: ރޮނާލްޑޯ
10 އޮކްޓޯބަރު 2017

ބެލެންޑޯއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓު އާއްމުކޮށްފި

10 އޮކްޓޯބަރު 2017
ބެލެންޑޯއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓު އާއްމުކޮށްފި
17 ސެޕްޓެމްބަރު 2017

މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން

17 ސެޕްޓެމްބަރު 2017
މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު