Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ފުރަތަމަ މެޗުގައި ރާއްޖެ އިން ޕާކިސްތާނާ އެއްވަރުކޮށްފި

ނޭޕާލް މެޗުން ބަލި ނުވެ، ފަރުޖައްސާލައިގެން ރާއްޖެ އަށް ސެމީ އަށް ދެވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 06:06
މެޗުގައި ލަނޑު ޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ އެވެ.

މުބާރާތުގައި ރާއްޖެ އޮތީ ގްރޫޕް އޭގަ އެވެ. މި ގްރޫޕްގައި ރާއްޖެ އާއި ޕާކިސްތާންގެ އިތުރުން ދެން އޮތީ މުބާރާތް ބާއްވާ ޤައުމު ނޭޕާލް އެވެ.

ހޮނިހިރު ދުވަހު ނާޕާލްގެ ކަތުމަންޑޫގައި ހުންނަ ދަޝްރަތު ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ރާއްޖެ އިންނެވެ. މެޗުގައި ރާއްޖެ އަށް ލީޑު ނަގައިދިނީ ކެޕްޓަން ޝަނާން ރަޝާދު އެވެ. އޭނާ ފޮނުވާލޮ ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ޕާކިސްތާނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 84 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޝާހު ޖާހަން އެވެ.

މި ނަތީޖާ އާއެކު ޕާކިސްތާނަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުވީ އެވެ. އެއީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނޭޕާލް ބަލިކޮށްފަ އެވެ. މި ގްރޫޕުން ސެމީ ފައިނަލްގެ ޖާގަ ލިބޭ ޓީމެއް ދެން ކަށަވަރު ވާނީ ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗުންނެވެ. އެ މެޗުން ބަލިނުވެ ފަރު ޖައްސާލައިގެން ރާއްޖެ އަށް ސެމީ އަށް ދެވޭނެ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު