Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ކަންމަތީ ޖަލްސާ

އިއުލާންކުރަނީ މެނިފެސްޓޯގައި ހުރިކަންކަން، ތަފްސީލުކޮށްދެނީ އޮޅުވާލާތީ: ރައީސް

27 ސެޕްޓެމްބަރު 2023 | ބުދަ 03:21

މަސްވެރިންނަށް ބޮޑު އަގުދީ، ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ސެޕްޓެމްބަރު 2023 | ބުދަ 03:21
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރެއިން ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ އެމްޑީޕީން ކުރިޔަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ މެނިފެސްޓޯގައި ލިޔެފައިވާ ކަންކަންކަމަށާއި އަލުން އެވާހަކަތައް ތަފްސީލުކޮށްދެއްވަނީ ބަޔަކު އޮޅުވާލާ ދޮގު ހަދާތީކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ފުރަތަމަ ބުރުގެ ކެމްޕެއިނާއި ޚިލާފަށް ރައީސް ގެންދަވަނީ މާލޭގައި ހުންނަވައިގެން ޖަލްސާތަކުގައި ކުރިޔަށް އޮތް ފަސް އަހަރަށް އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުލަވާލާފައިވާ މެނިފެސްޓޯގައި ހުރި ކަންކަން ހާމަކުރައްވަމުންނެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރުމާއި މަސް ގަންނަ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމެވިކަން ވަނީ ހާމަކުރައްވާފައެވެ.

Advertisement - newsAdvertisement

މިިކަންކަމާއި ގުޅޭގޮތުން އަންގާރަ ދުވަހުގެ ރޭ ކުރިޔަށްދިޔަ ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ވާހަކަފުޅުތަކަކީ މެނިފެސްޓޯގައި ހުރި ކަންކަންކަމަށާއި އެވާހަކަތައް ތަފްސީލުކޮށްދެއްވަން ޖެހިވަޑައިގަންނަވަނީ ބަޔަކު އޮޅުވާލާތީކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށަހަޅާފައިވާ ބައެއް މައްސަލަތައް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނިކޮށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ފުރަތަމަ ބުރަށްފަހު އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާ ބައްދަލުކުރައްވާ އެމީހުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައިވާކަމަށެވެ. އަދި އެކަންކަމަށް ހައްލު ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރެއްވިކަމަށާއި އެއަރޕޯޓްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެވެސް ކަންބޮޑުވުމަކީ ޑޮލަރުން މުސާރަ ނުދިނުންކަމަށާއި އެހެންކަމުން އެކަމަށް ހައްލު ގެނައުމުގެ ގޮތުން މުސާރައިގެ 50 އިންސައްތަ ޑޮލަރުން ދޭން މިހާރު ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް މަސައްކަތްކުރާ ފަރާތްތަކަކާވެސް ބައްދަލުކުރެއްވިކަމަށާއި އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް އެއްސެވިކަމަށެވެ. އެގޮތުން އެބޭފުޅުންގެ އެދިވަޑައިގަތުމުގެ މަތިން ޓޫރިޒަމް މިނިސްޓްރީގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ހިމެނޭނެހެން އެޑްވައިޒަރީ ކޮމިޓީއެއް އުފައްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރިސޯޓްތަކުގެ މެނޭޖްމަންޓް ލެވެލްގައި ދިވެހިން ތިބޭ މިންވަރު އިތުރުކުރުމަށް ޖެނެރަލް މެނޭޖަރ ލެވެލް އާ ހަމައަށް ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ހައްލު ގެނައުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި ކުރިޔަށް އޮތް ދެވަނަ ބުރުން ފެނިވަޑައިގަންނަވަނީ އުންމީދީ މަންޒަރެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2018

އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ

13 ނޮވެމްބަރު 2018
އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
30 އޯގަސްޓު 2018

ރައީސް ޔާމީން އުޅުއްވީ ޑޮލަރު ގުނުމުގައި، ބްރިޖްގެ ވައުދު މެނިފެސްޓޯގައި ހިމެނީ ރައީސް މައުމޫންްގެ އެދުމުގެ މަތިން އަޅުގަނޑު: އަދީބް

30 އޯގަސްޓު 2018
ރައީސް ޔާމީން އުޅުއްވީ ޑޮލަރު ގުނުމުގައި، ބްރިޖްގެ ވައުދު މެނިފެސްޓޯގައި ހިމެނީ ރައީސް މައުމޫންްގެ އެދުމުގެ މަތިން އަޅުގަނޑު: އަދީބް
17 ޖުލައި 2018

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ކަންކަން މެނިފެސްޓޯގައި ހިމަނާނަން: ފައިސަލް

17 ޖުލައި 2018
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ކަންކަން މެނިފެސްޓޯގައި ހިމަނާނަން: ފައިސަލް
05 މެއި 2018

ފްލެޓަށް އެދޭ ފޯމު ދޫކުރާ ގޮތުގެ މައުލޫމާތު މާދަމާ ހެނދުނު އިއުލާންކުރަނީ

05 މެއި 2018
ފްލެޓަށް އެދޭ ފޯމު ދޫކުރާ ގޮތުގެ މައުލޫމާތު މާދަމާ ހެނދުނު އިއުލާންކުރަނީ
01 މެއި 2018

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަން ބޭނުންވާ ކަންކަން އަދާލަތުން ހުށަހަޅައިފި

01 މެއި 2018
ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަން ބޭނުންވާ ކަންކަން އަދާލަތުން ހުށަހަޅައިފި
11 ޑިސެމްބަރު 2017

ޕީޕީއެމްގެ މެނިފެސްޓޯގައި މަސްވެރިންނަށް ވައުދުވެފައިވާ ކަންކަން ކޮށްދޭން ޖެހޭ: ރައީސް މައުމޫން

11 ޑިސެމްބަރު 2017
ޕީޕީއެމްގެ މެނިފެސްޓޯގައި މަސްވެރިންނަށް ވައުދުވެފައިވާ ކަންކަން ކޮށްދޭން ޖެހޭ: ރައީސް މައުމޫން
17 ނޮވެމްބަރު 2017

ޕީޕީއެމްގެ މެނިފެސްޓޯގައި އޮތް އެއްޗެއް ރައީސް ޔާމީނަކަށް އެނގިއެއްނުލައްވާ: ސައުދު

17 ނޮވެމްބަރު 2017
ޕީޕީއެމްގެ މެނިފެސްޓޯގައި އޮތް އެއްޗެއް ރައީސް ޔާމީނަކަށް އެނގިއެއްނުލައްވާ: ސައުދު
26 ޖޫން 2017

އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާނެ ދެ ކަމެއް ރައީސް ނަޝީދު ހާމަކުރައްވައިފި

26 ޖޫން 2017
އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާނެ ދެ ކަމެއް ރައީސް ނަޝީދު ހާމަކުރައްވައިފި
25 ޖޫން 2017

2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް

25 ޖޫން 2017
2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް
19 ޖޫން 2017

އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު

19 ޖޫން 2017
އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް