Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

އެމްބާޕޭ އަށް ބެލެންޑޯ އެވޯޑު ލިބުން ޙައްޤު: ނާސިރު އެލް ހެއްލާފީ

އެމްބާޕޭ އަކީ އެ އެވޯޑު ލިބޭނެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށާއި، ނުލިބޭންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2023 | ހޯމަ 00:46
ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ އަދި އެމްބާޕޭ

ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ އަދި އެމްބާޕޭ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ އަށް ބެލެންޑޯ އެވޯޑު ލިބުން ޙައްޤު ކަމަށް އެ ކުލަބުގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވެއްޖެ އެވެ.

ނާސިރު އެލް ހެއްލާފީ މިހެން ވިދާޅުވީ، ޕީއެސްޖީގައި އެމްބާޕޭގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ހުރީ ޕީއެސްޖީގައި ކަމަށެވެ. އަދި އެއީ އެމްބާޕޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިތުރަށް އޭނާ ވިދާޅުވީ، އެމްބާޕޭއާ ދެމެދު އޮންނަ ގުޅުން އެއްވެސް އިރަކު ގޯސް ނުވާ ކަމަށެވެ. އޭގެ އިތުރުން އެމްބާޕޭ އާއެކު ކޮންމެ ވަގުތެއްގައި ވެސް މަޝްވަރާ ކުރެވޭ ކަމަށާއި، އެމްބާޕޭ އަކީ ހުރިހާ ގޮތަކަށް ވިސްނާ ކުޅުންތެރިޔެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕީއެސްޖީގެ އެއްބަސްވުން އައު ކުރުމަށް އެމްބާޕޭ ދެކޮޅު ހެދުމާ ގުޅޭ ގޮތުން ނާސިރު އެލް ހެއްލާފީ ވިދާޅުވީ، ޕީއެސްޖީގައި އެމްބާޕޭ ހުންނާނީ އަބަދު ވެސް ހިތްހަމަ ޖެހިގެން ކަމަށެވެ. އެހެންކަމުން އެމްބާޕޭ ކުލަބު ދޫކޮށް ދާން ޖެހޭ ސަބަބެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ނާސިރު އެލް ހެއްލާފީ ވިދާޅުވީ، ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު ވެސް އެމްބާޕޭ އަށް ޙައްޤު ކަަމަށެވެ. އެމްބާޕޭ އަކީ އެ އެވޯޑު ލިބޭނެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށާއި، ނުލިބޭންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނާސިރު އެލް ހެއްލާފީ މިހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ ބެލެންޑޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި އެމްބާޕޭ ހިމެނެ އެވެ. މިއަހަރުގެ އެވޯޑަށް ވާދަކުރުން އެންމެ ގާތީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ނޯވޭގެ އާލިން ހާލަންޑް އަދި އެމްބާޕޭ ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

ޕީއެސްޖީ އާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންކަމުން ޕީއެސްޖީން ބޭނުންވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. ނަމަވެސް އެމްބާޕޭ ވަނީ އެކަމާ ދެކޮޅު ހަދައި، އެއްބަސްވުން އައު ކުރަން ބޭނުންނުވާކަން ކުލަބަށް އަންގައިފަ އެވެ. އެއާއެކު ޕީއެސްޖީއާ އެމްބާޕޭއާ ދެމެދު ބޮޑު މައްސަލަ ގަނޑެއް ވެސް ޖެހުނެވެ. ޕީއެސްޖީގެ ފުރަތަމަ ޓީމުން ވެސް އެމްބާޕޭ ވަނީ ބާކީކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ނާސިރު އެލް ހެއްލާފީ އާއި އެމްބާޕޭއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު މައްސަލަ ވަނީ ކޮންމެ ވެސް ވަރަކަށް ފިނިވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން

މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން

17 ސެޕްޓެމްބަރު 2017
އެމްބާޕޭއަށް މެސީއާ އަރާ ހަމަނުކުރެވޭނެ: ގާޑިއޯލާ

އެމްބާޕޭއަށް މެސީއާ އަރާ ހަމަނުކުރެވޭނެ: ގާޑިއޯލާ

16 ސެޕްޓެމްބަރު 2017
ޕީއެސްޖީއާ ގުޅުނީ އާސެނަލް ރިޖެކްޓް ކުރުމަށްފަހު: އެމްބާޕޭ

ޕީއެސްޖީއާ ގުޅުނީ އާސެނަލް ރިޖެކްޓް ކުރުމަށްފަހު: އެމްބާޕޭ

07 ސެޕްޓެމްބަރު 2017
ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ

ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ

04 ސެޕްޓެމްބަރު 2017
ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯ އަށް

ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯ އަށް

25 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު