Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުއިއްޒުއާއި ޔާމީން

ހުންނެވީ ޔާމީނާ އެކުގައި؟ އެކަމަކު ޒިންމާ ނަންގަވަންވީމަ ހޯހޯ "ޔާމީނެއް ނޫން"!!

27 ސެޕްޓެމްބަރު 2023 | ބުދަ 18:05

ޔާމީންގެ ސަރުކާރުގެ ނުރަނގަޅު ކަންކަމުގެ ޒިންމާ ނަންގަވާކަށް މުއިއްޒު ބޭނުންފުޅެއްނުވޭ، ބޭނުންފުޅުވަނީ ކްރެޑިޓް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ސެޕްޓެމްބަރު 2023 | ބުދަ 18:05
މުއިއްޒުއާއި ޔާމީން

މުއިއްޒުއާއި ޔާމީން

ފުރަތަމަ ދުވަހު މަނިކުފާނު ވެރިކަމަށް ފައިނަންގަވާފައި ދެއްކެވި ވާހަކަފުޅު އަޑު އަހާލީމައި ހިތަށް އަރާނެއެވެ. ވެރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހަމަ ފުރުސަތު ލިބިވަޑައިގެންނެވި ފަދަ ތާއެވެ. މަނިކުފާނަކީ ޔާމީނުގެ ހިޔަނިފުޅުކަމަށް ސިފަކުރެއްވީމުއެވެ. ލެއްވިހައި ރާގަކަށް ހުޝާމަދާއި ތައުރީފުވެސް ކުރެއްވީމުއެވެ. ކޮންމެ ޕޯޑިއަމެއްގައި، ކޮންމެ މައިކެއްގެ ކައިރީގައިވެސް ފުރަތަމަ ދައްކަވަނީ ޔާމީންގެ ވާހަކައެވެ.

މަނިކުފާނަށް ތާއީދުކުރާ އަރިސް ކުދިންކޮޅު މަނިކުފާނުގެ ނަންފުޅަށްވުރެ ގިނައިން ކިޔަނީ ޔާމީންގެ ނަންފުޅެވެ. މަނިކުފާނުގެ ޚިދުމަތުގެ ވާހަކައަށްވުރެ ބާރަށް ދައްކަނީ ޔާމީންގެ ޚިދުމަތުގެ ވާހަކައެވެ. ޚުދު މަނިކުފާނުވެސް ދެއްކެވީ އޭރުގެ ވެރިކަމުގައި އެންމެ އަރިހުގައި ހުންނެވި ވާހަކައާއި، ތަރައްގީގެ މަޝްރޫއުތަކުގައި ހިއްސާ އޮންނާނެކަމުގެ ވާހަކައެވެ. ޚިޔާލާއި ފިކުރު އެއްގޮތް ވާހަކައެވެ. އަމުދުން ތާއީދުކުރައްވާ ކަންކަން ނިކަން އެއްގޮތްކަމުގެ ވާހަކައެވެ. މަނިކުފާނުގެ ފޮޓޯފުޅަށްވުރެ ބޮޑުކޮށް އިިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނުގެ ފޮޓޯފުޅު ޖައްސަވައިގެން ކެމްޕެއިން ފެއްޓެވީ، އެންމެ ބޮޑު ކާމިޔާބީއަކީ ޔާމީންގެ އަަރިސް ބޭފުޅަކަށް ވެވަޑައިގަތުން ކަމުގައި ވިދާޅުވަމުންނެވެ.

ޔާމީން ސަރުކާރުގެ ކޮންކްރީޓް ތަރައްގީގެ ކިރިޔާވެސް ކަމެއް ހިނގާފައި އޮތިއްޔާ އެކަމުގެ ކްރެޑިޓް ފަތުގައި ނަންފުޅު އޮންނާނެ ވާހަކަ ތަފާތު އެކި މޭރުމަށް ވިދާޅުވީމުއެވެ. އަދި ކްރެޑިޓް ލިބޭނެފަދަ އެއްވެސް ކަމެއް އެ ވެރިކަމުގައި ހިނގާފައި އޮތިއްޔާ، އެ ވާހަކަފުޅެއް ތަކުރާރު ކުރައްވަމުއެވެ. އޭރުގެ ވެރިކަމުގެ ހައުސިންގއާއި އުމްރާނީ ސިޔާސަތުތަކުން ފެށިގެން ގޮސް، އެންމެ އަސާސީ ކަންކަމަށްވެސް ކްރެޑިޓް ނެންގެވެން އޮތް ކަމެއްގެ ކުނޑި ފުކެއްވެސް ދޫކޮށެއް ނުލައްވަމުއެވެ.

އެކަމަކު އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމޭ ހަމަ ބުނާއިރަށް ވިދާޅުވަނީ ނޫނޭ "ހޯހޯ މިއީ ޔާމީނެއް ނޫން"ކަމަށެވެ. އޭރުގެ ކޮރަޕްޝަންގެ ޒިންމާ ނަންގަވަންވާނެ ނޫންތޯއޭ ދެންނެވުމުން، މަނިކުފާނުގެ އަައުވާނުންގެ ރައްދެއްނެތެވެ. އޭރު ގާނޫނާ ޚިލާފަށް ކުރި ކަންކަމާމެދު މަނިކުފާނަށް ސުވާލު ނުދެންނެވޭނެ ކަމަށް ހަރު އަޑުފުޅުން ވިދާޅުވެއެވެ. އޭރު ވެރިކަމުގައި ހިނގި ނޭއްގާނީ ކަމަކާމެދު ޖަވާބުދެއްވުމަށް ގޮވާލާ ހިސާބުން ވިދާޅުވަނީ މަނިކުފާނަކީ ޔާމީން ނޫންކަމަށެވެ. އެ ވެރިކަމުގައި އުސޫލުން ބޭރުން ކޮށްފައިވާ ކަންކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ދެންނެވުމުން ވިދާޅުވަނީ، އެއީ ތިމަންމަނިކުފާނުގެ ވެރިކަން ނޫންކަމަށެވެ. ސުވާލުތަކުގެ ކުރިމައްޗަށް ނުކުމެވަޑައިގެން ޒިންމާ ނަންގަވަންވުމުން، އެ ވެރިކަމާ ގުޅުމެއް ނެތެވެ. ޔާމީނާ މަނިކުފާނާ އެއީ އެ ހިސާބުން ދެ ޝަޚުސެކެވެ. އެކަމަކު ތައުރީފާއި ހުޝާމަދު ހޯއްދެވުމުގައި އެކަން މުޅިން ތަފާތެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2017

އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!

30 ސެޕްޓެމްބަރު 2017
އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!
16 ސެޕްޓެމްބަރު 2017

ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

16 ސެޕްޓެމްބަރު 2017
ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން
07 ސެޕްޓެމްބަރު 2017

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟
21 އޯގަސްޓު 2017

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!
23 ޖުލައި 2017

މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

23 ޖުލައި 2017
މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
18 މާރިޗު 2017

ރޯގާ އިން ރައްކާތެރިވުން، ފަރުދީ ޒިންމާ!

18 މާރިޗު 2017
ރޯގާ އިން ރައްކާތެރިވުން، ފަރުދީ ޒިންމާ!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް