Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

ސެމީ ފައިނަލްގައި އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ

މުބާރާތުގެ ފައިނަލްގައި އިންޑިއާ ނިކުންނާނީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ. އެ ޓީމުން ވަނީ ސެމީ ފައިނަލްގައި ނޭޕާލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2025 | ހޮނިހިރު 04:38
ސެމީ ފައިނަލްގައި ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން

ސެމީ ފައިނަލްގައި ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ދިވެހި ރާއްޖެ ބަލިވެއްޖެ އެވެ.

އިންޑިއާގައި ކުރިއަށް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ރާއްޖެ އިން ހޯދީ ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ގުރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެ އިން ވަނީ ފަހަތުން އަރައި ބަންގްލަދޭޝްއާ އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުގައި ވަނީ ބޫޓާން އަތުން ވެސް އެއްވަރުވެފަ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އިންޑިއާ އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި ތިން ވަނަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އިންޑިއާ އަށް ލީޑު ނަގައިދިނީ ޑެނީ މެއިޓެއި އެވެ. އެ ލަނޑު އޭނާ ޖެހީ ޕްރަޝާން ޖާޖޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އޭގެ ހަތް މިނެޓު ފަހުން އިންޑިއާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އޮމާން ދޮދޫމް އެވެ.

މެޗުގައި ރާއްޖެ އިން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ އީތަން އިބްރާހީމް ޒަކީގެ އިތުރުން އަހުޒަމް ރަޝީދު ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އިންޑިއާ އިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އިންޑިއާ އަށް ޖަހައިދިނީ ޕްރަޝާން ޖާޖޯ އެވެ.

މިއަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މުބާރާތުގެ ފައިނަލްގައި އިންޑިއާ ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ ޓީމުން ވަނީ ސެމީ ފައިނަލްގައި ނޭޕާލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު