Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔަތީމުޚާނާ

ޔަތީމުޚާނާއަށް ވަދެގެން ދިޔައިރު އަމިއްލަ ނަންވެސް ނޭނގޭ… މިއަދު ޔުނިވަރސިޓީ ދަރިވަރެއް!

26 ސެޕްޓެމްބަރު 2023 | އަންގާރަ 17:48

އެ އެންޖީއޯގެ މައިގަނޑު އަމާޒަކީ، ބަޣުދާދުގައި ގެދޮރު ގެއްލިފައިވާ ކުޑަކުދިންނާއި ޔަތީމުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 26 ސެޕްޓެމްބަރު 2023 | އަންގާރަ 17:48
ޔަތީމުޚާނާ

ޔަތީމުޚާނާ

އިރާގުގައި ކާރޫބާރޫ ބޮޑު މަގެއްގައި ޖަހާފައިވާ ކިއޮސްކްތަކުގައި އެކި ކަހަލަ އެއްޗެހި ވިއްކުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔަ ޒުވާނުންނަށް، އެ ސަރަހައްދަކީ ފަހަރެއްގައިވެސް އައު ސަރަހައްދެއް ނޫނެވެ. އެއީ މީގެ ކުރިން އެމީހުން ދިރިއުޅެމުން ދިޔަ ޔަތީމުޚާނާއާ ޖެހިގެން އޮތް މަގެވެ. އެ ކިއޮސްކްތަކުން ނުލިބޭ އެއްޗެއް ނެތެވެ. ސޭންޑްވިޗުން ފެށިގެންގޮސް އެކި ކަހަލަ ކުރެހުންތައްވެސް ވިއްކައެވެ.

މި މަޝްރޫއަކީ "ބަޣުދާދު ގޭޓް" މަޝްރޫއުގެ ބައެކެވެ. ބަޣުދާދް ގޭޓަކީ، ބަޣުދާދު ވަށައިގެން އޮތް ސަރަހައްދުގައި ޔަތީމުވެފައިވާ ކުދިންނާއި ޔަތީމުޚާނާތަކުގައި ދިރިއުޅެފައި ތިބި ޒުވާނުން، އެމީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވޭނޭ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ.

މަޝްރޫއު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އިރާގީ ހޯމް ފައުންޑޭޝަން ފޮރ ކްރިއޭޓިވިޓީ ނަމަކަށް ކިޔާ ޖަމިއްޔާއަކުންނެވެ. އެ ޖަމިއްޔާގެ މެނޭޖަރ، ހިޝާމް އައްޒަހާބީ ވިދާޅުވިގޮތުގައި، މިފަދަ މަޝްރޫއެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ، ޔަޠީމުޚާނާތަކުން ދަސްވެނިވުމަށްފަހު ވަޒީފާއެއްގެ އިންތިޒާރުގައި މަޑުކުރަން ނުޖެހި، އިޖުތިމާއީ އެހީގެ ޕެންޝަނަށް ބޭނުންނުޖެހޭނެ ގޮތް ހެދުމެވެ.

އިރާގީ ހޯމް ފައުންޑޭޝަން ފޮރ ކްރިއޭޓިވިޓީއަކީ 2004 ވަނަ އަހަރު އުފެއްދި އެންޖީއޯއެކެވެ. އެ އެންޖީއޯގެ މައިގަނޑު އަމާޒަކީ، ބަޣުދާދުގައި ގެދޮރު ގެއްލިފައިވާ ކުޑަކުދިންނާއި ޔަތީމުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމެވެ.

ކިއޮސްކްތަކުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ލިބުމަކީ އެތައް ޒުވާނުންނެއްގެ ދިރިއުޅުމުގެ އެތައް ހުވަފެނެއްގައި ހަގީގީ ކުލަ ޖެހިގެން ދިޔަ ފަދަ ކަމެކެވެ.

ކިއޮސްކްތަކުގައި ވިޔަފާރިކުރުމުގެ ފުރުސަތު ވެގެން ދިޔައީ، ޔަޠީމުންނަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ނަސީބު ލިބުމުގެ އިތުރުން، އެމީހުން އުޅުނު ޔަޠީމުޚާނާތަކަށް ވެސް އެހީވާން ލިބުނު ފުރުސަތަކަށެވެ. ކިއޮސްކްތަކުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ޚަރަދު ކުރަން ޖެހެނީ އެ ވިޔަފާރި ހިންގުމަށް ކަމަށް ވީނަމަވެސް، 10 ޕަސެންޓް ހަދިޔާކުރަނީ ޔަތީމު އަންހެން ކުދިންގެ ތައުލީމީ ފަންޑަށެވެ.

އިތުރަށް ކިޔާލަން

07 އޯގަސްޓު 2018

ހަ އަހަރުގެ ކުއްޖެއްގެ އަމިއްލަ އުފެއްދުން ސުޕަމާކެޓަށް!

07 އޯގަސްޓު 2018
ހަ އަހަރުގެ ކުއްޖެއްގެ އަމިއްލަ އުފެއްދުން ސުޕަމާކެޓަށް!
24 ޖޫން 2018

ފިލްމްތަކުން ނުފެނުނީ އަމިއްލަ ސަބަބުތަކާ ހުރެ: ބޮބީ

24 ޖޫން 2018
ފިލްމްތަކުން ނުފެނުނީ އަމިއްލަ ސަބަބުތަކާ ހުރެ: ބޮބީ
27 މެއި 2018

އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން

27 މެއި 2018
އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން
03 މެއި 2018

400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތި ކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށް ކާންޔޭ ބުނެފި

03 މެއި 2018
400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތި ކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށް ކާންޔޭ ބުނެފި
24 އެޕްރީލު 2018

މިނީމީ މަރުވީ އަމިއްލައަށް

24 އެޕްރީލު 2018
މިނީމީ މަރުވީ އަމިއްލައަށް
17 އެޕްރީލު 2018

ރެމޯ ޑި ސޫޒާ: އަމިއްލަ ކްލޯތިން ލައިނެއް ތައާރަފް ކުރަނީ

17 އެޕްރީލު 2018
ރެމޯ ޑި ސޫޒާ: އަމިއްލަ ކްލޯތިން ލައިނެއް ތައާރަފް ކުރަނީ
29 ޖެނުއަރީ 2018

ފިރިމީހާގެ ފޯނުން އަމިއްލަ ފޯނަށް ވަރިކުރި ކަމަށް ބުނެ އަނބިމީހާ މެސެޖް ކޮށްފި

29 ޖެނުއަރީ 2018
ފިރިމީހާގެ ފޯނުން އަމިއްލަ ފޯނަށް ވަރިކުރި ކަމަށް ބުނެ އަނބިމީހާ މެސެޖް ކޮށްފި
21 ޑިސެމްބަރު 2017

ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި

21 ޑިސެމްބަރު 2017
ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި
21 ޖުލައި 2017

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

21 ޖުލައި 2017
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ
03 ޖުލައި 2017

ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް

03 ޖުލައި 2017
ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް