Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓް އަގުހެޔޮކުރުން

ކަރަންޓް ފުލެޓް ރޭޓަކަށް ހެއްދެވޭނީ ރައްޔިތުންނާއި ދޭތެރޭގައި އިހްލާސްތެރިކަމާ އޯގާތެރިކަމާއެކު ވިސްނަވާ ބޭފުޅަކަށް - ޝަރީފް

ފްލެޓް ރޭޓެއް ކަނޑައެޅުމާއެކީގައި 1000 ޔުނިޓް ބޭނުންކުރިޔަސް އަދި 500 ޔުނިޓް ބޭނުންކުރިއަސް 7 ބޭންޑުވެސް ކަނޑައެޅިގެންދާނީ އެއް ބޭންޑެއްގެ ގޮތުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ސެޕްޓެމްބަރު 2023 | ހޯމަ 01:24
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް

ކަރަންޓް ފުލެޓް ރޭޓަކަށް ހެއްދެވޭނީ ރައްޔިތުންނާއި ދޭތެރޭގައި އިހްލާސްތެރިކަމާއި އޯގާތެރިކަމާއެކު ވިސްނަވާ ބޭފުޅަކަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ފުލެޓް ރޭޓަކީ މިހާތަނަށް ރާއްޖޭގެ އެއްވެސް ރައީސަކު ކަނޑަނާޅުއްވާ ވަރުގެ ރައްޔިތުންނަށް ލުއިފަސޭހަ ސިޔާސަތެއް ކަމަށެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި ދިރިއުޅުމަށް ބޭނުންކުރާ ހުރިހާ ތަނެއްގެ ކަރަންޓުގެ ޓެރިފް ރޭޓް ކަނޑައެޅުމަކީ ވަރަށް ހިތްވަރުގަދަ މުހިންމު އަދި ރައްޔިތުންނާއި ދޭތެރޭގައި އިހްލާސްތެރި އޯގާތެރިކަމާއެކު ވިސްނަވާ ބޭފުޅަކަށް މެނުވީ ކަނޑަނޭޅުއްވޭނެ ސިޔާސަތެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ފްލެޓް ރޭޓެއް ކަނޑައެޅުމާއެކީގައި 1000 ޔުނިޓް ބޭނުންކުރިޔަސް އަދި 500 ޔުނިޓް ބޭނުންކުރިއަސް 7 ބޭންޑުވެސް ކަނޑައެޅިގެންދާނީ އެއް ބޭންޑެއްގެ ގޮތުގައި ކަމަށެވެ.

ޝަރީފް ވިދާޅުވީ ވަރަށް ކުރިންސުރެވެސް ކަރަންޓް އަގުހެޔޮކުރުމުގެ ވާހަކަ ދެކެވެމުން ގޮސްފައިވާ ކަމަށާއި، އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވާލުމުގައި ޔުޓިލިޓީ ކުންފުނިތަކާއި ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެ ނިންމެވި ނިންމެވުން ނިންމާފައިވަނީ ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކަމަށެވެ.

މީހުން ދިރިއުޅޭ ހުރިހާ ގެއެއްގައި ކަރަންޓު ކިތަންމެ ގިނައިން ބޭނުންކުރި ނަމަވެސް ކަރަންޓު ފީ ނަގާ ރޭޓު ބޮޑު ނުވާގޮތަށް ފްލެޓު ރޭޓަކުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ނިންމަވާފައެވެ. ރައީސް ވިދާޅުވީ މިބަދަލާއެކު އާއްމު ރައްޔިތުން ދިރިއުޅޭ ގެތަކުން ކަރަންޓު ކިތަންމެ ގިނައިން ބޭނުންކުރި ނަމަވެސް ބިލް ބޮޑުނުވާ ގޮތަށް ކަރަންޓު ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު

30 އެޕްރީލު 2017
ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު
21 އެޕްރީލު 2017

ގދ ފިޔޯރީ އަށް ވީއެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ފެނަކަ

21 އެޕްރީލު 2017
ގދ ފިޔޯރީ އަށް ވީއެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ފެނަކަ
03 އެޕްރީލު 2017

ހަ ގަޑިއިރަށް ފަހު ނަރުދޫ އަށް ކަރަންޓް ދީފި

03 އެޕްރީލު 2017
ހަ ގަޑިއިރަށް ފަހު ނަރުދޫ އަށް ކަރަންޓް ދީފި
30 މާރިޗު 2017

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

30 މާރިޗު 2017
މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
25 މާރިޗު 2017

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ

25 މާރިޗު 2017
މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
24 މާރިޗު 2017

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

24 މާރިޗު 2017
ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
06 މާރިޗު 2017

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ
05 މާރިޗު 2017

ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި

05 މާރިޗު 2017
ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު