Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓަށް ފްލެޓް ރޭޓެއް ކަނޑައެޅުން

އުންމީދަކީ އަންނަ އަހަރުގެ ކުރީކޮޅު ކަރަންޓުގެ ފްލެޓް ރޭޓެއް ކަނޑައެޅުން - ޝަރީފް

މިހާރު ކުރަމުންދާ މަޝްވަރާތަކުގެ އަލީގައި އަންނަ އަހަރުގެ ކުރީކޮޅު އެކަމަށް ރޭޓެއް ކަނޑައެޅޭނެ ކަަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ސެޕްޓެމްބަރު 2023 | ހޯމަ 09:17
ސްޓެލްކޯގެ އެމްޑީ ޝަރީފް

ސްޓެލްކޯގެ އެމްޑީ ޝަރީފް

އުންމީދަކީ އަންނަ އަހަރުގެ ކުރީކޮޅު ކަރަންޓުގެ ފްލެޓް ރޭޓެއް ކަނޑައެޅުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކަރަންޓު ފީ ނަގާ ރޭޓު ބޮޑު ނުވާގޮތަށް ފްލެޓު ރޭޓަކުން ދިނުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފާހަގަކުރެއްވީ މި ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އެކަމުގެ އިތުރު ތަފްސީލްތައް ހިއްސާކުރައްވާ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މީގެ ކުރިން ކަރަންޓު ބިލު ކަނޑައަޅަނީ ވަކި ރޭޓުތަކަކުން ކަމަށް ވާއިރު މި ބަދަލަށް ހޭނުމަށް އެހެން ވިޔަފާރިތައް މެދުވެރިކޮށް ސަބްސިޑައިސްކުރަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް ރޭޓް ބަދަލުކުރާނެ ކަމަށް ބެލެވޭ އެންމެ ދަށް ރޭޓުގައި ހިސާބު ޖެހިޔަސް ކުންފުނި ގެއްލުމުގައި ހިނގާނެ ކަމަށް ނުބެލެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ދުނިޔޭގެ ހުރިހާ ތާކުވެސް ކަރަންޓުގެ ޚިދުމަތަކީ އާމްދަނީ ހޯދުމުގެ ގޮތުން ދޭ ޚިދުމެއް ނޫން ކަމަށާއި ފްލެޓް ރޭޓެއް ކަނޑައެޅުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވަރަށް ކުރިންސުރެވެސް ކަރަންޓް އަގުހެޔޮކުރުމުގެ ވާހަކަ ދެކެވެމުން ގޮސްފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ ރޭޓެއް އެކުލަވާލުމަށް އިނީޝިއަލް ސްޓޭޖުގައި ކުރަން ޖެހޭ ކަންކަން ކަމަށެވެ. އެހެންކަމުން މިހާރު ކުރަމުންދާ މަޝްވަރާތަކުގެ އަލީގައި އަންނަ އަހަރުގެ ކުރީކޮޅު އެކަމަށް ރޭޓެއް ކަނޑައެޅޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ކަރަންޓުގެ ރޭޓަށް ގެންނަ ހެޔޮ ބަދަލު އިއުލާންކުރެއްވީ ނިމިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުވަދޫ ޖަގަހާގައި ރައީސް ވާހަކަފުޅު ދައްކަވަމުންނެވެ. އޭރު ރައީސް ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން ކަރަންޓު ބިލަށް ލުޔެއް ހޯދުމަށް ގިނަ އަދަދެއްގެ އާއްމުން އެދިފައިވާ ކަމަށެވެ. އެ އާއްމުންގެ ޝަކުވާ އަކީ ގޭގެ ކުލި، ފެނާއި ކަރަންޓު އަދި އެހެނިހެން ބިލްތައް ދެއްކުމަށްފަހު ލިބޭ އާމްދަނީ ދެކޮޅު ނުޖެހުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު