Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސޮފީއާ ލޮރޭން ވެއްޓިގެން ސަރޖަރީ ހެދުން

ސޮފީއާ ލޮރޭން ވެއްޓިގެން އިމަރޖެންސީ ސަރޖަރީއެއް ހަދަން ޖެހިއްޖެ

އުމުރުން 89 އަހަރުގެ އެކްޓްރެސް ވެއްޓިފައިވަނީ ސްވިޓްޒަރލަންޑްގައި ހުންނަ އޭނާގެ އަމިއްލަ ގޭގެ ފާޚާނާއަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 25 ސެޕްޓެމްބަރު 2023 | ހޯމަ 16:12
އިޓަލީގެ އެކްޓްރެސް ސޮފީއާ ލޮރޭން

އިޓަލީގެ އެކްޓްރެސް ސޮފީއާ ލޮރޭން

އެކްޓް ކުރުމުގެ ރޮގުން އޮސްކޯ އެވޯޑް ހާސިލްކޮށްފައިވާ އިޓަލީގެ މޮޅު އެކްޓްރެސް، ސޮފީއާ ލޮރޭން ފާޚާނާ ތެރެޔަށް ވެއްޓުމުގެ ސަބަބުން ހިޕް ނުވަތަ ޅިނދު ކަށިގަޑަށާ އަދި ފަލަމަސްގަޑުގެ ކަށިގަނޑަށް ސީރިއަސް "ފްރެކްޗަރ" ތަކެއް ލިބުމާ ގުޅިގެން އިމަރޖެންސީ ސަރޖަރީއެއް ހަދަން ޖެހިއްޖެއެވެ.

އުމުރުން 89 އަހަރުގެ އެކްޓްރެސް ވެއްޓިފައިވަނީ ސްވިޓްޒަރލަންޑްގައި ހުންނަ އޭނާގެ އަމިއްލަ ގޭގެ ފާޚާނާއަށެވެ. މިހާދިސާއާ ގުޅިގެން ލޮރެންގެ ދެ ފިރިހެން ދަރިން ކާލޯ އަދި އެޑޮއާޑޯ ޕޮންޓީ ވަނީ އެމީހުންގެ މަންމަ ކައިރިޔަށް އައިސްފައި ކަމަށް ސޮފީއާގެ އެޖެންޓާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ސަރޖަރީތައް ދިޔައީ ރަނގަޅަށް ކަމަށާއި، ފުރިހަމަ ޝިފާއެއް ލިބުމަށްޓަކައި އޮތީ އަރާމުކުރުން ކަމަށް ތަރުޖަމާނަކު ބުނެފައި ވެއެވެ.

އިޓަލީގެ ނޭޕްލްސްގެ ފަގީރު އާއިލާއަކަށް އުފަންވި ސޮފީއާ ލޮރޭން ވަނީ ދިގު ފިލްމް ކެރިއަރެއް ކަޑައްތު ކޮށްފައެވެ. މި މަސައްކަތުގައި އިޓަލީގެ ބޭރުން ހޮލީވުޑްގެ ތަރިއަކަށްވެސް އޭނާ ވެފައިވާއިރު, އޮސްކާ އިނާމު ލިބިފައިވަނީ 1962ގައި ހަނގުރާމައިގެ ދުވަސްވަރު އުޅުނު ހިތްވަރުގަދަ މަންމައެއްގެ ރޯލަކަށެވެ. އެފަހަރަކީ އިގިރޭސި ބަސް ފިޔަވައި އެހެން ބަހެއްގެ ފިލްމަކަށް ފުރަތަމަ އޮސްކާ އެވޯޑް ދިން ފަހަރުވެސް މެއެވެ. ލޮރެންގެ ފިލްމް ކެރިއަރުގައި އޭނާ ވަނީ ހޮލީވުޑްގެ މަޝްހޫރު ފިރިހެން ތަރިން ކަމަށްވާ މާލަން ބްރެންޑޯ، ފްރޭންކް ސިނަޓްރާ އަދި ކެރީ ގްރާންޓް ފަދަ ފިލްމީ ތަރިންނާއެކު މަސައްކަތް ކޮށްފައެވެ. 1990 ވަނަ އަހަރުގެ އޮސްކާ ހަފްލާގައި އޭނާއަށް ޚާއްސަ އޮނޮރަރީ އެވޯޑެއް ދީފައިވާއިރު، 2021 ވަނަ އަހަރު ސޯފިޔާ ލޮރެންވަނީ އޭނާގެ ދަރިފުޅު އެޑޮއާޑޯ އުފެއްދި ފިލްމެއްގައި، ފާހަގަ ކުރެވިގެން ދިޔަ ރޯލެއް ކުޅެފައެވެ.

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި
23 ނޮވެމްބަރު 2025

ޓައިޓޭނިކް އަޑިއަށް ދިޔައިރު މަރުވި ފަސްޓް ކްލާސް ފަސިންޖަރެއްގެ ޕޮކެޓް ގަޑިއެއް 1.7 މިލިއަން ޕައުންޑަށް ނީލަން ކިޔައިފި

23 ނޮވެމްބަރު 2025
ޓައިޓޭނިކް އަޑިއަށް ދިޔައިރު މަރުވި ފަސްޓް ކްލާސް ފަސިންޖަރެއްގެ ޕޮކެޓް ގަޑިއެއް 1.7 މިލިއަން ޕައުންޑަށް ނީލަން ކިޔައިފި
20 ނޮވެމްބަރު 2025

ދުނިޔޭގެ އެންމެ ފުރަތަމަ ކަލްކިއުލޭޓަރ ނީލަމުގައި ވިއްކާލުން ޕެރިހުގެ ކޯޓަކުން ހުއްޓުވައިފި

20 ނޮވެމްބަރު 2025
ދުނިޔޭގެ އެންމެ ފުރަތަމަ ކަލްކިއުލޭޓަރ ނީލަމުގައި ވިއްކާލުން ޕެރިހުގެ ކޯޓަކުން ހުއްޓުވައިފި
06 ނޮވެމްބަރު 2025

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
27 އޮކްޓޯބަރު 2025

"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް

27 އޮކްޓޯބަރު 2025
"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް
08 އޮކްޓޯބަރު 2025

ޖެއްސެވި ޕެނަލްޓީ އާއެކު ބޯޅަ އަށް ވުރެ ބާރަށް ރައީސް މުއިއްޒުގެ ބޫޓު ކޮޅު ވިއްސައިގެން ހިނގައްޖެ

08 އޮކްޓޯބަރު 2025
ޖެއްސެވި ޕެނަލްޓީ އާއެކު ބޯޅަ އަށް ވުރެ ބާރަށް ރައީސް މުއިއްޒުގެ ބޫޓު ކޮޅު ވިއްސައިގެން ހިނގައްޖެ
05 އޮކްޓޯބަރު 2025

އިންޑިއާ ގައި 35 އަހަރުގެ އަންހެނަކާ ކައިވެނި ކުރި 75 އަހަރުގެ މީހަކު ކައިވެންޏަށް އެއް ދުވަސް ނުވަނީސް މަރުވެއްޖެ

05 އޮކްޓޯބަރު 2025
 އިންޑިއާ ގައި 35 އަހަރުގެ އަންހެނަކާ ކައިވެނި ކުރި 75 އަހަރުގެ މީހަކު ކައިވެންޏަށް އެއް ދުވަސް ނުވަނީސް މަރުވެއްޖެ
26 ސެޕްޓެމްބަރު 2025

ކެނެޑާގައި 400 ގިނިކާމާދޫނި ނައްތާލުމަށް ކުރި އަމުރު އެ ގައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި

26 ސެޕްޓެމްބަރު 2025
ކެނެޑާގައި 400 ގިނިކާމާދޫނި ނައްތާލުމަށް ކުރި އަމުރު އެ ގައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި
25 ސެޕްޓެމްބަރު 2025

ވައިޓް ހައުސްގައި ބެހެއްޓި ކުރީގެ ރައީސުންގެ ފޮޓޯގެ ތެރޭގައި ބައިޑްންގެ ސޫރައިގެ ބަދަލުގައި ހުރީ އޮޓޯޕެން އެއް

25 ސެޕްޓެމްބަރު 2025
ވައިޓް ހައުސްގައި ބެހެއްޓި ކުރީގެ ރައީސުންގެ ފޮޓޯގެ ތެރޭގައި ބައިޑްންގެ ސޫރައިގެ ބަދަލުގައި ހުރީ އޮޓޯޕެން އެއް
25 ސެޕްޓެމްބަރު 2025

އަފްޣާން ކުއްޖަކު މަތިންދާ ބޯޓުގެ ލޭންޑިން ގިއަރުގައި ފޮރުވިގެން ދިއްލީ އަށް ދަތުރު ކޮށްފި

25 ސެޕްޓެމްބަރު 2025
އަފްޣާން ކުއްޖަކު މަތިންދާ ބޯޓުގެ ލޭންޑިން ގިއަރުގައި ފޮރުވިގެން ދިއްލީ އަށް ދަތުރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު