Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނޫސްވެރިންގެ މިނިވަންކަން

ނޫސްވެރިކަމުގެ މިނިވަންކަން ނިވާފަތްގަނޑަކަށް ހަދައިގެން، ގައުމު ނުރައްކަލަށް!

އުތުރު ތިލަފަޅަށް، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ނޫސްވެރިންތަކެއް ހުއްދަ ނުހޯދައި ދިޔަ މައްސަލަ ފެންމަތިވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2023 | ހޯމަ 12:23
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ކުރީގެ ރައީސް، އަދި މިހާރު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނޫސްވެރިން މަސައްކަތްކުރީ ބިރުވެރި މާހައުލެއްގެ ތެރޭގައެވެ. އަބުރުފުޅުގެ ގާނޫނާއެކު ސްޓޭޝަންތަކާއި ނޫސްވެރިން ޖޫރިމަނާކުރިއެވެ. އެދުވަސްވަރު ޚަބަރެއް ނުވަތަ ރިޕޯޓެއް ލިޔުމަށްފަހު ސަލާމަތުން ގެއަށް ދެވޭނެކަމުގެ އެއްވެސް އުންމީދެއް ނޯވެއެވެ. ޖިނާއީ ބޮޑެތި ކުށްވެރިންނަށް ހަދައި، އެފަދަ ގޮތަކަށް މުޖުތަމައަށް ސިފަވާގޮތަށް ނޫސްވެރިން ބިޑިއަޅުވައި، ދައުވާތައް އުފުލައި، ޝަރީއަތްތައް ހިންގިއެވެ. ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން މުތުލަގަށް، ކަށަވަރުކޮށްދޭ ޚަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ޚިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން އަތުން ޖަހައިގަތުމަށް މަސައްކަތްކުރީ އިންތިހާއަށެވެ.

ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން ތެދުވެ، އަޑުއުފުލުންތައް ކުރިއަށްގެންދަން ފެށުމުން، އެ ވާހަކަތައް ގެނެސްދޭން މުޒާހަރާތަކަށް އެދުވަހު ނޫސްވެރިންތައް ނުކުތީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ހީނުކުރާ އެތައް ދިމަދިމާއިން ނޫސްވެރިންނަށް ހަމަލާ އަމާޒުވިއެވެ. ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، ރަޔަޓް ފުލުހުންގެ އެއްވުންތައް ރޫޅަމުންދިޔަ ގޮތަށް، ރަޔަޓް ފުލުހުންގެ އަނިޔާތަކުގެ ޝިކާރައަކަށް ގިނަ ނޫސްވެރިންވިއެވެ. ނަމަވެސް 2018 ވަނަ އަހަރު ވެރިކަން ބަދަލުވެގެން ދިއުމާއި ގުޅިގެން އެބިރުވެރި ހާލަތު ބަދަލުވެގެންދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އަބުރުފުޅު ގާނޫނު އުވާލެއްވިއެވެ. އަދި ނޫސްވެރިންނަށް އަމާންކަމާ މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މަގުފަހިކޮށްދިނެވެ. އެ މިނިވަންކަމާއެކު ނޫސްވެރިން މަސައްކަތް ކުރަމުންދާތާ މިހާރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ސަރުކާރާ ދެކޮޅަށް ޚަބަރު ފަތުރާ ނުވަތަ ވާގިވެރިވާ އޮންލައިންތަކުގައި ލިޔަމުންދަނީ ބޭނުން އެއްޗެކެވެ. ނަފްރަތާއި ފަސާދަ އުފެދޭގޮތަށް ގިނަ ވާހަކަތަކެއް ލިޔެ އާއްމުކުރެއެވެ. މިހާހިސާބުން ނިމުނީއެއްވެސް ނޫނެވެ. ގައުމުގެ އަމާންކަމާއި ސަލާމަތަށް ބިރުހީވާ ހިސާބަށް މިކަން މިހާރު ވަނީ ގޮސްފައެވެ.

މިމަހުގެ 24 ވީ އާދިއްތަ ދުވަހުގެ ވަގުތެއްގައި އުތުރު ތިލަފަޅަށް ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ނޫސްވެރިންތަކެއް ހުއްދަ ނުހޯދައި ދިޔަ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އުތުރު ތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް ވީޑިއޯ އާއްމުކޮށްފައިވާތީއާއި، އެރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ އެރަށަށް އަރަން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތް ހުށަހަޅާފައިވާކަމަށެވެ. އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަ ނެތި ވަނުން މަނާ ތަންތަން ކަމަށްވާއިރު، އެފަދަ ތަނަކަށް ވަނުމަށް މަސައްކަތްކުރުމުން އެކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކަމެކެވެ.

ދިޔަރެސް ނޫހުގެ ނޫސްވެރިން އުތުރު ތިލަފަޅަށް ގޮސްފައިވަނީ، މާލޭގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅެފައިވާ ފަރާތްތަކަށް އިތުރު ތިލަފަޅު ހިއްކައިގެން ގޯތި ދޭނެކަމަށް ރައީސް ސާލިހު އިއުލާންކުރައްވާ ގޯއްޗަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައިވަނިކޮށެވެ. އަދި ހައުސިން މިނިސްޓްރީން ވަނީ އުތުރު ތިލަފަޅުގައި ހަދާ އެމްއެންޑީއެފްގެ މަރުކަޒު ފެންނަ އަދި ސަރުކާރުން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު އެނގޭނެ ޗާޓެއްވެސް އާންމުކޮށްފައެވެ. އެ ޗާޓުން ދައްކާގޮތުން، އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ މަރުކަޒު ހުންނަނީ ދިރިއުޅުމަށް ގޯތިދޭން ހިއްކާ ބިމާ ވަކިންނެވެ. ނަމަވެސް މި ހުރިހާ މައުލޫމާތެއް ހާމަކޮށްފައިވަނިކޮށް، ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައިވާ ތަނަށް ހުއްދަ ނުހޯދައި އެ ނޫސްވެރިން ވަނީ އެ ފަޅަށް ވަދެ، ވީޑިއޯ ނަގައި އާންމުންގެ މެދުގައި ނަފްރަތު އުފެދޭގޮތަށް ޚަބަރު ފަތުރާފައެވެ.

މީގެ އިތުރުން ޕީޕީއެމް/ޕީއެންސީ ސަރުކާރާ ދެކޮޅަށް ބަސްބުނާ ބޭފުޅުންނަށް މަގުމަތިން ފުރައްސާރަކޮށް، ވީޑިއޯވެސް ކުރަނީއެވެ. އެގޮތުން މިމަހުގެ 25ވީ ހޯމަ ދުވަހު ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމަށް މަގުމަތިން ވަނީ ފުރައްސާރަކޮށް ވީޑިއޯކޮށްފައެވެ. މިވަރުންވެސް ފުދުނީއެއް ނޫނެއެވެ. އިންޑިއާ ސިފައިންނާ ގުޅުވައިގެން ދައްކަމުންދިޔަ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން، މިއަދު ބޭރުގެ ބައެއް މީޑިއާގައިތަކުގައި ރާއްޖޭގެ ރިޔާސީ އިންތިޚާބު 2023 ސިފަކޮށްފައިވަނީ އިންޑިއާ-ޗައިނާގެ ބާރު ދައްކައިދޭ އިންތިޚާބެއްގެ ގޮތުގައެވެ. ނަމަވެސް މިއީ ދިވެހި ރައްޔިތުންނަށް ލިބިފައިވާ ބާރެކެވެ. ދިވެހިންގެ ހައްގެކެވެ. ބައެއް މީހުން ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލްކުރުމަށް ހިންގާ ޕްރޮޕެގެންޑާގައި ވެސް ގިނަ ދިވެހި ރައްޔިތުންނާއި ނޫސްވެރިން ޖެހި، އެކަމުގެ ގެއްލުން މިދެނީ މުޅިރާއްޖެއަށެވެ. ރާއްޖޭގެ މިނިވަން ކަމަށެވެ.

ރައީސް ސާލިހު ނޫސްވެރިންނަށް ހުޅުވާލަދިން ދޮރުތަކާއެކު، ނޫސްވެރިން މަސައްކަތްކުރަންޖެހޭނީ ރާއްޖޭގެ މިނިވަންކަމާއި ދާޚިލީ ކަންކަމަށް ބުރޫ ނާރާގޮތަށެވެ. ދިވެހި ނޫސްވެރިންނަށް މިހާރު ލިބިފައި މިވާ މިނިވަންކަމާއެކު، ނޫސްވެރިންގެ މަސްއޫލިއްޔަތަކީ ދައުލަތް ޒިންމާދާރު ކުރުވުމެވެ. ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ހައިސިއްޔަތުން، މުއައްސަސާތައް ކޮރަޕްޝަނާއި ފަސާދައިން މިންޖުކުރުމެވެ. ހާމަކަން ބޮޑު ދައުލަތަަކަށް ދިވެހި ދައުލަތް ހެދުމެވެ. ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަންކަމުން ރާއްޖެ މިންޖުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

25 ޖުލައި 2017
މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

09 ޖުލައި 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު